Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅިތައް ހިމާޔަތްކުރުން

ހޯޑެއްދޫގައި ހުޅަނގު އުތުރުން އޮންނަ ކުޅިތަކުގެ ގުދުރަތީ ރީތިކަން ދަމަހައްޓަނީ!

27 އޮކްޓޯބަރު 2021 | ބުދަ 03:22

އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ނޭޗަރ ޕާކް ސަރަހައްދު ބައްޓަން ކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 27 އޮކްޓޯބަރު 2021 | ބުދަ 03:22
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން،

އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން،

ގދ. ހޯޑެއްދޫގައި ހުޅަނގު އުތުރުން އޮންނަ ކުޅިތަކުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، އެތަނަކީ އިޖުތިމާއީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ބޭނުންހިފޭ، މުހިންމު ނޭޗަރ ޕާކެއްގެ ގޮތުގައި ތަރައްގީކުރުމަށް ހޯޑެއްދޫ ކައުންސިލާއި ހުވަދޫ އެއިޑާ ދެމެދު ސޮއިކޮށްފިއެވެ.  

މިއީ ކުޅިތަކާއި، ގޮނޑޮށް އަދި މޫދުގެ ރީތި ގުދުރަތީ މާހައުލު ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތަކަށް، ބޭނުންކޮށް، އާއިލާތަކަށް ހިތްހަމަޖައްސާލަން ދެވޭ ހިތްފަސޭހަ މައިދާންތަކަކަށް ބަދަލުކުރުމަށް ހޯޑެއްދޫ ކައުންސިލުން ވެފައިވާ ވައުދާ އެއްގޮތަށް ކައުންސިލްއާއި ހުވަދޫ އެއިޑްއާ ގުޅިގެން ހިންގޭ މަޝްރޫއެކެވެ.

Advertisement - newsAdvertisement

ހުވަދޫ އެއިޑުން ބުނީ މި މަޝްރޫއުގެ ދަށުން، ކުޅީގެ ނެތެމުންދާ ގުދުރަތީ ރީތިކަން އާލާކުރުމާއި، ތައުލީމީ ކަންކަމަށާއި، ދިރާސާކުރުމަށާއި، ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ކުޅިތައް ބޭނުންކުރުމަށް، ކުޅިތަކުގެ ތެރެއަށް ވަދެ ނިކުމެ އުޅެވޭހެން ބޯޑްވޯކް ހެދުމާއި މަޑުކޮށްލައިގެން ތިބެވޭނެހެން ޕްލެޓްފޯމުތަކެއް ގާއިމްކުރެވޭނެ ކަމަށެވެ.

ތިން އަހަރުގެ މުއްދަތަށް ހިންގޭ މި މަޝްރޫއު ނިމޭއިރު 3،889،570.00 (ތިން މިލިއަން އަށްލައްކަ އަށްޑިހަ ނުވަހާސް ފަސްސަތޭކަ ހަތްދިހަ) ދިވެހި ރުފިޔާ ޚަރަދުވާނެ އެވެ. މި މަޝްރޫއަކީ ހޯޑެއްދޫ ކައުންސިލުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށް ހުވަދޫ އެއިޑުން އެކިފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ހިންގުމަށް ރާވާފައިވާ މަޝްރޫއެކެވެ.

ހުވަދޫ އެއިޑުން ބުނީ 1،392 ފޫޓު ދިގުމިނުގެ ބޯޑްވޯކާއި 11 ވިޔުއިން ޕްލެޓްފޯމް ކައުންސިލުން ފާސްކޮށްފައިވާ ކުރެހުމާ އެއްގޮތަށް ތަރައްގީކޮށް އެސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހުޅުވާލާނެ ކަމަށާއި، 3 ކެނޯ އަދި 3 ޕެޑަލް ބޯޓް ބާއްވައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ނޭޗަރ ޕާކް ސަރަހައްދު ބައްޓަން ކުރާނެ ކަމަށެވެ. ކުޅިތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ ދާއިރާއިން 2 ތަމްރީނު ޕްރޮގްރާމް، ރަށުގެ މުއައްސަސާތަކާއި، މަދަނީ ޖަމްއިއްޔާތައް އަދި އާންމު ފަރުދުންނަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ހުވަދޫ އެއިޑުން ބުނެއެވެ.

ހުވަދޫ އެއިޑުން ބުނީ މަޝްރޫއު ހިންގާ ސަރަހައްދު އާރޯކޮށް، ގަސް މަރުވެފައިވާ ސަރަހައްދުގެ 90 އިންސައްތަ ފެހިކުރާނެ ކަމަށެވެ. އެގޮތުން ކުޅީގައި ހެދޭ އެކި ވައްތަރުގެ ގަސް ހިމެނޭހެން 2000 ގަސް އިންދައި، އެސަރަހައްދު ސާފުކޮށް ޗަކަ ނަގަންޖެހޭ ސަރަހައްދުތަކުން ޗަކަ ނަގާނެ ކަމަށެވެ. އަދި ކުޅިތަކުގެ މުހިންމުކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއެކު، ކުޅި ހިމާޔަތްކޮށް ބެލެހެއްޓުން ރަށުތަރައްގީގެ ޕްލޭންގައި ހިމެނުމާއި އެކަމަށް ބޭނުންވާ ގަވާއިދުތައް ހަދައި ތަންފީޒުކުރުމުގައި ކައުންސިލަށް އެހީތެރިވެދޭނެ ކަމަށް ހުވަދޫ އެއިޑުން ބުނެއެވެ.

ސޮއިކުރި އެއްބަސްވުމުގެ ދަށުން ހޯޑެއްދޫ ނެޗަރ ޕާކް ޕްލޭންގައިވާ ގޮތަށް އެތަން ތަރައްގީކުރުމަށް 3 އަހަރާ އެކު އިތުރު 5 އަހަރުވަންދެން އެތަން ހިންގައި ބަލަހައްޓާނީ ހުވަދޫ އެއިޑުންނެވެ. އަދި ހޯޑެއްދޫ ނޭޗަރ ޕާކް މެނޭޖްމެންޓް ޕްލޭނާ އެއްގޮތަށް އެތަން ހިންގުމަށް 7 މެންބަރުންގެ މައްޗަށް އެކުލެވޭ "ހޯޑެއްދޫ ނޭޗަރ ޕާކް މެނޭޖްމެންޓް ކޮމިޓީ" އުފައްދައި، އެކޮމިޓީގެ ލަފައާއި އިރުޝާދުގެ ދަށުން ނޭޗަރ ޕާކް ހިންގުމުގެ އެންމެހާ ކަންކަން ތަރުތީބުކޮށް ބަލަހައްޓާނީ ހުވަދޫ އެއިޑުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

04 ޖޫން 2017

ދަރުބާރުގެއަކީ ރައްޔިތުންގެ ތަނެއް، ހަމަހަމަ އުސޫލު އޮންނަން ޖެހޭ:ޝަމާއު

04 ޖޫން 2017
ދަރުބާރުގެއަކީ ރައްޔިތުންގެ ތަނެއް، ހަމަހަމަ އުސޫލު އޮންނަން ޖެހޭ:ޝަމާއު
18 މެއި 2017

ދެން އޮންނަ އިންތިހާބެއް ގައި ރައީސް ޔާމިންގެ ނަން އޮތުމާއި މެދު ޝައްކު: ޝިފާޒު

18 މެއި 2017
ދެން އޮންނަ އިންތިހާބެއް ގައި ރައީސް ޔާމިންގެ ނަން އޮތުމާއި މެދު ޝައްކު: ޝިފާޒު
14 މެއި 2017

އަލީީ ހަމީދުގެ "ކޮފީ އެޅުނު" މައްސަލަ ކްރިމިނަލް ކޯޓުގައި އުމަގުވެފައި އޮންނަތާ ތިން އަހަރު!

14 މެއި 2017
އަލީީ ހަމީދުގެ "ކޮފީ އެޅުނު" މައްސަލަ ކްރިމިނަލް ކޯޓުގައި އުމަގުވެފައި އޮންނަތާ ތިން އަހަރު!
18 އެޕްރީލު 2017

އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި

18 އެޕްރީލު 2017
އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި
08 އެޕްރީލު 2017

މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު

08 އެޕްރީލު 2017
މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް