Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް/ޕީއެންސީގެ ޖަލްސާ

އަންނަ ހުކުރު ދުވަހު ވެސް ޕީޕީއެމް/ޕީއެންސީގެ ޚާއްސަ ޖަލްސާއެއް

ގައުމުގެ މިހާރުގެ ހާލަތު ދަނީ ދަށަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2021 | އާދީއްތަ 19:24
ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

އަންނަ ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމުން ބުނީ ''މިނިވަން ކަމުގެ ދިފާއުގައި ދިވެހީން'' ގައުމީ ހަރަކާތް ލޯންޗް ކުރުމަށް 24 ސެޕްޓެމްބަރ 2021ވާ ހުކުރު ދުވަހުގެ ރޭ 8:15ގައި ކާނިވާ ސަރަހައްދުގައި ޚާއްސަ ޖަލްސާއެއް އޮންނާނެ ކަމަށެވެ. އަދި ހުކުރު ދުވަހު ބާއްވާ ޖަލްސާއަކީ ގައުމުގެ ހާލަތާމެދު އޮތް ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ބާއްވާ ޖަލްސާއެއް ކަމަށެވެ.

Advertisement - newsAdvertisement

ޕީޕީއެމުން ބުނީ ގައުމުގެ މިހާރުގެ ހާލަތު ދަނީ ދަށަށް ކަމަށާއި، މިނިވަންކަން ނަގަހައްޓައި, ގައުމުގެ ހައްގުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާ ވަރަށް ޚާއްސަވާނެ ކަމަށް ޕީޕީއެމުން ބުނެއެވެ. ވީހާ ވެސް ގިނަ ރައްޔިތުން މިޖަލްސާގައި ބައިވެރިވުމަށް ދައުވަތު ދީފައިވާއިރު، މިޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ބައިވެރިވަޑައިގަންނަވާނެ ކަމަށް އެޕާޓީން ބުނެއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ހަރަކާތުގެ ރަސްމީ ލޯގޯއާއި ލަަވައެއް ވެސް އެ ޖަލްސާގެ ތެރެއިން ލޯންޗު ކުރާނެއެވެ.

އަންނަ ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު، އާދީއްތަ ދުވަހުގެ ރޭ ވެސް އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްފައިވެއެވެ. މިމަހުގެ 3 ވަނަ ދުވަހުގެ ރޭ ''އައްޑަނަ''ގެ ނަމުގައި ވެސް ބޮޑު ޖަލްސާއެއް ބާއްވާފައިވެއެވެ. މީގެ އިތުރުން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ, ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް/ޕީއެންސީން މިމަހުގެ 10ވީ ހުކުރު ދުވަހު ''އިންސާފު ކޮބާ" ނަމުގައި މުޒާހަރާކޮށްފައިވެއެވެ. އަދި އެމަނިކުފާނުގެ ޝަރީއަތްތައް ކުރިއަށްދާ ދުވަސްތަކުގައި ކޯޓު ކައިރިއަށް ވެސް އިދިކޮޅު ފަރާތްތަކުން އެއްވެ މުޒާހަރާ ކުރެއެވެ.

ޕީޕީއެމްއިދިކޮޅުން މުޒާހަރާ ކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

21 އޯގަސްޓު 2025

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު