Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރިސޯޓުތައް ކުއްޔަށް ދޫކުރުން

ރިސޯޓު ތަރައްގީކުރުމަށް 18 ރަށެއް ބިޑަށް ހުޅުވާލައިފި

31 އޮކްޓޯބަރު 2021 | އާދީއްތަ 14:31

ބިޑްކުރުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ 24ގެ ނިޔަލަށް ވަނީ ހުޅުވާލާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 31 އޮކްޓޯބަރު 2021 | އާދީއްތަ 14:31
ރާއްޖޭގެ ރަށްތަކެއް

ރާއްޖޭގެ ރަށްތަކެއް

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ 18 ރަށް ބިޑްކުރުމަށް ހުޅުވާލައިފިއެވެ.

ރިސޯޓުތައް ތަރައްގީކުރުމަށްޓަކައި ބިޑްކުރުމަށް ހުޅުވާލާފައިވާ ރަށްތަކަކީ ހއ. އަލިދުއްފަރުފިނޮޅު، ހއ. މެދުފުށި، ހދ. ކުޑަފަރުފަސްގަނޑު، ށ. ކުޑަޅައިމެންދޫ، ރ. އެއްތިގިލި، މ. ސީދީހުރާ (ސީދީހުރާ ވެލިގަނޑާއެކު)، މ. މާއުފުށި، ފ. އެނބުލުފުށި، ފ. ޖިންނަތުގައު، ތ. ކާއްޑޫ، ތ. އޮޅުފުށި (އޮޅުފުށިފިނޮޅާއެކު)، ލ. ކަށިދޫ، ލ. ބޮޑުމުންޔަފުށި، ލ. ދޮންބެރަހާ (ހޮޅުރަހާއާއެކު)، ގއ. މާރެހާ، ގއ. ފުނަދޫވިލިގިއްލާ، ގދ. ކަނޑަހަލަގަލާ، ގދ. ފެރޭތަވިލިގިއްލާއެވެ. ފެރޭތަވިލިގިއްލާއާއެކު ދެކަނބާ އަދި ކޮޑެރަޓާ ދިނުމަށް ވަނީ ހުޅުވާލާފައެވެ.

މި ރިސޯޓުތަކަށް ބިޑް ކުރުމަށް ހުޅުވާލައި ޓުއަރިޒަމް މިނިސްޓްރީން ބުނީ, މިއިން ކޮންމެ ރަށެއްވެސް ކުއްޔަށް ދޫކުރާނީ އެންމެ މަދުވެގެން 50 އަހަރަށް ކަމަށެވެ. ރިސޯޓު ތަރައްގީކުރުމަށް 36 މަހުގެ މުއްދަތެއް ދެވޭނެ ކަމަށާއި، އިތުރަށް ހިއްކަން ޖެހޭ ރަށްރަށަށް އިތުރު 18 މަސް ދެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓްރީން ވަނީ މި ރަށްތައް ދޫކުރާނެ އެންމެ ކުޑަ އަގު ކަނޑައަޅާފައެވެ. ބިޑަށް ހުށަހަޅާއިރު، މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ ކުޑަ ނުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން ބިޑް ހުށަހަޅާއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި އެމްއެމްއޭއިން ބަލައިގަންނަ ތަނަކުން ދޫކޮށްފައިވާ 50،000 ޑޮލަރުގެ ގެރެންޓީއެއް ހުށަހަޅަންޖެހޭނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ބިޑް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރަށް ކުއްޔަށް ދޭނީ އެންމެ މަތިން ބިޑް ހުށަހަޅާ ފަރާތަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެޕްލިކޭޝަން ފޯމެއް ފުރިހަމަކޮށްގެން މި ރަށްތަކަށް ބިޑް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ޓުއަރިޒަމް މިނިސްޓްރީން ބުނީ މި ރަށްތަކަށް ބިޑް ކުރުމުގެ ފުރުސަތު 31 އޮކްޓޯބަރުން ފެށިގެން 24 ފެބްރުއަރީ 2022ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މި 18 ރަށް ރިސޯޓުގެ ގޮތުގައި ތަރައްގީކުރެވުމުން ރާއްޖޭގެ ފަތުރުވެރިކަމަށް 4،710 އެނދު އިތުރުވެގެންދާނެ ކަމަށެވެ.

މިއަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓްރ އިބްރާހިމް އަމީރު ވަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ރިޒޯޓްތައް ހެދުމަށް އައު ރަށްތައް ދޫކުރަން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ. މީގެ އިތުރުން މިހާރު ކުރިއަށްދާ ދުބާއީ އެކްސްޕޯގައިވެސް ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތައް ދޫކުރުމަށް ހުޅުވާލާފައިވާކަން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

އުރީދޫގެ ހިއްސާ ގަނެވިއްކުމަށް ހުޅުވާލައިފި

09 އޯގަސްޓު 2017
 އުރީދޫގެ ހިއްސާ ގަނެވިއްކުމަށް ހުޅުވާލައިފި
06 އޯގަސްޓު 2017

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި
02 އޯގަސްޓު 2017

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރު ދެ ރަށެއްގައި ގާއިމްކޮށްފި

02 އޯގަސްޓު 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރު ދެ ރަށެއްގައި ގާއިމްކޮށްފި
01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
09 އެޕްރީލު 2017

ސައިރިކްސް ކޮލެޖުން އާ ޕްރޮގްރާމަކަށް ފުރުޞަޠު ހުޅުވާލައިފި

09 އެޕްރީލު 2017
ސައިރިކްސް ކޮލެޖުން އާ ޕްރޮގްރާމަކަށް ފުރުޞަޠު ހުޅުވާލައިފި
03 އެޕްރީލު 2017

ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

03 އެޕްރީލު 2017
ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
19 މާރިޗު 2017

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި
05 ޖެނުއަރީ 2017

ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި

05 ޖެނުއަރީ 2017
 ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް