Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މޭޔަރު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް

ނަހުލާގެ މަސައްކަތަށް ހުރަސްއަޅައި، ވިލިމާލޭ ރައްޔިތުންނަށް މުއިއްޒު ދައްކަވަނީ ދަޅަތަ؟

އެއްވެސް މަސައްކަތެއްގައި މާލޭގެ މޭޔަރުގެ އެއްބާރުލުމެއް ނުލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2021 | ބުދަ 05:21
މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ

މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ

އަބަދުވެސް އިވެނީ ރައްޔިތުންނަށް ލުއިފަސޭހަ ދިރިއުޅުމެއް ހޯދައިދޭ ވާހަކައެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސްހައްލެއް ހޯދައިދިނުމަށް ބާރުއަޅާ ވާހަކައެވެ. ރައްޔިތުންގެ ހައްގުތައް އިސްކޮށް ރައްޔިތުންނަށްޓަކައި ވަކާލާތު ކުރާ ވާހަކައެވެ. މީގެ އިތުރުން އަންހެނުން ބާރުވެރިކޮށް، އަންހެނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިނުމަށް މަސައްކަތް ކުރާ ވާހަކައެވެ. ޚާއްސަކޮށް ސިޔާސީ މައިދާނުން ކުރިއަށް ދިއުމަށްޓަކައި މަގު ދައްކައިދޭ ވާހަކައެވެ. މިހެން ގޮސް ކިޔާނެ ކަމެއްނެތެވެ. ހައްގުތަކުގެ ވާހަކަތައް އެންމެ ގިނައިން ދައްކަވަނީ ސިޔާސީ ބޭފުޅުންނެވެ. ސިޔާސީ ބޭފުޅުންގެ ތެރެއިން ވެސް ހައްގެއް އޮތިއްޔާ އެންމެ ބާރަށް އެ ހައްގެއްގެ ވާހަކަ ދައްކަވާ އެއްބޭފުޅަކަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ނުހިމެނިއެއް ނުދާނެއެވެ.

ދޭތެރެ ދޭތެރެއިން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކާއި، ހައްގުތައް ކަށަވަރުކޮށްދިނުމަށް މޭޔަރު މުއިއްޒު ގޮވާލައްވައެވެ. އެއީވެސް އެހެން ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރެވޭ ކަމާމެދު ސުވާލު އުފައްދަވާފައެވެ. ނަމަވެސް މިހާރު މިއޮތީ މޭޔަރު މުއިއްޒުގެ މަސްއޫލިއްޔަތާއި، ބާރާއި ނުފޫޒު ބޭނުންކުރާ ގޮތާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން އަންހެނުންނަށް ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމަށް ފުރުސަތު ދޭ މިންވަރާ މެދު ސުވާލު އުފެދިފައެވެ. އެއީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ، މޭޔަރު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާތީއެވެ.

ނަހުލާގެ ކަންބޮޑުވުންތައް ހިއްސާކޮށް، ވިދާޅުވެފައިވަނީ މާލޭ ހައުސިން ޕްރޮޖެކްޓްގެ ދަށުން ވިލިމާލެ އަދި މާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް އަމިއްލަ ކުރުމުގެ އެއްބަސްވުމުގައި 30 ސެޕްޓެންބަރު 2004ގެ ކުރިން ސޮއިކޮށް ނިންމުމަށް 30 އޮގަސްޓް 2004ގައި މާލޭ މުނިސިޕަލްޓީގެ ސާކިއުލާއިން އާއްމުކޮށް އެންގި ނަމަވެސް އެ މުއްދަތުގައި އެއްބަސްވުމުގައި ސޮއިނުކުރެވި 17 އަހަރު ފްލެޓް އަމިއްލަ ނުކުރެވި ކުލި ދައްކަމުންދާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއަށް ކައުންސިލަރަކު ކަމެއް އެޖެންޑާކުރުމަށް އެދި ހުށަހަޅައިފިނަމަ ފޮނުވި ތަރުތީބުން އެޖެންޑާކޮށް ދެއްވުމަކީ މޭޔަރުގެ މައްޗަށް ލާޒިމް ކަމެއްކަން ފާހަގަކުރައްވައި ނަހުލާ ވިދާޅުވީ ވިލިމާލޭގެ ސިނަމާލެ-4 ގައި ދިރިއުޅޭ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުން ހައްލުކޮށްދިނުމަށް ފައިސާ ދައްކާ ހަލާސް ކުރުމުން ފްލެޓް ރަޖިސްޓްރީ ހެދި، އެއްބަސްވުން ހެދި، ފްލެޓް އަމިއްލަ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން ކައުންސިލަށް ވިދިވިދިގެން ދެ ފަހަރު 2 ހަފްތާގައި ލިޔުމުން ހުށަހެޅުމުން ވެސް މޭޔަރު މުއިއްޒު މި މައްސަލަ އެޖެންޑާ ކޮށްދީފައިނުވާ ކަމަށެވެ.

ނަހުލާ ވިދާޅުވީ 17 އަހަރު ވީއިރު ވިލިމާލޭގެ ސިނަމާލެ-4 ފެލްޓްގައި ދިރިއުޅޭ މީހުންނަށް ފްލެޓް އަމިއްލަ ކުރެވޭނެ އެއްވެސް ގޮތެއް އެއްވެސް ފަރާތަކުން ހަދައިދީފައިނުވާ ކަމަށާއި، ފްލެޓް އަމިއްލަ ވާނެ ގޮތެއް ކަނޑައެޅިފައި ނެތް ކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް ފައިސާ ދައްކަމުން އައިސްފައިވާއިރު، ޖޫރިމަނާގެ މައްސަލަތަކާއި، ފްލެޓް ލިބުނު މީހުން ނިޔާވުމުން އެ ކަމަށް ވެސް ވާންވީ ގޮތެއް ނޭނގި، ގޮތްހުސްވެފައިވާ އާއިލާތަކެއް ދިރިއުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލިމާލޭގެ ރައްޔިތުންގެ ހައްގުގައި ކައުންސިލަރުގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ނަހުލާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަދާ ހަމައަށް މަސައްކަތްތައް ކުރުމުގައި މޭޔަރު މުއިއްޒުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސްއެޅި، ގިނަ ގޮންޖެހުންތައް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއްވެސް މަސައްކަތެއްގައި މާލޭގެ މޭޔަރުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާއަކީ ޕީޕީއެމް ބޭފުޅެއްގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭކަނބަލެކެވެ. ނަމަވެސް މޭޔަރު މުއިއްޒުގެ ނުފޫޒުން މިއަދު ހުންނަވަން ޖެހެނީ ސަސްޕެންޝަންގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މައްސަލަތައް އިންތިހާއަށް ގޯސްވެފައިވާއިރު، ވިލިމާލޭގެ ރައްޔިތުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް ވެއްދުމުގެ މަސައްކަތްތައް ކުރާކަމުގެ ތުހުމަތުތަކެއް ވެސް ކޮށްފައިވެއެވެ.

ޒާތީ މަސްލަހަތު އިސްކޮށް ކުރަމުންދާ މަސައްކަތްތަކުން މިއަދު ދެރަނިކަމެތިކަން ލިބެމުންދަނީ ވިލިމާލޭގެ ރައްޔިތުންނަށްކަން ނަހުލާ ފާހަގަކުރައްވާފައިވެއެވެ. ރައްޔިތުން އެދޭ ފަދަ މަސައްކަތްތަކެއްކޮށް، މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މިއަދު ހުރިހާ ކަމަކަށް ހުރަސްއެޅިގެން ދަނީ މޭޔަރު މުއިއްޒު ކަމަށް ނަހުލާ ވިދާޅުވިއެވެ. ނަހުލާގެ ތުހުމަތުތަކަކީ ހަގީގަތްކަމުގައިވާނަމަ މާލޭގެ މޭޔަރުކަމުގައި ހުންވައިގެން މުއިއްޒު ރައްޔިތުންނަށް އެދައްކަވަނީ ދަޅައެއްނޫންތޯއެވެ.

މުޅި މާލޭ ސިޓީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން މޭޔަރު މުއިއްޒު ދެއްވާއިރު، މަސައްކަތް އެކުރައްވަނީ ދިމާ އިދިކޮޅަށް ނޫންތޯއެވެ.!

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް ކުރީ އަނިޔާ، މިއަދު ގެއަށް ވަނީމަ ފޮނުވާލުން ގޯހެއް ނޫން

ރައްޔިތުންނަށް ކުރީ އަނިޔާ، މިއަދު ގެއަށް ވަނީމަ ފޮނުވާލުން ގޯހެއް ނޫން

04 ޖުލައި 2018
ކޯލިޝަން ރޫޅިގެން ނުދާނެކަން އެމްޑީޕީ ކޮންގްރެސްއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފި!

ކޯލިޝަން ރޫޅިގެން ނުދާނެކަން އެމްޑީޕީ ކޮންގްރެސްއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފި!

30 ޖޫން 2018
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

30 މެއި 2018
ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!

ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!

12 އެޕްރީލު 2018
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު