Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާގުގައި ހިނގަމުންދާ ހަމަނުޖެހުންތައް

އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހިގެން އިރާގުގައި ކުރިޔަށްގެންދާ ހަމަނުޖެހުންތަކުގައި 30 މީހުންނަށް އަނިޔާވެއްޖެ

ހަމަނުޖެހުންތައް ހިނގަމުންދަނީ ސަލާމަތީ ބާރުތަކާއި އިރާނުން ތާއީދުކުރާ އިރާގުގެ ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުންގެ މެދުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ނޮވެމްބަރު 2021 | ހޮނިހިރު 04:23
އިރާގުގައި ހިނގަމުންދާ ހަމަނުޖެހުމުގެ ތެރެއިން

އިރާގުގައި ހިނގަމުންދާ ހަމަނުޖެހުމުގެ ތެރެއިން

އިރާގުގައި އޮކްޓޯބަރ މަހު ކުރިޔަށްގެންދިޔަ އާންމު އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި 30 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް އިރާގުގެ ފުލުހުންނާއި ސިއްހީ މަސައްކަތްތެރިން ބުނެފިއެވެ.

ހަމަނުޖެހުންތައް ހިނގަމުންދަނީ ބަޣްދާދުގެ ސަލާމަތީ ބާރުތަކާއި އިރާނުން ތާއީދުކުރާ އިރާގުގެ ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުންގެ މެދުގައެވެ. އިރާނުން ވާގިވެރިވާ ސިޔާސީ ޕާޓީތަކަށް އާންމު އިންތިޚާބުގައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ އެތައް ގޮނޑިއެއް ގެއްލިފައެވެ. އެހެންކަމުން އެމީހުން ވަނީ ނުރުހުންފާޅުކުރުމުގެ ގޮތުން މަގުތަކަށް ނިކުމެފައެވެ.

އިރާގު ސަރުކާރު އޮފީސްތަކާއި އެމްބަސީތައް ހުންނަ ގްރީން ޒޯންގައި މުޒާހަރާކުރަން މަސައްކަތްކުރަމުންދިޔަ މީހުންގެ ގަޔަށް އިރާގު ފުލުހުން ވަނީ ކަރުނަ ގޭސް ޖަހާފައެވެ. މިއާއެކު މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ދިމާލަށް ގައު އުކާ ގްރީން ޒޯނަށް ވަނުމަށް މަސައްކަތްކޮށްފައެވެ.

މިހަމަނުޖެހުންތަކުގައި މުޒާހަރާ ކުރި މީހުންނަށް ވަނީ ދުމުގެ އަސަރުކޮށްގެން އެކިވަރުގެ އަނިޔާ ލިބިފައެވެ. އަދި މުޒާހަރާގެ ބައިވެރިން އުކި ގަލުން ޖެހި ފުލުހުންގެ ނުވަ މީހަކަށްވެސް ވަނީ އެކި ވަރުގެ އަނިޔާލިބިފައިކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު ކުރިޔަށްދިޔަ އިރާގުގެ އާންމު އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޝީޢީންގެ މެދުގައި މަގުބޫލު މުގްތަދާ އަލް ސަދުރުގެ ޕާޓީއެވެ. މިޕާޓީއަކީ އިރާގުގެ ކަންކަމަށް އިރާނުން ވަނުމަށް ދެކޮޅު ހަދާ ބައެކެވެ. އަދި އިރާގުގައި މިހާރު ތިބި ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ ފައުޖުތައް އެގައުމުން ފޭބުމަށްވެސް އެޕާޓީން ވަނީ ގޮވާލާފައެވެ.

ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން ޝުއޫރު ފާޅުކުރަމުން ދަނީވެސް ޝީޢީ ގްރޫޕްތަކުންނެވެ. ނަމަވެސް އެމީހުންނަކީ އިރާނުން ވާގިދޭ ޖަމާއަތްތަކެވެ. އަދި ސަރުކާރު ހިންގުމުގައި އިރާނުން ސަރުކާރު ހިންގަމުންދާ ގޮތަށް ސިޔާސަތުތައް ބައްޓަންކުރާ ޕާޓީތަކެވެ.

2003 ވަނަ އަހަރު އޭރު އިރާގުގައި އޮތް ސައްދާމް ހުސައިންގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު ފާއިތުވި ދުވަސްތަކުގައި އިރާގުގައި ވެރިކަން ކުރަމުން އަންނަނީ ޝީޢީ ޖަމާއަތްތަކުންނެވެ.

އިރާގުގައި އެންމެ ފަހުން ކުރިޔަށް ގެންދިޔަ އިންތިޚާބުގެ ނަތީޖާއިން ހާމަވެގެންދިޔައީ އިރާގުގެ ކަންކަމަށް ބޭރުގެ ނުފޫޒު ވަކިން ޚާއްސަކޮށް އިރާނުގެ ނުފޫޒު އޮންނަން ރައްޔިތުން ބޭނުންނުވާކަމެވެ.

އިންތިޚާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދާ ޕާޓީތަކުން ބުނަމުން އަންނަނީ ވޯޓުލުމުގެ ކަންކަމާއި ވޯޓު ގުނުމުގެ ކަންކަން ކުރިޔަށްދިޔައީ އެކަންކަން ކުރިޔަށްދާންވީ ގޮތަށް ނޫންކަމަށެވެ. ނަމަވެސް އެޕާޓީތަކުގެ މިތުހުމަތުތަކަށް ބާރުދޭ ހެއްކެއް ދެއްކިފައިނުވެއެވެ.

އިރާގު

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2024

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް
27 އެޕްރީލު 2024

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!
02 އެޕްރީލު 2024

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

02 އެޕްރީލު 2024
ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!
21 މާރިޗު 2024

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."
03 ފެބުރުއަރީ 2024

އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ

03 ފެބުރުއަރީ 2024
އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ
04 އޮކްޓޯބަރު 2023

ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

04 އޮކްޓޯބަރު 2023
ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!
17 ޖުލައި 2023

ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

17 ޖުލައި 2023
ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!
11 މެއި 2023

މާމުއިގެ ފޮނި މީރުކަން ގެއްލި، އެތައް ބަޔަކު ހާސްކަމުގެ ތެރެއަށް!

11 މެއި 2023
މާމުއިގެ ފޮނި މީރުކަން ގެއްލި، އެތައް ބަޔަކު ހާސްކަމުގެ ތެރެއަށް!
14 ޖެނުއަރީ 2023

އިރާގޭ ބުނުމުން ބޮލުގައި ކުރެހޭ ތަސްވީރު ބަދަލުކޮށްލި ބަސްރާ!

14 ޖެނުއަރީ 2023
އިރާގޭ ބުނުމުން ބޮލުގައި ކުރެހޭ ތަސްވީރު ބަދަލުކޮށްލި ބަސްރާ!
11 ޖެނުއަރީ 2023

ބަޞްރާގެ މަގުތަކުން އަނެއްކާވެސް 'ސިންދުބާދު' ފެންނަން ފަށައިފި: ކީއްވެ ކަން އެނގޭތަ؟

11 ޖެނުއަރީ 2023
ބަޞްރާގެ މަގުތަކުން އަނެއްކާވެސް 'ސިންދުބާދު' ފެންނަން ފަށައިފި: ކީއްވެ ކަން އެނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް