Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮޕް 26 ސަމިޓް

ކޮޕް26: ރަޝިޔާއިން ބޭނުންވަނީ ޖަންގަލިތަކާއި ނިޔުކްލިއަރ އަދި ހައިޑްރޯ ޕްލާންޓްތައް ގްރީން އެނަރޖީގެ ގޮތުގައި ބަލައިގަތުމަށް

މިސަމިޓަށް ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ވަޑައެއްނުގަންނަވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އޮކްޓޯބަރު 2021 | ހުކުރު 02:28
ރަޝިޔާގެ އެންވަޔަރަންމަންޓް މިނިސްޓަރ އަލެކްސެންޑަރ ކޮޒްލޮވް

ރަޝިޔާގެ އެންވަޔަރަންމަންޓް މިނިސްޓަރ އަލެކްސެންޑަރ ކޮޒްލޮވް

ކުރިޔަށް އޮތް ކޮޕް26 ސަމިޓްގައި ރަޝިޔާއިން ބޭނުންވަނީ އެ ގައުމުގެ ޖަންގަލިތަކާއި ނިޔުކުލިއަރ ޕްލާންޓްތައް އަދި ހައިޑްރޯ އިލެކްޓްރިކް ޕަވަރ އަކީ ގްރީން ޕްރޮޖެކްޓްގެ ގޮތުގައި ދުނިޔެއިން ބަލައިގަތުމަށް ކަމަށް އެގައުމުގެ އެންވަޔަރަންމަންޓް މިނިސްޓަރ އަލެކްސެންޑަރ ކޮޒްލޮވް ވިދާޅުވެއްޖެއެވެ.

އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު ކޮޕް26 ސަމިޓް ސްކޮޓްލެންޑްގެ ގްލާސްގޯވ ގައި ފެށިގެންދާއިރު 2015 ވަނަ އަހަރު ގައުމުތަކުން ސޮއިކޮށްފައިވާ ޕެރިސް އެގްރިމެންޓްގައިވާ ކަންކަމާ ހަމައަށް ވާސިލުވުމަށް މުހިންމު ނިންމުންތަކެއް ނިންމާނެކަމަށް ބެލެވެއެވެ. އޮކްޓޯބަރ މަހުގެ 31ން ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިޔަށްދާ މިސަމިޓަށް ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ވަޑައެއްނުގަންނަވާނެއެވެ. ސަމިޓްގައި ޕުޓިން ބައިވެރިވެވަޑައިގަންނަވާނީ ވަރޗުއަލްކޮށެވެ.

މުޅި ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ އަދަދަކަށް ވިހަ ގޭސް ޖައްވަށް ދޫކުރާ ރަޝިޔާއިން ކޮޕް26 ސަމިޓްގައި ބައިވެރިވާ ޓީމުގައި އިސްކޮށް ހުންނަވާނީ އެގައުމުގެ އެންވަޔަރަންމަންޓް މިނިސްޓަރެވެ. ކޮޒްލޮވް ވިދާޅުވީ ސަމިޓްގައި ރަޝިޔާއިން ޕެރިސް އެގްރިމެންޓްގެ އަރޓިކަލް 6 ގައިވާ ކަންތައްތައް ތަންފީޒުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަދައްކާނެއެވެ.

ޕެރިސް އެގްރިމެންޓްގެ އަރޓިކަލް 6 އަކީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ބިނާކޮށްފައިވާ އަރޓިކަލްއެކެވެ. އެއަރޓިކަލް އަކީ މައިގަނޑު ގޮތެއްގައި ޖައްވަށްދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުނުވެވޭ ގައުމުތަކަށް އެނޫން ގޮތްތައް ބޭނުންކޮށްގެން އެލަނޑުދަނޑި ހާސިލުކުރެވޭނެ ގޮތަކަށް ބައްޓަންކޮށްފައިވާ އަރޓިކަލްއެކެވެ. އެގޮތުން ކޮންމެ އަހަރަކު ގައުމުތަކުން ހުށަހަޅާ ނޭޝަނަލް ކްލައިމެޓް ޕްލޭން ނުވަތަ އެގައުމަކުން ލަނޑުދަނޑި ހާސިލުކުރުމަށް ކުރާނެކަންކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ޕްލޭން ގައިވާ ގޮތަށް އެކަން ނުވެއްޖެނަމަ އެ ޓާގެޓް ހާސިލުވެފައިވާ އެހެން ގައުމަކަށް އިޔާދަކުރަނިވި ހަކަތަ އުފެއްދުންފަދަ މަޝްރޫއަކަށް ފަންޑުކޮށްގެން އެ ޓާގެޓަށް ވާސިލުވެވޭނެކަމަށް މިއަރޓިކަލްގައި ބުނެއެވެ. އެކަމުގެ ސަބަބުން ދެގައުމަށް ވެސް އަދި ދުނިޔެއިން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް ކުރަމުންދާ މަސައްކަތަށް ވެސް ފައިދާކުރެއެވެ. ނަމަވެސް އެކަން ކުރާ ގައުމަކަށް ޖައްވަށް ވިހަ ގޭސް ދޫކުރުމުގެ ފުރުސަތު މިއާއެކު ލިބިގެންދެއެވެ. އެހެންކަމުން މިއަރޓިކަލް އާ ގުޅޭގޮތުން ގައުމުތަކަށް އަދި އެކައްޗެއް ކިޔޭ ގޮތެއްނުވެއެވެ.

އަރޓިކަލް 6 ގެ ދަށުން އދ.ން ކާބަން ކްރެޑިޓްސްގެ ވިޔަފާރި ކުރާ ގޮތާ ގުޅޭގޮތުން އޮނިގަނޑެއް އެކުލަވާލަންޖެހެއެވެ.

ކޮޒްލޮވް ވިދާޅުވީ ރަޝިޔާގެ މައިގަނޑު މަޤްޞަދަކީ ބައިނަލްއަގްވާމީ މުޖުތަމަޢުން ރަޝިޔާގެ ސަރުކާރާއި ވިޔަފާރިތަކުން ހިންގާ މިފަދަ މަޝްރޫޢުތަކަކީ ގްރީން ޕްރޮޖެކްޓްސްތަކުގެ ގޮތުގައި ބަލައިގަތުންކަމަށެވެ.

ރަޝިޔާއިން އުފައްދާ ކަރަންޓުގެ 40 އިންސައްތަ އުފައްދަނީ ނިޔުކްލިއަރ އަދި ހައިޑްރޯ ޕަވަރ އިންނެވެ. އަނެއްކޮޅުން ރަޝިޔާގެ ސަރަހައްދުގެ 50 އިންސައްތައަކީ ޖަންގައްޔެވެ. ރަޝިޔާއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑަށް ޖަންގަލި ހިއްސާކުރާ ގައުމެވެ.

ރަޝިޔާއިން ބުނާގޮތުގައި ނިޔުކުލިއަރ އަދި ހައިޑްރޯ ޕަވަރ އަކީ ގްރީން އެނަރޖީގެ ގޮތުގައި ބަލައިގަންނަންޖެހެއެވެ. ރަޝިޔާއިން މަސައްކަތްކުރަމުން އަންނަނީ 2060 ވަނަ އަހަރު އަންނަންވާއިރަށް ކާބަން ނިޔުޓްރަލް ގައުމަކަށް ހެދުމަށެވެ.

ރަޝިޔާގައި ބޯޓު ދެލި އެންމެ މުއްސަނދި ހިސާބުކަމުގައިވާ ސަޚްލިން އައިލެންޑުން އަންނަނީ 2025 ވަނަ އަހަރު އަންނަންވާއިރަށް ކާބަން ނިޔުޓްރަލް ތަނަކަށް ހެދުމަށް މަސައްކަތްކުރަމުންނެވެ. މިއީ މުޅި ރަޝިޔާ ކާބަން ނިޔުޓްރަލް ވުމަށް ކުރަމުންދާ މަސައްކަތުގެ ޓްރެއަލްއެކެވެ.

ކޮޒްލޮވް ވިދާޅުވީ ރަޝިޔާގެ ޖަންގަލިތަކުން އަހަރަކު 600 މިލިއަން ޓަނުގެ ކާބަންއޮކްސައިޑް އޮބްޒަރބް ކުރާނެއެވެ. ނަމަވެސް އަލިފާން ރޯވުމުގެ ހާދިސާތަކާއެކު ޖަންގަލިތަކުން ބޮޑު ބަޔެއް ގެއްލިފައިވާކަމަށާއި އެހެންކަމުން އެކަމުން އަރައިގަތުމަށް 200 މިލިއަން ޑޮލަރު ޚަރަދުކުރާނެކަމަށެވެ.

ރަޝިޔާއިން މިހާރު އަހަރަކު 1.6 ބިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުކުރެއެވެ. މޮސްކޯއިން މިހާރު އަންނަނީ ފަސްގަނޑަށް މިގޭސް ޕަމްޕް ކުރެވޭނެ ގޮތުގެ ދިރާސާތައް ކުރަމުންނެވެ. ކޮޒްލޮވް ވިދާޅުވީ 100 އަހަރަށް ރައްކާތެރިކަމާއެކު ގޭސް ރައްކާކުރެވޭ ސްޓޯރޭޖެއް ހެދުމަށް ދިރާސާތައް ކުރަމުން އަންނަކަމަށެވެ.

އިތުރަށް ކިޔާލަން

16 ޖުލައި 2020

ރަޝިޔާއިން ކޮވިޑް-19ގެ ވެކްސިންގެ 200 މިލިއަން ޑޯޒް އުފައްދަނީ

16 ޖުލައި 2020
ރަޝިޔާއިން ކޮވިޑް-19ގެ ވެކްސިންގެ 200 މިލިއަން ޑޯޒް އުފައްދަނީ
01 މެއި 2020

ރަޝިޔާއިން ހުކުރު ދުވަހު އެކަނި ރިޕޯޓުކުރެވުނު ކޭސްތަކުގެ އަދަދު 8000 އާއި ގާތްކުރޭ

01 މެއި 2020
ރަޝިޔާއިން ހުކުރު ދުވަހު އެކަނި ރިޕޯޓުކުރެވުނު ކޭސްތަކުގެ އަދަދު 8000 އާއި ގާތްކުރޭ
26 އޮކްޓޯބަރު 2019

ޝިކާގޯގައި ޓީޗަރުން ކުރަމުންދާ މުޒާހަރާތައް: ބޭނުންވަނީ ކުދިންނަށް ނަފްސާނީ ފަރުވާ

26 އޮކްޓޯބަރު 2019
ޝިކާގޯގައި ޓީޗަރުން ކުރަމުންދާ މުޒާހަރާތައް: ބޭނުންވަނީ ކުދިންނަށް ނަފްސާނީ ފަރުވާ
03 ސެޕްޓެމްބަރު 2019

އަވަސް އިންތިހާބެއް ބޭއްވުމަށްވުރެ ބޭނުންވަނީ ބްރެކްސިޓްގެ ކަންކަން އަވަސްކުރަން: ބޮރިސް ޖޮންސަން

03 ސެޕްޓެމްބަރު 2019
އަވަސް އިންތިހާބެއް ބޭއްވުމަށްވުރެ ބޭނުންވަނީ ބްރެކްސިޓްގެ ކަންކަން އަވަސްކުރަން: ބޮރިސް ޖޮންސަން
28 އޯގަސްޓު 2018

ފިނި ހަނގުރާމައިގެ ފަހުން ބާއްވާ އެންމެ ވަރުގަދަ އަސްކަރީ ތަމްރީނުތައް ރަޝިޔާއިން ބާއްވަނީ

28 އޯގަސްޓު 2018
ފިނި ހަނގުރާމައިގެ ފަހުން ބާއްވާ އެންމެ ވަރުގަދަ އަސްކަރީ ތަމްރީނުތައް ރަޝިޔާއިން ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު