Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑެޕިއުޓީ މޭޔަރ ނަރީޝް

ނަރީޝް ވިލިމާލެ ކައުންސިލަރު ނަހުލާއަށް "ކުއްތާ" އަށް ގޮވިކަމުގެ ތުހުމަތު

28 އޮކްޓޯބަރު 2021 | ބުރާސްފަތި 07:32

އިތުބާރު ހުރި ފަރާތަކުން ވަނީ އެކަން ކަށަވަރު ކޮށްދީފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 07:32
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ނަރީޝް ވިލިމާލެ ކައުންސިލަރު ނަހުލާއަށް "ކުއްތާ" އަށް ގޮވިކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފިއެވެ.

ކައުންސިލުން ރާއްޖެއެމްވީއަށް މައުލޫމާތު ދިން އިތުބާރު ހުރި ފަރާތަކުން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. އެގޮތުން ނަހުލާއާމެދު ނުރުހުންވެ ނަރީޝް އެ މޭރުމުން ނަހުލާއާ ވާހަކަ ދައްކަވާފައިވަނީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިންނެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުނާ ގޮތުގައި ނަރީޝް ވަނީ ކައުންސިލް ތެރޭގައި ނަހުލާއަށް "ކުއްތާ" އަށް ގޮވައި، ބޭއަދަބީ ބަހުން ވާހަކަ ދައްކަވައި، ނުރުހުން ފާޅު ކުރައްވާފައެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، މި ތުހުމަތުތައް ނަރީޝް ވަނީ ދޮގު ކުރައްވާފައެވެ. ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ، އެފަދަ ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށާއި، އެއްވެސް ކައުންސިލަރަކު އެފަދަ އެއްޗެއް ވިދާޅުވިކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ނަހުލާއާ ސުވާލުކޮށްލުމުން ނަހުލާ ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގު ކުރައްވާފައެއްވެސް ނުވެއެވެ.

ވިލިމާލޭގެ ސިނަމާލެ-4 ފެލްޓްގައި ދިރިއުޅޭ މީހުންނަށް ފްލެޓް އަމިއްލަ ކުރެވޭނެ އެއްވެސް ގޮތެއް އެއްވެސް ފަރާތަކުން ހަދައިދީފައިނުވާ ކަމަށާއި، ފްލެޓް އަމިއްލަ ވާނެ ގޮތެއް ކަނޑައެޅިފައި ނެތްކަމަށް ވިދާޅުވެ، ނަހުލާ ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެން ކައުންސިލް ތެރޭގައި ވަނީ ދެބަސްވުންތައް އުފެދިފައެވެ. އެގޮތުން ވިލިމާލޭގެ ރައްޔިތުންގެ ހައްގުގައި ކައުންސިލަރުގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި ނަހުލާ ވެސް ވަނީ މިއަދާ ހަމައަށް މަސައްކަތްތައް ކުރުމުގައި މޭޔަރު މުއިއްޒުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސްއެޅި، ގިނަ ގޮންޖެހުންތައް ކުރިމަތިވާކަން ފާހަގަ ކުރައްވާފައެވެ.

ނަހުލާ މީގެ ކުރިން ވަނީ ރާއްޖެއެމްވީއަށް ވެސް އެވާހަކަތައްހިއްސާ ކުރައްވާފައެވެ.

އަދި އެއްވެސް މަސައްކަތެއްގައި މާލޭގެ މޭޔަރުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ނަހުލާ ވިދާޅުވިއެވެ. އެ ވާހަކަތަކާއި ގުޅިގެން މުއިއްޒުގެ އިތުރުން، ނަރީޝްގެ ނުރުހުން ނަހުލާއަށް އަމާޒުވެފައިވާކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ފަރާތުން ބުނެއެވެ.

ޒާތީ މަސްލަހަތު އިސްކޮށް ކުރަމުންދާ މަސައްކަތްތަކުން މިއަދު ދެރަނިކަމެތިކަން ލިބެމުންދަނީ ވިލިމާލޭގެ ރައްޔިތުންނަށްކަން ނަހުލާ ފާހަގަކުރައްވާފައިވެއެވެ. ރައްޔިތުން އެދޭ ފަދަ މަސައްކަތްތަކެއްކޮށް، މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މިއަދު ހުރިހާ ކަމަކަށް ހުރަސްއެޅިގެންދާކަމަށް ނަހުލާ ވިދާޅުވެއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2017

ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ޤާނޫނާ ޚިލާފް ޢަމަލެއް: އެމްޑީޕީ

30 ސެޕްޓެމްބަރު 2017
ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ޤާނޫނާ ޚިލާފް ޢަމަލެއް: އެމްޑީޕީ
16 ސެޕްޓެމްބަރު 2017

ކަމަދޫ ކައުންސިލަރު ސާޖިދު މަގާމުގެ ހުވާ ކުރައްވައިފި

16 ސެޕްޓެމްބަރު 2017
ކަމަދޫ ކައުންސިލަރު ސާޖިދު މަގާމުގެ ހުވާ ކުރައްވައިފި
05 ޖޫން 2017

ކައުންސިލަރުންނަށް ރައީސް މައުމޫނުގެ ނަސޭހަތް: "ވަރުގަދަ އަޒުމާއެކު ތަރައްގީއާއިގެން ކުރިއަށް ވަޑައިގަތުން އެދެން"

05 ޖޫން 2017
ކައުންސިލަރުންނަށް ރައީސް މައުމޫނުގެ ނަސޭހަތް: "ވަރުގަދަ އަޒުމާއެކު ތަރައްގީއާއިގެން ކުރިއަށް ވަޑައިގަތުން އެދެން"
02 ޖޫން 2017

އަލަށް އިންތިހާބްވި ކައުންސިލަރުން ހުވާކުރުން މާދަމާ ރޭ

02 ޖޫން 2017
އަލަށް އިންތިހާބްވި ކައުންސިލަރުން ހުވާކުރުން މާދަމާ ރޭ
16 މެއި 2017

ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ސަރުކާރަށް ދޫ ނުދިނުމަށް ސިޓީ ކައުންސިލަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި

16 މެއި 2017
ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ސަރުކާރަށް ދޫ ނުދިނުމަށް ސިޓީ ކައުންސިލަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
13 މެއި 2017

އެމްޑީޕީ ކައުންސިލަރުން ވެސް ލަހެއް ނުވެ ސަރުކާރާ ގުޅޭނެ: ނިހާން

13 މެއި 2017
އެމްޑީޕީ ކައުންސިލަރުން ވެސް ލަހެއް ނުވެ ސަރުކާރާ ގުޅޭނެ: ނިހާން
09 މެއި 2017

ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި

09 މެއި 2017
ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް