Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮޕް26 ކޮންފަރެންސް

ކޮޕް26: ދުނިޔެއަށްޓަކައި ލީޑަރުންވީ ވައުދުތައް ހަނދާންކޮށްދިނުމަށް އެތައް ހާސް ޒުވާނުން ގްލާސްގޯގެ މަގުތަކަށް

އެކްޓިވިސްޓުންނާއި ޕްރެޝަރ ގްރޫޕްތަކުން އަދި މިހާތަނަށް ކޮޕް26 ގައި ވެފައިވާ ވައުދުތަކާމެދު ހިތްހަމައެއްނުޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2021 | ހޮނިހިރު 03:24
ކޮޕް26 ކޮންފަރެންސް ތެރެއިން ގްލާސްގޯ ގައި ކުރިޔަށްދިޔަ ހިނގާލުން

ކޮޕް26 ކޮންފަރެންސް ތެރެއިން ގްލާސްގޯ ގައި ކުރިޔަށްދިޔަ ހިނގާލުން

ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލައި އެތައް ހާސް ޒުވާން އެކްޓިވިސްޓުންތަކެއް ކޮޕް26 ކޮންފަރެންސް ކުރިޔަށްދާ ސްކޮޓްލެންޑްގެ ގްލާސްގޯގެ މަގުތަކަށް ނުކުމެއްޖެއެވެ. ދުނިޔެ ސަ.ލާމަތްކުރުމަށް ލީޑަރުންވީ ވައުދުތަކަށް އަމަލީ ސިފަ ގެނައުމަށް އެ ޒުވާނުން ވަނީ ގޮވާލައިފައެވެ.

ދުނިޔެ މޫސުމީ ބޮޑު މުސީބާތަކަށް ދިޔުމުގެ ކުރިން ލީޑަރުން ދުނިޔެ ސަލާމަތްކުރުމަށް މިއެކްޓިވިސްޓުން ވަނީ ގޮވާލާފައެވެ. ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ވަނީ ކޮޕް26 ކޮންފަރެންސްގައި ވާހަކަދައްކަވާ އެތައް ވައުދުތަކެއް ވެވަޑައިގަންނަވާފައެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިޔަށްދާ މި ކޮންފަރެންސްގައި ބޯޓުދެލި ބޭނުންކުރުން ހުއްޓާލުމަށާއި މީތޭން ބޭރުކުރުން ހުއްޓާލުމުގެ އިތުރުން ބޮޑެތި ޖަންގަލިތަކުން ގަސް ކެނޑުން މަދުކުރުމަށް ވަނީ ވައުދުވެފައެވެ.

ނަމަވެސް އެކްޓިވިސްޓުންނާއި ޕްރެޝަރ ގްރޫޕްތަކުން އަދި މިހާތަނަށް ކޮޕް26 ގައި ގައުމުތަކުން ވެފައިވާ ވައުދުތަކާމެދު ހިތްހަމައެއް ނުޖެހެއެވެ. އެއީ މިކަންކަމުގައި ދުނިޔެއަށް އެންމެ ބޮޑަށް ނުރައްކާތެރި ގޭސް ދޫކުރާ ބޮޑެތި ގައުމުތަކުގެ މާބޮޑު ޝާމިލުވުމެއްނެތީމައެވެ. އަދި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަކީ މާދުރު ތާރީޚުތަކަކަށް ވުމުން އެކަމުގެ ހިތްހަމަނުޖެހުން ތިމާވެށީގެ އެކްޓިވިސްޓުންނާއި ޕްރެޝަރ ގްރޫޕްތަކުން އަންނަނީ ފާޅުކުރަމުންނެވެ.

ތިމާވެއްޓާ ބެހޭ ގޮތުން ވަކާލާތުކުރާ ސްވިޑިޝްގެ އެކްޓިވިސްޓް ގްރެޓާ ތުންބާގު ބުނީ ލީޑަރުން އެއްވެ މަސައްކަތް ކުރަނީ މޫސުމީ ބަދަލުތައް ހުއްޓުވުމަށް އަޅާފިޔަވަޅުތައް ނޭޅޭނެ ގޮތްގޮތަށް ކަމަށެވެ. ސިސްޓަމްގެ ތެރެއިން އަމިއްލައަށް ލޫޕްހޯލްސްތައް ހަދައިގެން އެމީހުން ބޭނުންވާ ފައިދާތައް ތިމާވެއްޓަށް ގެއްލުންދީގެން ހާސިލުކުރުމަށް މަސައްކަތް ކުރާކަމަށް ތުންބާގު ބުންޏެވެ. ވީއެންމެ އަވަހަކަށް ޖައްވަށް ދޫކުރާ ގޭސް އަހަރުން އަހަރަށް މަދުކުރަންޖެހޭކަމަށް ވެސް ބުންޏެވެ.

އެމެރިކާގެ ކުރީގެ ވައިސް ޕްރެޒިޑެންޓް އަލްގޯރ ވިދާޅުވީ އަދި މިކަމުގައި ކާމިޔާބު ހާސިލުވީކަމަށް އިއުލާންކޮށްގެންނުވާނެ ކަމަށެވެ. ކޮންމެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދިއްޖެކަމަށާއި ނަމަވެސް އަދިވެސް ހާސިލުކުރަންޖެހޭ ލަނޑުދަނޑިތަކާ ހިސާބަށް ދިޔުމަށް ދިގު މުއްދަތެއް ނަގާނެކަމަށް އަލްގޯރ ވިދާޅުވިއެވެ.

ކޮޕް26 ކޮންފަރެންސްގެ ތެރެއިން މަސައްކަތް ކުރަމުންދަނީ ވީއެންމެ ގިނަ ގައުމަކުން ޖައްވަށްދޫކުރާ ގޭހުގެ މިންވަރު މަދުކުރުމަށް ވައުދުވުމަށެވެ. ވަކިން ޚާއްސަކޮށް ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓުމަކަށް ގެނައުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެއީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަށް އެންމެ މުހިންމު ކަންތަކެވެ.

ސައިންސްވެރިން ބުނާގޮތުގައި މިހާރުވެސް ދުނިޔެއަށް އަންނަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ބޮޑެތި ތޫފާންތަކާއި ހޫނުވުމާއި ހަނަފަސްކަމާއި ފެންބޮޑުވުމުގެ ހާދިސާތައް އިންތިހާއަށް ކުރިމަތިވަމުންކަމަށެވެ. އަދި މިކަންކަން ދެން އަނބުރާ ކުރިން އޮތްގޮތަށް ރުޖޫއަނުވެވޭ ހިސާބުގައި މިހާރު ހުރިކަމަށް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ.

ކޮޕް26ކްލައިމެޓް ޗޭންޖް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

12 ޖުލައި 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު