Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެޒިލްގެ ރައީސް ބޮލްސޮނާރޯ

ބޮލްސޮނާރޯގެ މައްޗަށް ދައުވާކުރަން ފެންނަކަމަށް ސެނެޓުގެ ތަހުގީގު ކޮމިޓީން ވެސް ނިންމައިފި

27 އޮކްޓޯބަރު 2021 | ބުދަ 08:21

ބޮލްސޮނާރޯގެ އިތުރުން، 10 މީހަކަށް ދައުވާ ކުރަންޖެހޭކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އޮކްޓޯބަރު 2021 | ބުދަ 08:21
ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ-  ބޮލްސޮނާރޯވަނީ އެކި ފަހަރުމަތިން ކޮވިޑަކީ ސީރިއަސް އެއްޗެއް ނޫންކަމަށް ދޭހަވާ ބީދައިން ވާހަކަ ދައްކަވާފައި

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ- ބޮލްސޮނާރޯވަނީ އެކި ފަހަރުމަތިން ކޮވިޑަކީ ސީރިއަސް އެއްޗެއް ނޫންކަމަށް ދޭހަވާ ބީދައިން ވާހަކަ ދައްކަވާފައި

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯގެ މައްޗަށް ދައުވާކުރަން ފެންނަކަމަށް އެ ޤައުމުގެ ސެނެޓުން ވެސް ނިންމައިފިއެވެ.

ބްރެޒިލްގެ ސެނެޓުގެ އިންވެސްޓިގޭޝަން ކޮމިޓީން އަންގާރަ ދުވަހު ވަނީ ރައީސް ބޮލްސޮނާރޯގެ މައްޗަށް ދައުވާ ކުރަންޖެހޭކަމަށް ބަޔާންކޮށް އެކުލަވާލާފައިވާ ރިޕޯޓެއް ފާސްކޮށްފައެވެ. އެގޮތުން މި ރިޕޯޓުގައި ވަނީ ބޮލްސޮނާރޯގެ މައްޗަށް ތުހުމަތު ކުރެވޭ 9 މައްސަލައެއްގައި ދައުވާކުރަން ފެންނަކަމަށް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ބޮލްސޮނާރޯ އަމަލުކުރެއްވިގޮތާ ގުޅޭ މައްސަލަތަކާއި، އިންސާނިއްޔަތުކަމާ ޚިލާފަށް ނިންމެވުންތައް ނިންމަވާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ވެސް ހިމެނެއެވެ.

1300ށް ވުރެ ގިނަ ސޮފްޙާގެ މައްޗަށް އެކުލެވޭ މި ރިޕޯޓު ތައްޔާރުކުރުމަށް 6 މަހުގެ މުއްދަތެއް ހޭދަވެފައިވާކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވެއެވެ.

ބޮލްސޮނާރޯގެ އިތުރުން، 10 މީހަކަށް ދައުވާ ކުރަންޖެހޭކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮލްސޮނާރޯގެ ދަރިކަލުން ސެންލާވިއޯ ބޮލްސޮނާރޯ ވިދާޅުވީ، އެ ރިޕޯޓަކީ ޤާނޫނީ ގޮތުން ބަލިކަށި، އަދި ސިޔާސީ މަޤްޞަދެއްގައި އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށެވެ. އަދި މިއީ ބޮލްސޮނާރޯއަށް ގެއްލުން ދިނުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ ރިޕޯޓެއްގެ ގޮތުގައި ސެންލާވިއޯ ވަނީ ސިފަކުރައްވާފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ޤައުމުގެ އިދިކޮޅުގެ އަޣުލަބިއްޔަތު އޮންނަ ސެނެޓުގެ އިންވެސްޓިގޭޝަން ކޮމިޓީން އެކުލަވާލި މި ރިޕޯޓުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ބޮލްސޮނާރޯއަށް ދައުވާ ކުރުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ. ސަބަބަކީ އެ ޤައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް އޮގަސްޓޯ އަރާސްއަކީ ބޮލްސޮނާރޯ އައްޔަނު ކުރައްވާފައިވާ، އެމަނިކުފާނަށް ވަފާތެރި ބޭފުޅަކަށްވާތީ ކަމަށް އެ ޤައުމުގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ބްރެޒިލްގައި ކޮވިޑު ބަލީގައި މަރުވާ މީހުންގެ އަދަދު ރެކޯޑު އަދަދުތަކުން މައްޗަށް ގޮސް، އެންމެ ފަހުން އެ ޤައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ ހަލައްކައިން މައްޗަށް ގޮސްފައެވެ. އެއާއެކު އާންމުންނާއި، ނޫސްވެރިންގެ ގިނަ ސުވާލުތަކާއި ކަންބޮޑުވުންތައް ބޮލްސޮނާރޯއަށް ދަނީ އަމާޒުވަމުންނެވެ. އެހެންނަމަވެސް، ކޮވިޑް-19 ބަލިމަޑުކަމުގައި މީހުން މަރުވަމުންދަނީ އަލަށް ނޫންކަމަށާއި، އެއީ މިހާރު ފޫހި ވާހަކަތަކެއް ކަމަށް ވިދާޅުވެ ބޮލްސޮނާރޯ ވަނީ އެކި ފަހަރުމަތިން އެކަމުގެ ނުރުހުން ފާޅު ކުރައްވާފައެވެ.

ކޮވިޑް ކޮންޓްރޯލްކުރުމުގައި ބޮލްސޮނާރޯ ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން އެގައުމުގައި ބޮލްސޮނާރޯއަށް އޮންނަ ތާއީދުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެހެންކަމުން އަންނަ އަހަރު އޮންނަ އިންތިޚާބުގައި ބޮލްސޮނާރޯއަށް ނާކާމިޔާބީއާ ކުރިމަތިވުމަކީ ވަރަށް ގާތްކަމެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

29 މާރިޗު 2017

އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި

29 މާރިޗު 2017
އައިވަރީ ކޯސްޓްގެ ފަސްޓް ލޭޑީގެ މައްޗަށް ކުރެވުނު ދައުވާ ސާބިތެއް ނުވި
18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް