Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯމްސްޓޭ ފަތުރުވެރިކަން

މެންބަރު އާދަމް ޝަރީފަށް މިނިސްޓަރ މައުސޫމުގެ ހޫނު ރައްދެއް

މިނިސްޓަރގެ އަމާޒަކީ 2022 ވަނަ އަހަރު ރާއްޖެއަށް ހޯމްސްޓޭ ފަތުރުވެރިކަން ތައާރަފުކުރުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2021 | ހޮނިހިރު 07:25
ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޕީއެންސީގެ ނާއިބްރައީސް އާދަމް ޝަރީފް އުމަރު ހޯމްސްޓޭ ފަތުރުވެރިކަމަށް ފާޑުވިދާޅުވުމާއި ގުޅިގެން، ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހޫނު ރައްދެއް ދެއްވައިފިއެވެ.

ޝަރީފަށް ރައްދުދެއްވައި މިނިސްޓަރ ވިދާޅުވީ ކުދިކުދި ހޮޓެލް ހިންގުމާއިހޯމް ސްޓޭފަތުރުވެރިކަމަކީ ދާދި އެއްވައްތަރު ދެކަންތައް ކަމަށެވެ. އަދި ޒިންމާދާރުކަމާއެކީ ރަށްރަށުގައި އެކަންކުރާތާ 10 އަހަރުވެއްޖެ ކަމަށާއި، ނަތީޖާ ރަނގަޅު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ރައްޔިތުން ފޯރުންތެރިވެ ވޯޓަށް ނުފޫޒު ފޯރުވަންދަތިވާނެތީ ސިޔާސީ މަވެތިން ބޯދާވިސްނުން ގެންގުޅުމަކީ ވެދާނެ ކަމެއް ކަމަށެވެ.

ހޯމް ސްޓޭ ފަތުރުވެރިކަމާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ހަރުދަނާ ފިޔަވަޅުތައް ދުރާލާ ނާޅައިފިނަމަ، ހޯމް ސްޓޭއިން ރާއްޖޭގެ އިޖްތިމާއީ ފޭރާން އިތުރަށް ހަލާކުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ގެއަށް އަންނަ ފަތުރުވެރިންގެ ވަނަވަރު ބެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ބޭރު މީހުން ރާއްޖޭގައި ހިންގާ ޖަރީމާތައް މިހާރުވެސް އިތުރުވެފައިވާކަަން އާދަމް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

ޝަރީފް މިގޮތަށް ވާހަކަފުޅު ދެއްކެވީ މާލެ އަތޮޅު މާފުށީގައި އިސްލާމީ މުޖުތަމައެއްގައި ކުރުމަށް ބަލައި ނުގަނެވޭނެފަދަ އަމަލުތައް ހިންގަމުން ގެންދާކަމަށް ބުނެ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ. މާފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގައި އެއްބަސްވުމާއި ޚިލާފު އަމަލުތައް ހިންގަމުން ގެންދާ ކަމަށެވެ.

ރާއްޖެއަށް ހޯމް ސްޓޭ ފަތުރުވެރިކަން 2023 ވަނަ އަހަރު ތައާރަފް ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ވަރަށް ބޮޑު އަމާޒެކެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ސީދާ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެއެވެ. މިއާއެކު ފޯރުންތެރި ބަޔަކަށްވެ އަމިއްލަ، ފައިމަޗަށް ތެދުވެ ތިބޭ ބަޔަކަށް ރައްޔިތުން ވެގެންދާނެއެވެ.

އެހެންކަމުން މިނިސްޓަރ ޑރ މައުސޫމް ގެންދަވަނީ ހޯމް ސްޓޭއަށް އާންމުން ހޭލުންތެރި ކުރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިކަމާއި ގުޅެ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރުމަށް މިނިސްޓަރ ގެންދަވަނީ ރަށްތަކަށް ދަތުރުވެސް ކުރައްވަމުންނެެވެ.

މިނިސްޓަރގެ އަމާޒަކީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް ހޯމްސްޓޭ ފަތުރުވެރިކަން ތައާރަފްކުރުމެވެ. އެގޮތުން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޚިތާބުގައި މިނިސްޓަރ މައުސޫމް ވިދާޅުވީ 2022 ވަނަ އަހަރުގެ ޖެނުއަރީ ގައި ފަތުރުވެރިކަމުގެ މަންފާ ސީދާ ރައްޔިތުންނަށް ލިބޭ ގޮތް ހަދައިދެއްވާނެ ކަމަށެވެ. އަދި އުއްމީދަކީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހޯމް ސްޓޭ ތައާރަފު ކުރެވިގެން ދިޔުން ކަމަށެވެ.

މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމްއާދަމް ޝަރީފު އުމަރުޓުއަރިޒަމް އެމްވީމިނިސްޓްރީ އޮފް ޓުއަރިޒަމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބީއެމްއެލް އިން ރ. ވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

29 ސެޕްޓެމްބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު