Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯމް ސޯލާރ ޕްރޮގްރާމު

ހޯމް ސޯލާރ ޕްރޮގްރާމުގެ ތެރެއިން އެއްހާސް ގެދޮރަށް ލުއިފަސޭހަކަން ލިބިގެންދާނެ: ފެނަކަ އެމްޑީ

ހޯމް ސޯލާރ ޕްރޮގްރާމު ބައްޓަންވެފައިވަނީ ރައްޔިތުމީހާގެ ޖީބަށް ކަރަންޓު ބިލުން ލުއި ލިބޭނެ ގޮތަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ޖެނުއަރީ 2022 | ބުރާސްފަތި 08:04
ހޯމް ސޯލާރ ޕްރޮގްރާމް ހިންގުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވާހަކަފުޅު ދައްކަވަނީ

ހޯމް ސޯލާރ ޕްރޮގްރާމް ހިންގުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވާހަކަފުޅު ދައްކަވަނީ

ހޯމް ސޯލާރ ޕްރޮގްރާމުގެ ތެރެއިން އެއްހާސް ގެދޮރަށް މިކަމުގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ހޯމް ސޯލާރ ޕްރޮގްރާމް ހިންގުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ހޯމް ސޯލާރ ޕްރޮގްރާމަށް ވާސިލްވުމަށްޓަކައި ފެނަކައިގެ ނެޓްވޯކްތައް ޒަމާނީ ފެންވަރަށް ބަދަލުކުރަން ޖެހުނު ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ސޯލާރ ހަކަތަ ބޭނުންކުރުމަށްޓަކައި ވަރަށް ގިނަ ވާހަކަތަކެއް މީގެކުރިން ވެސް ދެކެވިފައިވާ ކަމަށާއި ހޯމް ސޯލާރ ޕްރޮގްރާމު ބައްޓަންވެފައިވަނީ ރައްޔިތު މީހާގެ ޖީބަށް ކަރަންޓު ބިލުން ލުއި ލިބޭނެ ގޮތަށް ކަމަށް ސައީދު ވިދާޅުވިއެވެ. 

މިއަދު ހޯމް ސޯލާރ ޕްރޮގްރާމް އިފްތިތާހު ކުރެވިގެންދަނީ މިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވި އިރުޝާދުތަކުގެ ސަބަބުން ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމް ފުޅާކުރުމުގެ ވިސްނުން ސަރުކާރުގައި އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.

2023 ވަނަ އަހަރު ނިމުމުގެ ކުރިން ފެނަކައިން ޚިދުމަތްދޭ 154 ރަށުގެ 70 އިންސައްތަ އަށް ސޯލާރ ލިބޭނެ ވަސީލަތްތައް ގާއިމު ކުރުމަކީ ފެނަކައިގެ އަމާޒެއް ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

ސޯލާރ ހަރުކުރުމަށް ބައެއް ރަށްތަކުގައި ބިމުގެ ދަތިކަން ހުރުމުން އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ސައީދު ވިދާޅުވިއެވެ. އެހެންކަމުން ބިން ނެތް ރަށްރަށުގައި ބިން ހިއްކައިގެންވެސް ހައިބްރިޑް ސިސްޓަމަށް ނިޒާމު ބަދަލުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެ، އެންވަޔަރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ އެކަމާމެދު ވިސްނެވުމަށް ސައީދު އެދިވަޑައިގެންނެވިއެވެ.

ފެނަކައިން ބުނީ މި ޕްރޮގްރާމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ، 2023 ގެ ނިޔަލަށް މަދުވެގެން 10 މެގަވޮޓްގެ އިރުގެ އަލިން  ހަކަތަ އުފައްދާ ނިޒާމުތައް ނެޓްމީޓަރިންގ އުސޫލުން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް، އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހި ރާއްޖޭގެ ކާބަން އެމިޝަންސް ނެޓް ޒީރޯއަށް ހެދުމަށް ދިވެހި ސަރުކާރުން އަމާޒުކޮށްފައިވާތީ، އެ ޓާގެޓް ހާސިލްކުރުމަށް މަގުފަހިކުރުމަށް ފަށާ ޕްރޮގްރާމެއް ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންއެންވަޔަރަމެންޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
11 ނޮވެމްބަރު 2025

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު