Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުނި ނަފާ ޕްރޮގްރާމް

"ކުނިން ނަފާ"ގެ ނަމުގައި ޚާއްސަ ތަމްރީން ޕްރޮގްރާމް އެއް ފަށައިފި

ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އެއްސަރަހައްދެގައި ދިރިއުޅޭ މާލެ ސަރަހައްދުގެ ކުނިމެނޭޖް ކުރުމުގެ 300 މިލިއަން ޑޮލަރުގެ ބޮޑުމަޝްރޫއެއްވަނީ ފަށާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 އޯގަސްޓު 2022 | އަންގާރަ 18:17
"ކުނިން ނަފާ"ގެ ނަމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްގެ ތެރެއިން

"ކުނިން ނަފާ"ގެ ނަމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްގެ ތެރެއިން

ރައްކާތެރި ގޮތުގައި ކުނިމެނޭޖް ކުރުމަށް، މާލޭގެ ގޭބީސީތަކުގައި ދިރިއުޅޭފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި "ކުނިން ނަފާ"ގެ ނަމުގައި ޚާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ މާލެސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނަށް ޚާއްޞަކޮށް އެންވައިރަމަންޓް މިނިސްޓްރީ އާއި ވެމްކޯ ގުޅިގެން ހިންގާ ތަމްރީން ޕްރޮގުރާމް އެކެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފަށްޓަވައިދެއްވާފައިވަނީ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙް އާއި ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންޞާރުއެވެ.

Advertisement - newsAdvertisement

އެ ރަސްމިއްޔާތުގައި އެ ދެ ބޭފުޅުންވެސް ވަނީ ރައްކާތެރި ގޮތުގައި ކުނިމެނޭޖް ކުރުމަށް މާލޭގެ ގޭބީސީތަކުގައި ދިރިއުޅޭފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނެ އެއްފަރާތަކީ މާލޭސިޓީގެ ޑަބްލިއުޑީސީ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން "ކުނިން ނަފާ" ތަމްރީން ޕްރޮގްރާމް އަކީ މުހިންމު ޕްރޮގްރާމް އެއް ކަަމަށް އެ ދެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ. އަދި އުކާލާ ތަކެއްޗަކީ އިއާދަ ކުރެވޭނެ އެއްޗެހިކަން ވެސް އެ ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މާލޭސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) މެންބަރުންނަށް ޚާއްޞަކޮށް ތަމްރީނު ކުރާ މެމްބަރުން، އެ މެމްބަރުންގެ ދާއިރާތަކުގައި މިފަދަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކަމާއިބެހޭ އަމަލީ މަސައްކަތްތައް މާލޭގެ ގޭބީސީތަކުގައިވެސް ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ފަށަން ވަނީ ހަމަޖެހިފައެވެ.

މިއަހަރު ޖޫންމަހު އެއް ވަނަދުވަހު (1 ޖޫން 2022) ސަރުކާރުން ތަންފީޒް ކުރައްވަން ފެއްޓެވި ކުނިމެނޭޖްކުރުމުގެ އާ ސިޔާސަތުގެ ތެރެއިން ކުނި ބައިބައި ކޮށްގެން ނެރެ އުކާލުމުގެ މަސައްކަތަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ހެޔޮގޮތުގައި އަދި ނަފާހުރި ގޮތުގައި ކުނިމެނޭޖްކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައެވެ.

އެގޮތުން ސަރުކާރުން ހިންގަވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އެއްސަރަހައްދެއްގައި ދިރިއުޅޭ މާލެ ސަރަހައްދުގެ ކުނިމެނޭޖް ކުރުމުގެ 300 މިލިއަން ޑޮލަރުގެ ބޮޑުމަޝްރޫއެއްވަނީ ފަށާފައެވެ. އަދި އެ މަޝްރޫއުގެ ތެރެއިން، އެންމެ ފުރިހަމަގޮތުގައި ކުނިމެނޭޖްކުރުމާއި، އެންމެ ފައިދާހުރިގޮތުގައި ކުނިން ނަފާއާއި މަންފާ ހޯދުމުގެ ޒަމާނީ އެންމެފަހުގެ ވަސީލަތްތައް ގާއިމުކުރެވި އިންގިލާބީ ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ކަމާއި ބެހޭ އިދާރާތަކުން ފާހަގަކުރައްވައެވެ.

އެންވަޔަރަމެންޓް މިނިސްޓްރީކުނި

ކޮމެންޓް

އިތުރަށް ކިޔާލަން

ކުނީގެ މައްސަލައަކީ ސިޓީ ކައުންސިލާ ހަވާލުވި އިރުވެސް ހައްލު ނުވެ އޮތް މައްސަލައެއް - އާޒިމް

ކުނީގެ މައްސަލައަކީ ސިޓީ ކައުންސިލާ ހަވާލުވި އިރުވެސް ހައްލު ނުވެ އޮތް މައްސަލައެއް - އާޒިމް

29 އެޕްރީލު 2024
މާލޭގައި އާއްމުކޮށް ކުނި އަޅާ 10 ތަނެއް އާއްމުކޮށްފި

މާލޭގައި އާއްމުކޮށް ކުނި އަޅާ 10 ތަނެއް އާއްމުކޮށްފި

23 މާރިޗު 2024
މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހޮޓްލައިނެއް ޤާއިމުކޮށްފި

މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހޮޓްލައިނެއް ޤާއިމުކޮށްފި

23 މާރިޗު 2024
ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟

ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟

18 މާރިޗު 2024
މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރަނީ

މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރަނީ

14 މާރިޗު 2024

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު