Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮޕް26 ސަމިޓް

ޖަންގަލިތައް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ގައުމުތަކުން އެއްބަސްވެއްޖެ

މިކަމަށް 12 ބިލިޔަން ޑޮލަރު ދޭނެ ކަމަށް 12 ގައުމަކުން ވަނީ ބުނެފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2021 | އަންގާރަ 13:04
ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 ސަމިޓުގެ ތެރެއިން

ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 ސަމިޓުގެ ތެރެއިން

ޖަންގަލިތަކުން ގަސްކެނޑުމާއި ނުރަނގަޅުގޮތުގައި ބިން ބޭނުން ކުރުން ހުއްޓާލުމަށް ދުނިޔޭގެ ގައުމުތަކުން އެއްބަސްވެއްޖެއެވެ. ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 ސަމިޓުގައި ގައުމުތަކުން އެއްބަސްވެފައިވަނީ 2030 އަންނަންވާއިރަށް ޖަންގަލިތައް ހިމާޔަތްކޮށް މިހާރުގެ ނުރަނގަޅު އާދަތަކަށް ނިމުން ގެނައުމަށެވެ.

މިކަމަށް އެއްބަސްވެ އިގުރާރުވި ގައުމުތަކުގެ ތެރޭގައި ބްރެޒިލް އާއި ރަޝިޔާއާއި އިންޑޮނީޝިޔާ އަދި ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ ހިމެނެއެވެ. މިއީ ދުނިޔޭގެ ބޮޑެތި ޖަންގަލިތަކުގެ 85 އިންސައްތަ ހިއްސާ ކުރާ ގައުމުތަކެވެ. ގްލާސްގޯ ލީޑަރުންގެ މި ގަރާރުގައިވާ ގޮތުން ދުނިޔޭގެ ޖަންގަލިތަކުގެ 33 މިލިޔަން އަކަ ކިލޯމިޓަރު ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެއެވެ.

ދުނިޔެ ހޫނުވުން ކޮންޓްރޯލް ކުރުމަށްޓަކައި ޖަންގަލިތަކުގެ ދައުރު ވަރަށް ބޮޑެވެ. ޖަންގަލިތައް ތުނިވެ ނެތެމުންދާ ވަރަކަށް ދުނިޔެ ހޫނުވުމަށް މަގުފަހިވެގެންދެއެވެ. ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު ޖަންގަލި ކަމަށްވާ ބްރެޒިލްގެ އެމޭޒަން ޖަންގަލިވެސް ދާދި އަވަހަށް ނެތިގެން ދިޔުމުގެ ބިރު ތަޖުރިބާކާރުން އަންނަނީ ފާޅުކުރަމުންނެވެ. އެހެންކަމުން ޖަންގަލިތަކުގެ ހިމާޔަތަށްޓަކައި މިވެވުނު އިގުރާރަށް ތަޖުރިބާކާރުން ވަނީ މަރުހަބާ ކިޔައިފައެވެ.

މޫސުމީ ބަދަލުތަކާއެކު ދުނިޔެ ހޫނުވުމުގެ މައްސަލަ ހައްލު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ ކޮޕް-26ގައި ދުނިޔޭގެ ގިނަ ގައުމުތަކުން ބައިވެރިވެއެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ބައިވެރިވުމާއެކު މިސަމިޓަށްފަހު ތިމާވެށީގެ ގިނަ މައްސަލަތައް ހައްލުކުރުމަށް އަމަލީގޮތުން ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ދުނިޔެ ހޫނުވުމުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު، މިކަމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާނެއެވެ. ކޮޕް-26ގައި ގައުމުތަކުގެ އިސްވެރިން އިއްޔެ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި، ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުން މިކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާމެދު ވަނީ ޚިޔާލު ބަދަލުކޮށްފައެވެ. އަދި ބްރެޒިލް އާއި އިންޑިއާ ފަދަ ގިނަ އަދަދެއްގެ ވިހަ ގޭސް ޖައްވުގެ ތެރެއަށް ދޫކުރަމުންދާ ގައުމުތަކުން މިކަން މަދުކުރުމާއި މެދު ވަނީ މަޝްވަރާ ކުރެވިފައެވެ.

މި މަޝްވަރާތަކަށް ފަހު ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތައް ހިމެނޭ ގޮތުން 12 ގައުމަކުން ވަނީ ޖަންގަލިތައް ހިމާޔަތް ކުރުމަށްޓަކައި ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް 12 ބިލިޔަން ޑޮލަރު ދޭނޭ ކަމަށް ބުނެފައެވެ. މިއީ 2021 ވަނަ އަހަރުން 2025 ވަނަ އަހަރާ ހަމަޔަށް މކަމަށްޓަކައި ހޭދަކުރަން ނިންމާފައިވާ އަދަދެވެ.

ކޮޕް26ކްލައިމެޓް ޗޭންޖް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

12 ޖުލައި 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު