Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫސިޓީގެ ކޮވިޑް އަޕްޑޭޓް

އައްޑޫސިޓީން 38 މީހަކު ކޮވިޑަށް ފައްސިވެއްޖެ

ކޮވިޑަށް ފައްސިވެފައިވާ 225 މީހުން އެބަތިބި

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2021 | ހޯމަ 04:50
އައްޑޫސިޓީ

އައްޑޫސިޓީ

އައްޑޫސިޓީން 38 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އާދީއްތަ ދުވަހު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫގެ 16 މީހަކާއި މަރަދޫއިން 16 މީހެއްގެ އިތުރުން މަރަދޫފޭދޫން އެކަކާއި ފޭދޫން 5 މީހެކެވެ. މި މީހުންނާއެކު މިހާރު އައްޑޫސިޓީގައި މިބައްޔަށް ފައްސިވެފައިވާ 225 މީހުން އެބަތިއްބެވެ.

Advertisement - newsAdvertisement

އާދީއްތަ ދުވަހު ބަލިން ރަނގަޅުވެފައިވަނީ 24 މީހުންނެވެ. މިވަގުތު ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ 4 މީހަކަށެވެ. ފައްސިވެފައިވާ މީހުންނާ އެއްތަންވި މީހުންގެ ގޮތުގައި 250 މީހަކު މިވަގުތު ތިބިއިރު އާދީއްތަ ދުވަހު 158 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓުކޮށްފައިވެއެވެ.

މި ބަލި އައްޑޫސިޓީން ފެނުނު ފަހުން މިއަދާ ހަމަޔަށް 29275 މީހެއްގެ ސާމްޕަލް އޭއީއެޗުންވަނީ ޓެސްޓުކޮށްފައެވެ. އޭގެތެރެއިން އައްޑޫސިޓީން މިހާތަނަށް ކޮވިޑް ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 2049 އެވެ.

ނިމިގެން މިދިޔަ އޮކްޓޯބަރ މަހު އައްޑޫ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފައްސިވެގެން ހާލު ބޮޑުވެ ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން 5 މީހަކު ވަނީ ނިޔާވެފައެވެ. އެގޮތުން މިހާތަނަށް އައްޑޫ ސިޓީން މިބަލީގައި 9 މީހަކު ނިޔާވެފައިވެއެވެ.  

އައްޑޫގައި ކޮވިޑް ދިފާއު ވެކްސިން ދިނުން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަށްރަށަށް ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް އުސޫލު ބަދަލުކޮށް ޕީސީއާރް ނުހަދާ ދަތުރު ކުރެވޭ ލިސްޓު ޢާއްމު ކުރިއިރު އެލިސްޓުގައި އައްޑޫ ސިޓީގެ ނަން އެޗްޕީއޭއިން ވަނީ ހިމަނާފައެވެ. މިބަދަލާއެކު އައްޑޫސިޓީއަށް އެހެންހިސާބުތަކުން ދަތުރުކުރުމުގައި ފަސޭހަތަކެއް ލިބިފައިވާއިރު ގުޅިފައިވާ އަވަށްތަކާއި ވަކިން އޮންނަ ހުޅުދޫއާއި މީދޫއަށް ދަތުރު ކުރުމުގައި ވެސް އިތުރު ލިޔެކިއުމެއް ހުށަނާޅާ ދަތުރުކުރެވޭ ގޮތަށް މިހާރުވަނީ ގަވާއިދު ބަދަލުކޮށްފައެވެ.

އައްްޑޫ ސިޓީއައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!

އެކުއެޓޯރިއަލް ހޮސްޕިޓަލު ގެ އިދާރީ މުވައްޒަފުންގެ ފެންވަރު ދަށް ކަމަށް ސީއީއޯ ޔާސިރު ވިދާޅުވުމުން މުވައްޒަފުން ރަތައް!

09 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު