Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްރަށުގެ މައްސަލަ ހައްލުކުރުން

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށަކީ ރައްކާތެރި ރަށެއްގެ ގޮތުގައި ހެދުން - މިނިސްޓަރ ޝައުނާ

މޫސުމަށް އަންނަ ބަދަލާއެކު ފަރުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 މާރިޗު 2022 | ހޯމަ 17:54
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާ ސުވާލުކުރެއްވުން

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާ ސުވާލުކުރެއްވުން

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށަކީ ރައްކާތެރި ރަށެއްގެ ގޮތުގައި ހަދާދިނުން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހޯމަދުވަހު ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ބައެއް ފަހަރު ތަރައްގީގެ މަސައްކަތްތައް ރޭވޭ އެކިއެކި ގޮތްގޮތުންނާއި، ރޭވޭ އަވަސްމިނުގެ ސަބަބުންވެސް ރަށްރަށުގެ ތިމާވެށްޓަށް ނޭދެވޭ ކަންކަން ކުރިމަތިވާ ކަމުގައެވެ.

Advertisement - newsAdvertisement

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް އެންމެ ބޭނުންވާ ކަންކަމަށް ނުބަލާ މަޝްރޫޢުތައް ފަރުމާކުރެވޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ޤައުމުތައް ހޭނޭނީ ކިހާމިންވަރަކަށްތޯ ބަލާއިރުގައި، ދުނިޔޭގެ ހޫނުމިން މައްޗަށްދާވަރު 1.5 ޑިގްރީ ގައި ނުހިފެހެއްޓިއްޖެނަމަ ރާއްޖޭގެ އެންމެ މުހިންމު ގުދުރަތީ އެސެޓު ކަމުގައިވާ ރާއްޖޭގެ ރަށްތައް ވަށައިގެންމިވާ ފަރުތައް ނެތިދިއުމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންވީމާ، ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ރާވާއިރު ޚާއްޞަކޮށް އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ރާވާއިރު ރަށްރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށް ވިދާޅުވެ މިނިސްޓަރ ބައެއް ތަފުސީލުތައްވެސް ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން ބޮޑުތިލަދުންމަތީގައި ވޭސްޓް މެނޭޖްމެންޓް ޓްރާންސްފަރ ސްޓޭޝަނެއް ގާއިމުކުރެވޭނެ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ހއ، ހދ ށ، މި 3 އަތޮޅުގައި އުފެދޭ ކުނި އެސަރަހައްދުގައި ޤާއިމްކުރެވޭ ވޭސްޓް މެނޭޖްމެންޓް ޓްރާންސްފަރ ސްޓޭޝަނަށް ގެންދިއުމަކީ އަމާޒެއް ކަމުގައި ވިދާޅުވެ މިނިސްޓަރ ވިދާޅުވީ މިކަމާބެހޭ މަޝްރޫޢުގެ ބަޖެޓުވެސް މިދިޔަ ހަފުތާގައި ފާސް ކުރެވިފައިވާ ކަމަށެވެ.އަދި ރޭވިފައިވަނީ މިމަހުގެ ތެރޭގައި މިމަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހއ، ހދ، ށ ވޭސްޓް މެނޭޖްމެންޓް މަޝްރޫޢަކީ ދިވެހި ސަރުކާރާއި އޮފިޑް ގުޅިގެން ހިންގާ މަޝްރޫއެކެވެ.

މިނިސްޓަރ އައިމިނަތު ޝައުނާއެންވަޔަރަމެންޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2023

19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަން އެއްބަސްވުންތަކެއްގައި ސޮއި ކޮށްފި

19 ޑިސެމްބަރު 2023
19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަން އެއްބަސްވުންތަކެއްގައި ސޮއި ކޮށްފި
05 ނޮވެމްބަރު 2023

ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި

05 ނޮވެމްބަރު 2023
ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި
30 އޯގަސްޓު 2023

މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ

30 އޯގަސްޓު 2023
މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ
30 އޯގަސްޓު 2023

ދަ މޯލްޑިވްސް އޯޝަން ހެކަތޮންގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފަށައިފި

30 އޯގަސްޓު 2023
ދަ މޯލްޑިވްސް އޯޝަން ހެކަތޮންގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފަށައިފި
09 މެއި 2023

މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ

09 މެއި 2023
މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު