Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންގެ ހިޔާގައި ހިނގި ހާދިސާތައް

ހިޔާގެ ހާދިސާތަކާ ގުޅިގެން ދައުވާކުރަން ފޮނުވީ އަދުލުވެރިކަމާއެކު މައްސަލަ ބެލުމަށްފަހު: އެޗްއާރުސީއެމް

29 އޮކްޓޯބަރު 2021 | ހުކުރު 15:54

30 މީހެއްގެ މައްޗަށް ދައުވާ ކުރަން ވަނީ ފޮނުވާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 29 އޮކްޓޯބަރު 2021 | ހުކުރު 15:54
ކުޑަކުދިންގެ ހިޔާ

ކުޑަކުދިންގެ ހިޔާ

2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ހިނގި ހާދިސާތަކުގެ ތަހުގީގުގައި އެއްވެސް ފަރާތަކާމެދު ޒާތީވެފައި ނޯންނާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބުނެފިއެވެ.

އެޗްއާރުސީއެމުން މިފަދައިން ބުނީ އެކޮމިޝަނުން ތަހުގީގުކޮށް، ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައަކާ ގުޅޭގޮތުންނެވެ.

Advertisement - newsAdvertisement

އެޗްއާރުސީއެމުން ބުނީ 2017 ކުޑަކުދިންގެ ހިޔާގައި ހިނގި ހާދިސާތަކަކާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ބެލުމަށްފަހު އެޗްއާރުސީއެމްގެ ސަމާލުކަމަށް ގެނެސްފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލައަކީ ކުޑަކުދިންގެ ހިޔާގައި ބައިތިއްބާފައިވާ ކުޑަކުދިންތަކަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރގެ ފަރާތުން ހިންގި ހަރަކާތްތަކެއްގައި، އެމުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ބައެއް ކުޑަކުދިން ބިޑި އަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ.

އެ މައްސަލައިގައި ކުޑަކުދިންތަކަކާ ގުޅުންހުރި އަނިޔާގެ މައްސަލަ އެންޓި ޓޯޗަރ ގާނޫނުގެ ދަށުން ތަހުގީގުކޮށް، އެމައްސަލަތަކުގެ ލިޔުންތައް ހިއްސާކުރުމާއެކު، ދައުވާ ކުރުމާމެދު ވަކި ގޮތެއް ނިންމުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރު ހުށަހަޅާފައިވާކަމަށެވެ.

އެޗްއާރުސީއެމުން ބުނީއެންޓި ޓޯޗަރ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ)އިން, އަނިޔާކުރުމާއި ރަޙުމްކުޑަ އަމަލު ހިންގުމާއި، ލާއިންސާނީ އަމަލު ހިންގުމާއި، އިހާނެތި އަމަލު ހިންގުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އެކަންކަން ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމާއި، އެގާނޫނުގެ ދަށުން ކުށްކަމުގައި ކަނޑައަޅާފައިވާ އަމަލުތައް ހިނގިޔަ ނުދިނުމަށްޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވަނީ އެ ކޮމިޝަނުގެ މައްޗަށް ކަމަށެވެ. އަދި މިކަންކަން ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ބާރުވެސް އެ ގާނޫނުގެ ދަށުން އެކޮމިޝަނަށް ލިބިދޭކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އެންޓި ޓޯޗަރ ގާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ ދަށުން އެކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައާއި، ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރުމުގައި، އެއްވެސް ފަރާތަކާމެދު ޒާތީ ތައައްސުބެއް ނޯންނާނެކަމުގެ ޔަގީންކަން އެކޮމިޝަނުން ވަނީ ދީފައެވެ. އަދި މައްސަލަތަކުގައި ގޮތް ނިންމަނީ ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ބުރަވެ، އިންސާފުވެރިކަމާއި، އަދުލުވެރިކަމާއި، ނަޒާހާތްތެރިކަމާއެކުގައި ކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ.

ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން ކުރީގެ ޖެންޑަރ މިނިސްޓަރ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެޗްއާރްސީއެމްއިން ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް (ސަރުކާރުގެ އިސް ވެރިން ހިމެނޭހެން) ގިނަ ބަޔަކު ގެންދަނީ ގޮވާލަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް