Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިހަވަންދިއްޕޮޅު ޕޯޓް

އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ ގޮތެއް ހޯދުމަށް އެދި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

1 ނޮވެމްބަރު 2021 | ހޯމަ 08:56

އުލިގަމު ހުރަސްކޮށް ދުވާލަކު 45 އާއި، 55އާ ދެމެދުގެ އަދަދަކަށް އާގު ބޯޓު ދަތުރުކުރޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 1 ނޮވެމްބަރު 2021 | ހޯމަ 08:56
އިހަވަންދިއްޕޮޅު ޕޯޓް ތަރައްގީވެގެންދާއިރު އޮންނާނެ ގޮތުގެ ކުރެހުމެއް

އިހަވަންދިއްޕޮޅު ޕޯޓް ތަރައްގީވެގެންދާއިރު އޮންނާނެ ގޮތުގެ ކުރެހުމެއް

އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި މިގަރާރުގައި ބުނެފައިވަނީ، ރާއްޖެއަކީ ހުޅަނގާއި އިރުން މުދާ ހިފައިގެންދާ އާގު ބޯޓު ފަހަރު، ދަތުރުކުރާ މަގުގައި އޮތް ގައުމަކަށްވެފައި، ޚާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް 8 ޑިގްރީ ޗެނަލަކީ ކާގޯ ބޯޓުފަހަރު ހުރަސްކުރާ ޗެނަލަކަށްވާތީ، މިކަމުން ހޯދެން އޮތް ނަފާ ހޯދުމަކީ، މި ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އަމާޒު ހިފިދާނެ ސިނާޢަތެއް ކަމަށެވެ. ބޭރުގެ އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ސިނާޢަތެއް މިހިނދުން މިހިނދަށް ގާއިމުކުރުމަކީ، ބޭނުންތެރިކަމެއް ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެ ހުރަސްކޮށް ގައުމުތަކަށް ގެންދާ މުދަލުގެ އަގު އިތުރުވެފައިވާ ކަމަށާއި، ރާއްޖެ ހުރަސްކޮށްދާ ބޯޓުފަހަރު ކޮންމެ އަހަރަކު ހާހުން އިތުރުވަމުން އަންނަކަން ފާހަގަކޮށް ސަލީމް ވިދާޅުވީ، އެ ބޯޓުފަހަރުން ގެންދާ މުދަލުގެ އަގު ބިލިއަނުން ގުނާލެވޭ ކަމަށެވެ. އެހެންކަމުން އެ ސިނާއަތުގެ މަންފާ ހޯދުން މުހިއްމު ކަމަށެވެ. އެ މަންފާ ލިބޭނެ ޓްރާންސްޝިޕްމެންޓް ޕޯޓެއް، މިދިޔަ ދިގު މާޒީގައި ގާއިމުވެފައި ނެތް ކަމަށާއި، ރާއްޖެއަކީ މި ސިނާޢަތުން އެންމެ ފައިދާ ވާނެ ގައުމު ކަމުގައި ސަލީމް ވިދާޅުވިއެވެ. މިއީ އައު ވިސްނުމެއް ނޫން ކަމަށާއި، ކޮންމެވެސް ސަބަބަކާހެދި އެއަށް އަމަލީ ސިފައެއް މިހާތަނަށް ގެނެވިފައި ނުވާ ކަމަށެވެ.

މިފަދަ ބަނދަރެއް ގާއިމުކުރުމަށް ބިލިއަނުން އިންވެސްޓްމެންޓް ބޭނުންވާނެކަން ގަބޫލުފުޅުކުރެއްވޭ ކަމަށާއި، އެހެންނަމަވެސް އެވަރުގެ ފައިނޭންސާ ނުލައި ވެސް މިހާރުވެސް ކުރެވިދާނެ ކަންކަން އެބަހުރި ކަމަށް ސަލީމް ވިދާޅުވިއެވެ. ބޯޓުތައް ބަނދަރުކުރެވި، ކޮންޓެއިނަރުތައް ބާލައި، ކަންކަން ނުކުރެވުނަސް، އިހަވަންދިއްޕޮޅަކީ، ފަޅުވެރިންނަށް ޚިދުމަތްދެވޭނެ ޕޮއިންޓަކަށް ހެދިދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މިކަންކަމާއެކު ދިވެހިންނަށް ވަޒީފާ އިތުރުވެ، ދިރިއުޅުން ތަރައްގީކޮށް ކުރިއެރުވިދާނެ ކަމަށާއި، އެހެންކަމުން އެކަންއެކަންކުރަން ޖެހިފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

މިސަރުކާރުން އުލިގަމުގެ މުހިއްމުކަން ބަލައިގެންފި ކަމަށާއި، ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ވެސް ކުރި މަސައްކަތުގެ ތެރޭގައި، އުލިގަމަށް އަންނަ ޔޮޓު ފަހަރުން ފީއެއް ނެގުމަށް ކަނޑައެޅުނުކަން ސަލީމް ފާހަގަކުރެއްވިއެވެ. އުލިގަމު ހުރަސްކޮށް ދުވާލަކު 45 އާއި، 55އާ ދެމެދުގެ އަދަދަކަށް އާގު ބޯޓުފަހަރު ދަތުރުކުރާކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، މިހާރުވެސް މާލެ ސަރަހައްދުގައި އެމްއެންޑީއެފުން ސަލާމަތީ ކަންކަން ބަލަހައްޓަމުންދަނީ މާލެ ސަރަހައްދަކީ ޕޯޓެއްގެ ގޮތުގައި ބަލައިގެންފައިވާތީ ކަމަށެވެ. އުލިގަމުގައި މި ޚިދުމަތް ނުދެވެނީ އުލިގަމަކީ ޕޯޓެއްގެ ގޮތުގައި ބަލައިގެންފައި ނުވާތީ ކަމަށް ސަލީމް ވިދާޅުވިއެވެ. މިކަން އިސްލާހު ކުރެވުނަސް ނައްތާލެވެނީ އޮތް ވަރަށް ވުރެ ބޮޑު ހުރަހެއް ކަމަށް ވިދާޅުވިއެވެ. އުލިގަމުގައި ވެސް، ކަސްޓަމާއި، އެމްޕީއެލް، އަދި ޕޯޓް ހެލްތް ފަދަ ދައުލަތުގެ މުއައްސަސާތައް އެބަހުރި ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން ފައިދާވާނެ ގޮތަށް ބޯޓު ފަހަރަށް ޚިދުމަތް ދިނުމުގެ ސިނާޢަތް އެ ތަނުގައި ފެށިދާނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މިހާރުން މިހާރަށް އުލިގަމުގައި ހުރަސްކުރާ ބޯޓު ފަހަރަށް ކޮންމެވެސް ޚިދުމަތެއް ދެވޭނެ މަގު ފަހިކުރުމާއި، ސެކިއުރިޓީ ފޯރުކޮށްދިނުން މިހާރުވެސް ހަމަޖެހިގެންދާނެ ގޮތެއް ބައްލަވައިދެއްވުމަށް ސަލީމް އެދިވަޑައިގެންނެވިއެވެ.

ކޮވިޑް 19ގެ ސަބަބުން ދުނިޔޭގެ ބޯޑަރުތައް ބަންދުވެ ދުނިޔޭގެ އިޤްތިޞާދު ހުއްޓުމަކަށް އައި ހިނދު ރާއްޖޭގެ އިޤްތިޞާދު އެކަމަކަށް ބަރޯސާވެފައިވާ ފަތުރުވެރިކަން ހުއްޓި، އެ ސިނާޢަތަށް ބަރޯސާ ވެފައިވާ އަދި އާމްދަނީ ލިބޭނެ އެހެން ދޮރުތައް ބަންދުވުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އެހެން ގޮތަކަށް ބައްޓަން ކުރުމުގެ މުހިއްމުކަން މިވަނީ ބޮޑުވެފައި ކަމަށް ގަރާރުގައި ބުނެފައިވެއެވެ. ފަތުރުވެރިކަމަކީ ދުނިޔެއަށް އަންނަ ކިތަންމެ ކުޑަ ލޮޅުމަކުން ވެސް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެ ސިނާޢަތެއް ކަމަށާއި، ޚާއްސަކޮށް ރާއްޖޭގެ އިޤްތިޞާދަށް އެކަމުން އަސަރު ކުރާކަން ކޮވިޑްގެ ސަބުން އެނގިގެން ދިޔަ ކަމަށެވެ. އެކަން މިހާރު ރާއްޖެ ތަޖުރިބާ ކޮށްފައިވާ ކަަމަށެވެ. އެހެންކަމުން އެ ސިނާޢަތަށް އެކަނި ބަރޯސާވެގެން އޮތުމަކީ ގައުމެއްގެ ގޮތުގައި ކުރަން ހެޔޮވެސް ނުވާވަރުކަމެއްކަން ކޮވިޑްގެ ސަބަބުން އެނގި ދަސްވެއްޖެ ކަމަށް ސަލީމް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެއެވެ.

އެ ފިލާވަޅުގެ އަލީގައި އިޤްތިޞާދީ މާހިރުން ގޮވަމުން ދަނީ އިކޮނޮމިކް ޑައިވަރސިފިކޭޝަންގެ މުހިއްމު ކަމުގެ ވާހަކަ ކަމަށާއި، އިޤްތިޞާދު ބިނާކުރެވޭނެ އެހެން ކަންކަން ބަލައި، އެކަމަށް ޕްލޭން ކުރުން މުހިއްމު ކަމަށް ގަރާރުގައިވެއެވެ.

އިހަވަންދިއްޕޮޅުގެ އިގްތިސާދުހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް