Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮޕް26ށް ރާއްޖޭގެ މެސެޖް

ކޮޕް26ށް ރާއްޖޭގެ މެސެޖް: އަހަރުމެން ސަލާމަތްކޮށްދީ

މޫސުމީ ބަދަލުތަކަކީ ރާއްޖެއިން ކޮންމެ ދުވަހަކުވެސް ތަޖުރިބާކުރަމުން އަންނަ ކަންތައްތަކެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2021 | އާދީއްތަ 20:10
އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާ

އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާ

ދުނިޔެ އެއްބައިވަންތަވެ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން ރާއްޖެ ސަލާމަތްކޮށްދިނުމަށް އެންވަޔަރަންމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ގޮވާލައްވައިފިއެވެ.

ސްކޮޓްލެންޑްގެ ގްލާސްގޯ ގައި ކުރިޔަށްދާ ކޮޕް26 ސަމިޓަށް ރާއްޖެއިން ދީފައިވާ ވީޑިއޯ މެސެޖްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މޫސުމީ ބަދަލުތަކަކީ ރާއްޖެއިން ކޮންމެ ދުވަހަކުވެސް ތަޖުރިބާކުރަމުން އަންނަ ކަންތައްތަކެއްކަމަށެވެ. މިގަރުނު ނިމޭ ހިސާބުގައި ދުނިޔެއަށް ކުރިމަތިވާނެކަމަށް ކުރިން އަންދާޒާކުރި މޫސުމީ ބަދަލުތައް މިހާރު ރާއްޖެއިން އަންނަނީ ތަޖުރިބާކުރަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ ފަރުތައް ހަލާކުވެ ރަށްތައް ފެނަށް ޖެހެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދުވަހަކަށްވުރެ ދުވަހެއް މޫސުން އަންނަނީ ގޯސްވަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ދުނިޔެއިން ކުރަމުންދާ މަޝްވަރާތަކަށް ބަލަން ރާއްޖެއަށް ނޯވެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 1.5 ޑިގްރީގައި ދުނިޔޭގެ ހޫނުމިން ހިފެހެއްްޓުމަށް ދުނިޔެއިން އެއްބަސްވުމަކާ ހަމައަށް އައުމަށް ރާއްޖެއިން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް މިކަންކަން ވާކަމަށްވާނަމަ މުޅި ދުނިޔެއަށްވެސް މިކަންކަންވާނެކަމަށެވެ. އަދި މުޅި ދުނިޔެ އެކުވެ ރާއްޖެ ސަލާމަތްކޮށްދިނުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

މިވީޑިއޯގައި ވާހަކަދައްކަވަމުން ރާއްޖޭގައި ހުންނަވާ ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާ ވިދާޅުވީ މޫސުމީ ބަދަލުތަކުން ކުދި ބިންތިރި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ފައިސާ ހަމަޖެހިގެންދިޔުމަކީ އެގެއްލުންތަކުން އަރައިގަނެ މޫސުމީ ބަދަލުތަކާއި އެއްގޮތަށް ކަންކަން ބަދަލުކުރުމަށް ކުދި ގައުމުތަކަށް ލިބިގެންދާ ފުރުސަތެއްކަމަށެވެ. ކޮންމެ އަހަރަކު 100 ބިލިއަން ޑޮލަރު އެފަދަ ގައުމުތަށް ދިނުމަށް ވެވުނު އެއްބަސްވުމާ ހަމައަށް ވާސިލުވެފައިނުވާކަން ފާހަގަކުރައްވަމުން އެންރިކޯ ވިދާޅުވީ މިހާރު ލިބެންހުރި ވަސީލަތްތަކާއެކު މިމައްސަލަތަކަށް ހައްލެއް ގެނެވެންނެތްކަމަށެވެ.

އަދި މިކަންކަން ހައްލުކުރުމަށް އަމަލުކުރުމަށް އިތުރު ވަގުތެއް ނެތްކަމަށް އެންރިކޯ ވިދާޅުވިއެވެ. ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމަށް ބޮޑެތި ގައުމުތަކުން ފަށައިގަންނައިރު އޮންނާނީ ރާއްޖެ ފަދަ ގައުމުތަކަށް މާބޮޑަށްވެސް ލަސްވެފައިކަމަށް އެންރިކޯ ވިދާޅުވިއެވެ.

ކޮޕް26އެންވަޔަރަމެންޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަން އެއްބަސްވުންތަކެއްގައި ސޮއި ކޮށްފި

19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަން އެއްބަސްވުންތަކެއްގައި ސޮއި ކޮށްފި

19 ޑިސެމްބަރު 2023
12 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު އެޅުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަނީ

12 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު އެޅުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަނީ

09 މެއި 2023
މި 5 އަހަރުގެ ތެރޭ 42.6 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ: ރައީސް

މި 5 އަހަރުގެ ތެރޭ 42.6 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ: ރައީސް

06 ފެބުރުއަރީ 2023
މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިވުމަށް އެމެރިކާ ސަރުކާރުން ރާއްޖެއަށް 2.4 މިލިއަން ރުފިޔާގެ ހިލޭ އެހީ

މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިވުމަށް އެމެރިކާ ސަރުކާރުން ރާއްޖެއަށް 2.4 މިލިއަން ރުފިޔާގެ ހިލޭ އެހީ

16 ސެޕްޓެމްބަރު 2022
"ކުނިން ނަފާ"ގެ ނަމުގައި ޚާއްސަ ތަމްރީން ޕްރޮގްރާމް އެއް ފަށައިފި

"ކުނިން ނަފާ"ގެ ނަމުގައި ޚާއްސަ ތަމްރީން ޕްރޮގްރާމް އެއް ފަށައިފި

16 އޯގަސްޓު 2022

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު