Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒިކުރާ މިސްކިތުގެ މައްސަލަ

ޑރ. ޒިޔާދުގެ މައްސަލަ އިސްތިއުނާފު ކުރުމާމެދު އަދި ގޮތެއް ނުނިންމާ

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އުފުލި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ނޮވެމްބަރު 2021 | އަންގާރަ 08:47
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމާމެދު އަދި ގޮތެއް ނުނިންމާކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އިސްތިއުނާފުކުރުމަށް ޤާނޫނުގެ ދަށުން 60 ދުވަހުގެ މުއްދަތެއް ލިބޭ ކަމަށާއި، އެ ނިންމުން އިސްތިއުނާފު ކުރުމާމެދު ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ޑރ. ޒިޔާދުގެ އިތުރުން މި މައްސަލައިގައި ދައުވާ އުފުލީ މ. މުހައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ 2 ނޮވެމްބަރު 2021 ގައެވެ.

މި މައްސަލައިގެ ޙުކުމުގައި ބުނެފައިވަނީ، އިދާރީ އޮޅުމެއްގެ ސަބަބުން ޕްރޮޕޯސަލްގައިވާ އަދަދަށްވުރެ އިތުރަށް ފަންގިފިލާ ހިމަނައިގެން އެއްބަސްވުން ޙަވާލުކޮށްފައިވާއިރު، އެއްބަސްވުމުގައި އޮތް އިދާރީ މައްސަލައެއް މިނިސްޓްރީގެ އެކި މުވައްޒަފުންނާއި، ވެރިންނާއި، ފިނޭންސް މިނިސްޓްރީއަށް ވެސް ފާހަގަނުވިއިރު، އެ މައްސަލަ ޑރ. ޒިޔާދު ބާޤިރުއަށް ފާހަގަވާން ޖެހޭނެކަމަށް ސަބަބުވެރި އިންސާނެއްގެ ނަޒަރުން ނުބެލެވޭ ކަމަށެވެ. ޑރ. ޒިޔާދުގެ މައްޗަށް ކުށް ސާބިތުކުރުމަށް ބަލާ އުންސުރުތައް ސާބިތުވޭތޯ ބަލާއިރު، ރަސްމީ ޙައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަމަލު އަދި ޑރ. ޒިޔާދުގެ ނުބައި ނިޔަތެއް ފާހަގަވާން ނެތްކަމަށް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ވަޒީރެއްގެ ޙައިސިއްޔަތުން އެއްބަސްވުމުގެ ޒިންމާ ޑރ. ޒިޔާދު ބާޤިރު ނަންގަވަން ޖެހޭނެކަަމަށް ދައުލަތުން ފާހަގަކޮށްފައިވީނަމަވެސް، މި އެއްބަސްވުމުގައި ޑރ. ޒިޔާދު ސޮއި ކުރައްވާފައިވުމަކީ ރަސްމީ ޙައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ކޮށްފައިވާ ކަމެއްކަން އެނގެން ނެތްކަން ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުން ވަނީ ޑރ. ޒިޔާދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމަށް ކުރި އަމަލެއް ބުނެދެވިފައިނުވާކަމަށް ނިންމާފައެވެ. އަދި ކުށް އިބާރާތެއް އޮތްކަން ފާހަގަވި ހިސާބުން އަމިއްލަ އިސްނެގުމަށް އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށިކަން ވެސް ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، އިބްރާހީމް ޢަބްދުﷲ ސައީދަކީ މިސްކިތްތަކާއި އިމާރަތްކުރުމާބެހޭ ސެކްޝަންގެ އިސްވެރިޔާ ކަމަށާއި، ޓެކްނިކަލް ރިޕޯޓު އެކުލަވާލުމުގައި އޭނާގެ ދައުރު އޮތްކަން އެނގެން އޮންނަކަން ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އެސްޖޭ ކޮންސްޓަރްޝަނާ ޕްރޮޖެކްޓް ޙަވާލުކުރީ ފިނޭންސްގެ ކޮމިޓީން ހުއްދަދީ، ރައީސް އޮފީހުން އަންގައިގެންކަން އެނގެން އޮންނަކަމަށް ޙުކުމުގައި ބުނެފައިވެއެވެ. އަދި އެއްބަސްވުމާ ގުޅިގެން ލީގަލް އޮޕީނިއަން ހޯދާފައި ނުވުމަކީ ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ދައުލަތުން ބުނި ނަމަވެސް، ޕްރޮޖެކްޓުގެ އެއްބަސްވުމާ ހަމައަށް ވާސިލުވުމުގެ މަރުޙަލާގައި އިބްރާހިމް އަބްދުﷲ ސައީދުގެ ދައުރެއް ނެތްކަމަށް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

ޝަރީއަތުން ވަނީ ދައުލަތުގެ ދައުވާގައި ފާޅުކަން ބޮޑު ގޮތެއްގައި އުނިކަންތައްތަކެއް ހުރިކަމަށް ވެސް ބަޔާންކޮށްފައެވެ. އަދި މި މައްސަލައިގައި ޑރ. ޒިޔާދުއާއި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާކަމަށް ޙުކުމް ކޮށްފައެވެ.

ޒިކުރާ މިސްކިތު ކޮރަޕްޝަންކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު