Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދަށް ދިން ޙަމަލާ

ބޮމުގެ ޙަމަލާ: ވަކީލަކު އައްޔަނު ކުރެވެންދެން، ތަސްލީމާ އަލިމަނިކު 5 ދުވަހަށް ބަންދު

މުޙައްމަދު ތަސްލީމް ހައްޔަރުކުރީ އައްޑޫ ސިޓީން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 07:36
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

6 މޭ 2021 ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ. މި މައްސަލައިގައި ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމަކީ އެ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބާއްވާފައިވާ އަޑުއެހުމެކެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ދެމީހުންގެ މައްޗަށް ޖުމުލަ ގޮތެއްގައިވެސް ފާހަގަ ކުރެވެނީ އެއް ކަންތައްތަކެއް ކަމަށެވެ. އެގޮތުން މި ދެމީހުންގެ މައްޗަށްވެސް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އުފުލާފައިވާއިރު، ބަންދަށް ލުއިދީފިނަމަ ހެއްކަށް ނުފޫޒު ފޯރުވައި، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި ދައުލަތުން ވަނީ ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ ހެކި ޤަރީނާ ހުރި ކަމަށް ބަޔާންކޮށްފައެވެ. ދައުލަތުން ވަނީ އެ ދެމީހުންވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދިފައެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަމުން އަބްދުﷲ އަލިމަނިކު ބުނީ، ހަރުކަށި ފިކުރުގެ ތުހުމަތުގައި 18 މެއިގައި ހައްޔަރުކޮށް، އޭގެ 3 މަސް ފަހުން ބޮން ގޮއްވާލި މައްސަލައިގެ ތުހުމަތުކޮށްފައިވީ ނަމަވެސް އޭގެ ފަހުން ދައުވާ އުފުލީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ތުހުމަތުގައި ކަމަށެވެ. އުމުރުން ދުވަސްވެފައިވާއިރު، ގޮޅީގައި އޮންނައިރު ސިއްޙީ ގޮތުން ކުރިމަތިވާ މައްސަލަތައްވެސް ހުރިކަން އޭނާ ފާހަގަ ކުރިއެވެ.

އަބްދުﷲ އަލީމަނިކު ބުނީ، އޭނާއަކީވެސް ދިވެހި ރައްޔިތެއް ކަމަށާއި، ބައިވަރު ޒިންމާތަކެއް އެބަހުރި ކަމަށެވެ. އަދި ދައުލަތުން އެދޭ ގޮތަށް ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ރައްޔިތެއްގެ ހައިސިއްޔަތުން ލިބޭ ބޭއިންސާފެއްކަން އޭނާ ވަނީ ސިފަކޮށްފައެވެ. އަބްދުﷲ އަލީމަނިކު ވަނީ ޝަރުތުތަކާއެކު ނަމަވެސް ދޫކޮށްލުމަށް އެދިފައެވެ.

އޭގެ އިތުރުން، ވަކީލަކާއެކު ކުރިއަށްދާން ބޭނުންވާކަން އޭނާ ފާހަގަކުރިއެވެ. އެކަމާ ގުޅޭގޮތުން ދައުލަތުން ބުނީ، އަބްދުﷲ އަލިމަނިކުގެ ބޭސްފަރުވާގެ ކަންކަމަށް ބަލާއިރު، އޭނާ ޑޮކްޓަރަށް ދެއްކި ކަމުގެ ލިއެކިއުންތައް އެބަހުރި ކަމަށެވެ. ވުމާއެކު އެކަށީގެންވާ ފަރުވާ ފޯރުކޮށްދެވިފައިވާކަން އެނގޭކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މުޙައްމަދު ތަސްލީމުގެ ބަންދާއި ގުޅިގެން ތަސްލީމް ބުނީ މިއީ ބޮޑު މައްސަލައަކަށްވާތީ ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކުކަން ފާހަގަކޮށްފައެވެ. ނަމަވެސް ގާޒީ ވަނީ ބަންދުގެ ބައި އޮންނަ އުސޫލުގެ މަތިން ކުރިއަށް ގެންދަވާނެކަން ފާހަގަ ކުރައްވައި، ވަކީލަކު އައްޔަނު ކުރެއްވުމަށްފަހު އެކަން އެންގުމަށް ދަންނަވާފައެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ދައުލަތުން ކުރިން އެދުނު ނަމަވެސް، ދައުލަތުންވެސް ވަނީ އެ ދެ މީހުން ވަކީލަކު ބޭނުންވާކަން ފާހަގަކޮށްފައިވާތީ މިވަގުތަށް ވަކި މުއްދަތަކަށް ބަންދު ކުރުމަށް އެދިފައެވެ.

ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އަބްދުﷲ އަލީ މަނިކު އަދި މުޙައްމަދު ތަސްލީމް ވަކީލަކު ބޭނުންވާކަން ފާހަގަކޮށްފައިވާތީ އެ ދެމީހުންނަށް އެ ފުރުސަތު ދެއްވާނެ ކަމަށެވެ. ނަމަވެސް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި، ވަކީލަކު އައްޔަނު ކުރެވެންދެންވެސް 5 ދުވަހުގެ މުއްދަތަށް ރިމާންޑު ޖަލެއްގައި ބެހެއްޓުމަށް އަމުރު ކުރައްވާފައެވެ.

ޙަމަލާއާ ގުޅޭ މައުލޫމާތު އާންމު ކުރަމުން މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި ހއ. ހޯރަފުށީ، އަލަނާސިގޭ މުޙައްމަދު ތަސްލީމް ހައްޔަރުކުރީ އައްޑޫ ސިޓީންނެވެ.

މިހާތަނަށް ބެލި ބެލުމުން އޭނާއަކީ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާއަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ޖެހޭކަމަށް ބުނެ އެ ޝުއޫރު ފާޅު ކޮށްފައިވާ މީހެއްކަން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، އަލިމަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހިންގި ތަޅާފޮޅުމުގައި ބައިވެރިވި މައްސަލާގައި 10 އަހަރަށް ޖަލަށްލާފައިވާ މީހެކެވެ. ޖަލުގައި ހުއްޓާ އޭނާ ފިލައިގެން ގޮސް އުޅެނިކޮށް ވެސް ހައްުޔަރުކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖެނެރަލް ދީދީީގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް!

ޖެނެރަލް ދީދީީގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް!

20 ޖުލައި 2017
ޖޭއެސްސީގެ ރައީސްކަމަށް ފަނޑިޔާރު އަރީފް އައްޔަނުކޮށްފި

ޖޭއެސްސީގެ ރައީސްކަމަށް ފަނޑިޔާރު އަރީފް އައްޔަނުކޮށްފި

10 ޖުލައި 2017
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އަޅާކަމަށް ބުނެ ޤާނޫނީ ވަކީލަކު ހައްޔަރުކޮށްފި

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އަޅާކަމަށް ބުނެ ޤާނޫނީ ވަކީލަކު ހައްޔަރުކޮށްފި

14 މެއި 2017
މުހުސިންއަށް ޙަމަލާއެއް ދޭން އުޅޭ މައްސަލަ ފުލުހުންނަށާއި އެޗްއާރުސީއެމްއަށް!

މުހުސިންއަށް ޙަމަލާއެއް ދޭން އުޅޭ މައްސަލަ ފުލުހުންނަށާއި އެޗްއާރުސީއެމްއަށް!

04 މެއި 2017
ހައްޔަރުކުރީ މާލޭގެ ފަސް ތަނަކަށް ބޮމުގެ ހަމަލާ ދޭން އުޅުނު ބަޔަކު!

ހައްޔަރުކުރީ މާލޭގެ ފަސް ތަނަކަށް ބޮމުގެ ހަމަލާ ދޭން އުޅުނު ބަޔަކު!

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު