Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އީޕީއޭ

ކުޑަހުވަދޫން ރުއްގަސް ބޭރުކުރުމުގެ ހުއްދަ ދީފި

70 އިންސައްތައިގެ ރުއްގަސް ރަށުން ބޭރު ކުރުމުގެ ހުއްދަ އީޕީއޭއިން ވަނީ ދީފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2021 | އާދީއްތަ 07:45
ދ.ކުޑަހުވަދޫ

ދ.ކުޑަހުވަދޫ

ދ. ކުޑަހުވަދޫގެ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ބަހެއް ނެތި އެރަށުން ގިނަ އަދަދެއްގެ ރުއްތަކެއް ބޭރުކުރަން އުޅުނު މައްސަލައެއް ފެންމަތިވެފައި ވަނިކޮށް އެރަށުން ރުއްގަސް ބޭރުކުރުމުގެ ހުއްދަ އީޕީއޭއިން ދީފިއެވެ.

ކުޑަހުވަދޫގައި ޖުވެނައިލް ސެންޓަރެއް އެޅުމަށް ހޯމް މިނިސްޓްރީއަށް ދީފައިވާ ބިމުގައި ހުރި 195 ރުއް ނަގައިގެން ރަށުން ބޭރުކުރަން އުޅެނިކޮށް މިދިޔަ ހުކުރު ދުވަހު އެރަށުގެ ކައުންސިލާއި ރައްޔިތުންތަކެއް ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

Advertisement - newsAdvertisement

މި މައްސަލަ ފެންމަތިވެފައި ވަނިކޮށް އީޕީއޭއިން ބުނީ އެބިމުގައި ހުރި 79 ރުކާއި 26 ގަސް ނެގުމަށް އެ އިދާރާގެ އިއުތިރާޒެއް ނެތް ކަމަށެވެ. އެހެންނަމަވެސް އެތަނުން ނަގާ ރުއްގަހުގެ 30 އިންސައްތަ އެ ރަށުގައި އިންދުމަށް އީޕީއޭއިން ވަނީ ޝަރުތުކޮށްފައެވެ. އަދި ބާކީ 70 އިންސައްތަ ރުއްގަސް ރަށުން ބޭރުކުރުމުގެ ހުއްދަ އީޕީއޭއިން ވަނީ ދީފައެވެ.

މީގެ އިތުރުން އެރަށުން ރުއްގަސް ބޭރު ކުރާނަމަ، ބޭރުކުރާ ކޮންމެ ރުކެއް އަދި ގަހެއްގެ އަދަދާއި އަހަރު އެނގޭނެ ގޮތަށް ފާހަގަކުރުމުގެ އިތުރުން، ކަނޑާ ކޮންމެ ރުކަކަށް ނުވަތަ ގަހަކަށް ދެރުއް ނުވަތަ އެ އަދަދަށް ގަސް އިންދުމަށް ވެސް އީޕީއޭއިން ވަނީ ޝަރުތުކޮށްފައެވެ. އީޕީއޭއިން ދިން ހުއްދައިގެ ތެރޭގައި، މިކަން ކުރުމުގެ ސަބަބުން އެއްވެސް އިޖްތިމާއީ މައްސަލައެއް ނުނިކުންނަ ގޮތަށް ކައުސިލާއި މަޝްވަރާކޮށް، ކަމާބެހޭ އެހެން އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށް ވަނީ އަންގާފައެވެ.

މިތަނުން ނަގާ ރުކެއްގައި އެއްވެސް ވަރަކަށް ރުކުމަޑި ހުރި ނަމަ އެ ރުއްތައް ކުޑަހުވަދޫން ބޭރެއް ނުކުރެވޭނެއެވެ. އަދި ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަަށް ހެދިފައިވާ ރުއްގަހުން ފެށިގެން 20 މީޓަރު ފުޅާ ސަަރަހައްދުގައި ހުރި އެއްވެސް ބާވަތެއްގެ ރުއްގަހެއް ނުނެގުމަށް އީޕީއޭއިން ވަނީ އަންގާފައެވެ.

ކުޑަހުވަދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަހުވަދޫގައި، އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް މުޒާހަރާކޮށްފި

ކުޑަހުވަދޫގައި، އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް މުޒާހަރާކޮށްފި

22 ނޮވެމްބަރު 2025
އެމްޑީޕީގެ ކުޑަހުވަދޫ ދާއިރާގެ ނައިބު ރައީސް މުހައްމަދު ހުސެއިން ކުއްލި ގޮތަކަށް ނިޔާވެއްޖެ

އެމްޑީޕީގެ ކުޑަހުވަދޫ ދާއިރާގެ ނައިބު ރައީސް މުހައްމަދު ހުސެއިން ކުއްލި ގޮތަކަށް ނިޔާވެއްޖެ

24 ސެޕްޓެމްބަރު 2025
މަސްވެރިންނަށް ފައިސާ ނުދޭތީ ކުޑަހުވަދޫގެ މަސްވެރިންވެސް މިއަދު މުޒާހަރާއަށް ނުކުންނަނީ

މަސްވެރިންނަށް ފައިސާ ނުދޭތީ ކުޑަހުވަދޫގެ މަސްވެރިންވެސް މިއަދު މުޒާހަރާއަށް ނުކުންނަނީ

25 ޖޫން 2024
ކުޑަހުވަދޫ އެއާޕޯޓަށް އުފާވެރި ދުވަހެއް: މަންޓާ އިން އިންޑިޔާ އަށް ސީދާ ދަތުރުތައް ފަށަނީ

ކުޑަހުވަދޫ އެއާޕޯޓަށް އުފާވެރި ދުވަހެއް: މަންޓާ އިން އިންޑިޔާ އަށް ސީދާ ދަތުރުތައް ފަށަނީ

30 ނޮވެމްބަރު 2023
ދ. ކުޑަހުވަދޫ ހަމަނުޖެހުމުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

ދ. ކުޑަހުވަދޫ ހަމަނުޖެހުމުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

05 އޯގަސްޓު 2022

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު