Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ޚިދުމަތް

ރާއްޖޭގެ އެންމެ އުތުރުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ލިބުނު ކުރިއެރުމެއް - އިމްރާން

7 ނޮވެމްބަރު 2021 | އާދީއްތަ 12:36

ޖުމްލަ 106 ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމް ކުރެވިއްޖެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 ނޮވެމްބަރު 2021 | އާދީއްތަ 12:36
ޢިމްރާން ޢަބްދުﷲ - ހޯމް މިނިސްޓަރ

ޢިމްރާން ޢަބްދުﷲ - ހޯމް މިނިސްޓަރ

ރާއްޖޭގެ އެންމެ އުތުރުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ލިބުނު ކުރިއެރުމެއް ކަމަށް ހޯމް މިނިސްޓަރ ޢިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

އުތުރުގެ ބައެއް ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅުތައް ނިންމަވާލެއްވުމަށްފަހު މީޑިޔާއާ ވާހަކަދައްކަމަވުން މިނިސްޓަރ ވިދާޅުވީ, ރާއްޖޭގެ އެންމެ އުތުރުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި, ފުލުހުންގެ އައު ގާނޫނުގެ ދަށުން, ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުވެގެންދާނެ ކަމަށެވެ. އުންމީދަކީ ރާއްޖޭގެ ހުރިހާ ރަށަކީވެސް ރައްޔިތުންނަށް އަމާން ރައްކާތެރި ރަށްތަކަކަށް ވެގެން ދިޔުން ކަމުގައެވެ.

Advertisement - newsAdvertisement

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ, ގާނޫނުގެ ދަށުން ލޯކަލް ޕޮލިސިންގެ ޚިދުމަތް އަންނަނީ ފުޅާވަމުން ކަމަށެވެ. ފުލުހުން ކުރަމުން އަންނަ މަސައްކަތް ތަރުތީބު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހުރިހާ ސިޓީއެއްގައި ފުލުހުންގެ ޚިދުމަތް ގާއިމު ކުރެވިފައިވާކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ, ރައްޔިތުންނާ ގާތުން މަސައްކަތްކޮށް, ކުށާއި, ކުށުގެ ސަބަބުން އުފެދޭ މައްސަލަތައް ހައްލު ކުރެވިގެންދާނެ ކަމަށެވެ.

މި މަހުގެ ތެރޭގައި އެލްޖީއޭއާއި ކައުންސިލްތަކާ މަޝްވަރާ ކުރުމަށްފަހު ލޯކަލް ޕޮލިސިންގެ ފްރޭމް ވޯރކެއް އެކުލަވާލެވޭނެ ކަމަށާއި, ލޯކަލް ލެވެލްގައި ފުލުހުންގެ މަސައްކަތްތަކަށް ފަސޭހަވެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަަމަށް އޭނާ ވިދާޅުވިއެެވެ. ސީޕީ ވިދާޅުވީ, އަވަށްޓެރި ފުލުހުންގެ މޮޑެލްގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން, މިހާރު އަލަށް އުތުރުގެ 3 ރަށެއްގައި ޕޯސްޓް ލެވެލްގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރެވި, 1 ރަށުގައި ފުލުހުންގެ ޑެސްކެއް ގާއިމުކުރެވިފައިވެއެވެ. ޖުމްލަ 106 ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމު ކުރެވިއްޖެކަން ސީޕީ ފާހަގަކުރެއްވިއެވެ. އަލަށް ފުލުހުންގެ ޚިދުމަތް ގާއިމުކުރާ ރަށްތައް ތަރުތީބު ކުރެވިފައިވަނީ ކުށުގެ ރިކޯޑަށް ބެލުމަށްފަހު ކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވަސީލަތްތައް ނެތުންކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ, މި އަންނަ އަހަރު 60 އިމާރާތް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކަނޑު އުޅަނދުފަހަރު އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި, 2022ވަނަ އަހަރުގެ 2ވަނަ ކުއާޓަރގައި އިތުރު ވަސީލަތްތައް ލިބިގެންދާނެ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް