Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒެނީޝާއަށް ދައުވާކުރަން ފޮނުވުން

ޒެނީޝާއަށް ދައުވާކުރަން ފޮނުވުން: "ތަރުތީބުގައި އިސްފަސްވުމެއް ނެތް"

ޕީޖީ އެ މައްސަލައެއް ޝަރީއަތަށް ފޮނުވުމުން އެކަމުގައި ނިޔާ ކަނޑައަޅުއްވާނީ ފަނޑިޔާރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 އޮކްޓޯބަރު 2021 | ހޮނިހިރު 07:19
ކުރީގެ ބަންޑާރަނައިބް ޑރ. އަހުމަދު އަލީ ސަވާދު- ޑރ ސަވާދު ވިދާޅުވީ ދައުވާކުރަން ފޮނުވާ މައްސަލަތަކާމެދު އަމަލު ކުރަންޖެހޭ ތަރުތީބުގައި އިސްފަސްވުމެއް ނެތްކަމަށް

ކުރީގެ ބަންޑާރަނައިބް ޑރ. އަހުމަދު އަލީ ސަވާދު- ޑރ ސަވާދު ވިދާޅުވީ ދައުވާކުރަން ފޮނުވާ މައްސަލަތަކާމެދު އަމަލު ކުރަންޖެހޭ ތަރުތީބުގައި އިސްފަސްވުމެއް ނެތްކަމަށް

އެޗްއާރްސީއެމްގެ ޒިންމާ އަދާކޮށް ޝަރީޢަތަށް ހުށަހަޅަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ފޮނުވާ ކަންކަމުގައި ގޮތް ނިންމަންވާނީ ޕްރޮސެކިއުޓިންގ ގައިޑްލައިންސަށް ބަލާފައި ކަމަށާއި، އެކަމުގެ ތަރުތީބުގައި އިސްފަސްވުމެއް ނެތްކަމަށް ކުރީގެ ބަންޑާރަނައިބް ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ޒެނީޝާ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެޗްއާރްސީއެމްއިން ޕީޖީ އޮފީހަށް ފޮނުވުމާއެކު، އެކަމަށް ބައެއް ސިޔާސީ އިސް ފަރާތްތަކުންނާއި ދައުލަތުގެ އިސް ފަރާތްތަކުން ގެންދަނީ ފާޑު ކިޔަމުންނެވެ. އެކަމާ ގުޅޭގޮތުން ޑރ ސަވާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޖީއަށް ފޮނުވާ ކަންކަމުގައި ގޮތް ނިންމަންވާނީ ޕްރޮސެކިއުޓިންގ ގައިޑްލައިންސަށް ބެއްލެވުމަށްފަހު ކަމަށާއި، އެހިސާބުން ޕީޖީ އެ މައްސަލައެއް ޝަރީއަތަށް ފޮނުވުމުން އެކަމުގައި ނިޔާ ކަނޑައަޅުއްވާނީ ފަނޑިޔާރު ކަމަށެވެ.

ޑރ ސަވާދު ވިދާޅުވީ، ފަނޑިޔާރުން ގޯހެއް ހައްދަވައިފިނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް އެކަން ބަލާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އަދި މި ކަންކަން މިހެން ހިންގުމުގައި ތަރުތީބުގެ އިސްފަސްވުމެއް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، އެޗްއާރްސީއެމް، ޕީޖީ ނުވަތަ ފަނޑިޔާރު ގޯސް ހެއްދެވުމުން އެކަން ހަމަމަގަށް ގެންދަވަން ތިއްބެވި ފަރާތްތަކުން އެ މައްސަލައާއި ގުޅޭ 'ޒާތީ' ރައުޔު އާންމު ކުރެއްވުމުން މިނިވަން މުއައްސަސާތަކަށް އެ ފޯރުވެވެނީ ނާޖާއިޒް ނުފޫޒެއް ކަމަށެވެ. އަދި 'ޒާތީ' ރައުޔުތަކަށް މިނިވަން ކޮމިޝަންތައް ހިންގިގެން ނުވާނެކަމަށްވެސް ޑރ ސަވާދު ވިދާޅުވިއެވެ.

ޑރ ސަވާދު އެހެން ވިދާޅުވެފައިވާއިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 11 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލަކީ، އޭނާގެ މަޤާމުގެ ވާޖިބުތައް އަދާކުރުމުގައާއި އޭނާގެ ބާރުތައް ބޭނުންކުރުމުގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހެއް ކަމުގައި ވެގެންނުވާނެ ކަމަށެވެ. 9/2008ށް އިތުރު ކޮށްފައިވާ މި މާއްދާއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އިތުރުކޮށްފައިވާ މާއްދާއެކެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

އެއް މަސް ފާއިތުވީ، އެމްއެމްޕީއާރްސީ މައްސަލަ ދައުވާކުރަން ފޮނުވުމުގެ މަރުހަލާ ނުނިމޭ!

31 މެއި 2017
އެއް މަސް ފާއިތުވީ، އެމްއެމްޕީއާރްސީ މައްސަލަ ދައުވާކުރަން ފޮނުވުމުގެ މަރުހަލާ ނުނިމޭ!
01 މެއި 2017

ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވީވެސް، މައްސަލަ އަނބުރާ ފޮނުވާލީވެސް ސިޔާސި މަޤްސަދެއް ހާސިލްކުރުމަށް: ޔުމްނާ މައުމޫނު

01 މެއި 2017
ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވީވެސް، މައްސަލަ އަނބުރާ ފޮނުވާލީވެސް ސިޔާސި މަޤްސަދެއް ހާސިލްކުރުމަށް: ޔުމްނާ މައުމޫނު
21 އެޕްރީލު 2017

ފާރިސްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

21 އެޕްރީލު 2017
ފާރިސްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
04 އެޕްރީލު 2017

ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާކުރަން ފޮނުވައިފި

04 އެޕްރީލު 2017
ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާކުރަން ފޮނުވައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު