Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ކޮވިޑްގެ ހަގީގަތް އެނގުމުގެ ފުރުސަތު ކުޑަ

31 އޮކްޓޯބަރު 2021 | އާދީއްތަ 01:47

ޗައިނާއިން ވަނީ އޯޑީއެންއައި ގެ ރިޕޯޓަށް ފާޑު ކިޔާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 31 އޮކްޓޯބަރު 2021 | އާދީއްތަ 01:47
ވުހާންގައި ކޮވިޑަށް ޓެސްޓު ކުރަމުން ދަނިކޮށް

ވުހާންގައި ކޮވިޑަށް ޓެސްޓު ކުރަމުން ދަނިކޮށް

ކޮވިޑްގެ ހަގީގަތް އެނގުމުގެ ފުރުސަތު ކުޑަ ކަމަށާއި، އެކަމަކު އެއީ ބަޔޮލޮޖިކަލް ހަތިޔާރެއްގެ ގޮތުގައި އުފެއްދި އެއްޗެއް ނޫން ކަމަށް އެމެރިކާގެ އޮފީސް އޮފް ދަ ޔޫއެސް ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް (އޯޑީއެންއައި)ން ބުނެފިއެވެ.

ވައިރަސް ފެތުރެންފެށި ގޮތުގެ ދިރާސާކުރި އޯޑީއެންއައި އިން ބުނީ ވައިރަސް ފެތުރެން ފެށީ ޖަނަވާރެއްގެ ގައިން އިންސާނުންގެ ގަޔަށް އަރައިގެން ނުވަތަ ލެބޯޓްރީއަކުން ލީކުވެގެން ކަމަށް ވެސް ވެދާނެ ކަމަށެވެ. އަދި ޗައިނާގެ ވޫހާން ސިޓީން ވައިރަސް ފެތުރެން ފެށުމުގެ ކުރިން ވައިރަހާ ގުޅޭ މައުލޫމާތެއް ޗައިނާއަށް ލިބިފައި ނުވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަމުރުފުޅަށް ކޮވިޑްގެ ހަގީގަތް ހޯދުމަށް ހިންގި މި ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ ޗައިނާއިން ކޮވިޑްގެ އަސްލު ހޯދުމަށް ތަހުގީގު ކުރުމަށް ޗައިނާއިން ހުރަސް އަޅަމުންދާ ކަމަށާއި، އެގޮތުން މައުލޫމާތު ހޯދުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

މި ރިޕޯޓުގައި އިތުރަށް ބުނީ ވައިރަސް އުފެދުނު ގޮތާ މެދު ތަހުގީގުކުރި ޓީމުގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުރި ކަމަށެވެ.

މި ރިޕޯޓަށް ޗައިނާއިން ވަނީ ފާޑުކިޔާފައެވެ. ޗައިނާއިން ބުނީ އެންމެ ފުރަތަމަ ފެނުނު ކޮވިޑްގެ ކޭސްތައް ގުޅިފައިވަނީ ވޫހާނުގައި ހުންނަ ސީފުޑް މާރުކޭޓާ ކަމަށެވެ. އެހެންކަމުން މިއީ ޖަނަވާރެއްގެ ގައިން އިންސާނުންގެ ގަޔަށް އެރި ވައިރަހެއް ކަމުގައި ބެލެވޭ ކަމަށް ޗައިނާއިން ބުންޏެވެ. އަދި އެމެރިކާއިން އުޅެނީ ސައިންސްވެރިންގެ ވާހަކަތަކަށް ބެލުމެއް ނެތި ސިޔާސީ ކުޅިގަނޑެއް ކުޅުމަށް ކަމަށް ޗައިނާއިން ބުންޏެވެ.

އެކަމަކު މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި މިއީ އެމެރިކާގެ ލެބޯޓްރީއަކުން ލީކުވި ވައިރަހެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެކަމުގެ ހެކިތައް ފެންނަން ހުރި ކަމަށް އެމެރިކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް