Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޭބެސީތަކުން ކުނި އުކާލުމުގެ ގަވާއިދު

ކުނި ބައިބަޔަށް ވަކިކުރުމާއި ގުޅޭ ހޭލުންތެރިކަމުގެ ކެމްޕެއިނެއް މާލޭގައި ފަށަނީ

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރަށްރަށުގެ ގޭބެސީތަކުން އުފައްދާ ކުނި ހުންނަންޖެހޭނީ ގަވާއިދާ އެއްގޮތަށް ބައިބަޔަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2022 | ހޮނިހިރު 00:06
ވެމްކޯއިން ކުނި އުކާލުމުގެ މަސައްކަތްކުރަނީ

ވެމްކޯއިން ކުނި އުކާލުމުގެ މަސައްކަތްކުރަނީ

މިއަހަރުގެ ޖޫން މަހުން ފެށިގެން މާލެ ސިޓީގައި ގޭބެސީތަކުން ކުނި އުކާލާއިރު ބައިބަޔަށް ވަކިކޮށްގެން ކުނިއުކާލަން ހަމަޖެހިފައިވާތީ އެކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕެއިނެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދަށް އެންމެފަހުން ގެނައި އިސްލާހުގައި ކުނި އުފައްދާ ތަންތަނުން ކުނި ބައިބަޔަށް ބެހުމުގެ މާއްދާއެއް ވަނީ ހިމަނާފައެވެ. މިއިސްލާހުގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރަށްރަށުގެ ގޭބެސީތަކުން އުފައްދާ ކުނި ހުންނަންޖެހޭނީ ގަވާއިދާ އެއްގޮތަށް ބައިބަޔަށެވެ. މާލެ ސިޓީގެ ގޭބެސީތަކުން ކުނި ބައިބައި ކޮށްފައި ބަހައްޓަންޖެހޭނީ މިއަހަރުގެ ޖޫން މަހުން ފެށިގެންނެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުނި ބައިބަޔަށް ބަހައިގެން ރަށްރަށުގައި ވަރަށް ރަނގަޅަށް އެކަން ކުރަމުންދާކަމަށެވެ. މާލޭގައި ގިނަ އެޕާޓްމަންޓްތަކެއްގައި ގިނަ ބަޔަކު ދިރިއުޅޭއިރު އެކަމަށް ދަތިތަކެއް ހުރިނަމަވެސް އެކަން ކުރެވޭނެކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއީ މިހާރުވެސް މާލޭގައި ގިނަ ގޭބެސީތަކުން ކުނި ނެރޭއިރު ޕްލާސްޓިކާއި ބަދީގޭގެ ކުންޏާއި އެނޫންކުނި ވަކިކޮށްފައިކަމަށް ހުންނާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފަށައިގަންނަ އިރު ދަތިތަކެއް ހުރިނަމެއް ނަމަވެސް މިކަން ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރެވެނީ އާންމު ރައްޔިތުން ހޭލުންތެރިކުރުވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ މިކަން ކުރަންޖެހޭކަމުގެ ވާހަކަތައް އެހާބޮޑަށް ނުދެކެވޭތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ކެމްޕެއިން ފަށާނެ ސީދާ ތާރީޚެއް މިނިސްޓަރ ވިދާޅެއްނުވެއެވެ.

ގަވާއިދުގައިވާ ގޮތުން މާލެ ސިޓީގެ ކުނި އުފައްދާ ތަންތަނުގެ ކުނި ބަހައްޓަންވާނީ 3 ބަޔަކަށް ބަހާފައެވެ.

އެ ތިން ބަޔަކީ:

ގަވާއިދުގައި ބުނެފައިވަނީ މިބައިގައި ނުހިމެނޭ ބާވަތެއްގެ ބޮޑެތި ކުނީގެ ގޮތުގައި ބެލެވޭ ފަރުނީޗަރު، ގޭތެރޭގައި ހިފައިގެންގުޅޭ ސާމާނު، ފުރިޖް، ޓީވީ، ދޮންނަމެޝިން، މިނޫންވެސް މިފަދަ ކުނި އެހެން އެއްވެސް ކުންޏަކާ އެކުވެގެންނުވާނެކަމަށެވެ.

އަދި މިގޮތަށް ކުނި ބައިބަޔަށް ބަހައިފައިނުވާނަމަ އެކުނި ބަލައިނުގަތުމުގެ އިޚުތިޔާރު ކުނި މެނޭޖްކުރުމުގެ ޚިދުމަތްދޭ ފަރާތަށް ލިބިގެންވާކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ. މިގޮތަށް އަމަލުނުކުރާ ކުނި އުފައްދާ ތަންތަން ޖޫރިމަނާކުރެވޭނެކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

އެންވަޔަރަމެންޓް މިނިސްޓްރީވެމްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު