Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮޕް26 ކޮންފަރެންސް

ކޮޕް26 ގައި ރަނގަޅު އެއްބަސްވުމަކާ ހިސާބަށް އާދެވޭނެ ކަމަށް ރައީސް ލަފާކުރައްވައިފި

29 އޮކްޓޯބަރު 2021 | ހުކުރު 05:59

ރަނގަޅު އެއްބަސްވުމަކާ ހިސާބަށް އަންނަން ވަރަށް ގިނަ މަސައްކަތްތަކެއް އެކި ގޮތްގޮތަށް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 އޮކްޓޯބަރު 2021 | ހުކުރު 05:59
ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ކޮޕް 26ގައި ރަނގަޅު އެއްބަސްވުމަކާ ހިސާބަށް އާދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ލަފާކުރައްވައިފިއެވެ.

ކޮޕް26 ސަމިޓަށް ފުރާވަޑައިގަތުމުގެ ކުރިން ދުބާއީގައި ހުންނަވައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުގައި ރައީސް ވިދާޅުވީ ރާއްޖެފަދަ ކުދި ޤައުމުތަކުން އަބަދުވެސް ވަކާލާތުކުރަމުން އަންނަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައަށް ކަމަށެވެ. އަދި ޖައްވު ހޫނުވުމުގެ ސަބަބުން އަދި އިންސާނުން ކުރާ ކަންކަމުން ދުނިޔެއަށް އަންނަ ބަދަލުތަކުގެ ސަބަބުން މޫސުމަށް މި އަންނަ ބަދަލުތަކާއެކީގައި ހޫނުވެ ތަފާތު އެތައްކަމެއް އިހުސާސް ކުރެވެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އުއްމީދަކީ ކުރާ މަސައްކަތުގައި ރަނގަޅު އެއްބަސްވުމަކާ ހިސާބަށް ކޮޕް 26ގައި އާދެވުން ކަމަށާއި، އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އެކި ގޮތްގޮތަށް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަޤްޞަދާ ހަމައަށް ހާސިލްވުމުގެ ފުރުޞަތު މިފަހަރު ވަރަށް ބޮޑު ކަމަށް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ކޮޕް26ން ރަނގަޅު ނަތީޖާއެއް ނެރުމަކީ އިންސާނުންގެ ދިރިތިބުމާ ގުޅިފައިވާ ކަމެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެސް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ޝާހިދު މިފަދައިން ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ޖަޕާނުގެ ނިކެއި ނޫހަށް ދެއްވި އިންޓަރވިއުއެއްގައެވެ. މި އިންޓަރވިއުގައި ޝާހިދު ވިދާޅުވީ މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުން، ކޮޕް26ން ރަނގަޅު ނަތީޖާއެއް ހޯދުމަކީ އިންސާނުންގެ ދިރިތިބުމާ ގުޅިފައިވާ ކަމެއް ކަމަށެވެ.

ވަކިން ޚާއްސަކޮށް ރާއްޖެ ފަދަ ކުޑަ ގައުމަކަށް މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ބޮޑުކަމަށާއި، މިހާރުވެސް މިކަމުގެ ސަބަބުން އެކި ކަންކަމާ ކުރިމަތިލާންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މި ކޮންފަރެންސުން ނިންމާ ނިންމުންތަކަކީ ބައެއްގެ ފުރާނައާ ގުޅިފައިވާ ނިންމުންތަކަކަށް ވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ތިމާވެށީގެ ސަމިޓް ކޮޕް26 ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ. މިއަހަރުގެ ކޮޕް ސަމިޓުގައި 100ށްވުރެ ގިނަ ޤައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ސަމިޓު ބާއްވަނީ ސްކޮޓްލޭންޑްގެ ގްލާސްގޯވގައެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް