Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދުނިޔޭގެ ޗެމްޕިއަން ސަޗިނީ ރަނަސިންހޭ

ސަޗިނީ ރަނަސިންހޭ: ރާޒުވާއަކީ ވަކި އުމުރަކަށް އޮތް ކަމެއް ނޫން!

27 އޮކްޓޯބަރު 2021 | ބުދަ 10:58

ސަޗިނީ ވަނީ މެޗަކުން ބަލިނުވެ ރާއްޖޭގެ އިންޓަ އޮފީސް ކާމިޔާބުކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 27 އޮކްޓޯބަރު 2021 | ބުދަ 10:58
ސަޗިނީ ރަނަސިންހޭ ރާއްޖޭގެ ކުޅުންތެރިންނަށް ނަގައިދިން ސެޝަނުގެ ތެރެއިން

ސަޗިނީ ރަނަސިންހޭ ރާއްޖޭގެ ކުޅުންތެރިންނަށް ނަގައިދިން ސެޝަނުގެ ތެރެއިން

ރާޒުވާއަކީ އިހު މީހުން އާންމުކޮށް ޖަގަހަތަކުގައި ކުޅޭ ކުޅިވަރެކެވެ. ޚާއްސަކޮށް ރަމަޟާން މަހު ރޯދަ ކުރުކުރުމަށް މި ކުޅިވަރު ކުޅޭ އެތައް ބަޔަކު ދިވެހިރާއްޖޭގައި އުޅެއެވެ. އެހެންނަމަވެސް މި ފަހުން ގައުމީ ފެންވަރުގައި ރާޒުވާ ކުޅޭ ދިވެހި ކުޅުންތެރިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް އެތައް ކާމިޔާބީތަކެއް ހޯދާފައެވެ.

ރާޒުވާއަކީ ވަކި އުމުރަކަށް އޮތް ކުޅިވަރެއް ނޫނެވެ. އަދި މި ކުޅިވަރަކީ އިންސާނާގެ ސިކުނޑި ތަނަވަސްކޮށްދޭ ކުޅިވަރެކެވެ. އާންމުކޮށް ސައުތު އޭޝިއާގެ ގިނަ ސްކޫލުތަކުގައި މި ކުޅިވަރު އެ ސްކޫލުތަކުގެ ކަރިކިއުލަމުގައި ހިމަނައިގެން ކުޅެއެވެ. އުމުރުން ޅަ ކުޅުންތެރިން ގައުމުތަކުގެ ޗެމްޕިއަނުންގެ ގޮތުގައިވެސް އެބަތިއްބެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ ސްރީ ލަންކާގެ ރާޒުވާގެ ރާނީ ސަޗިނީ ރަނަސިންހޭއެވެ.

މި މަހު ރާއްޖޭގައި ބޭއްވި އިންޓަ އޮފީސް ރާޒުވާ މުބާރާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޓީމަށް ކުޅުމަށް ރާއްޖެ އައި ސަޗިނީ ވަނީ މެޗަކުން ބަލިނުވެ އެޓީމާއެކު އެ މުބާރާތުގެ ރަން މެޑަލް ހޯދާފައެވެ.

ރާޒުވާ ކުޅޭތާ މިހާރު 23 އަހަރުވެފައިވާ ސަޗިނީ ރާއްޖޭގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ރާޒުވާއަކީ ވަކީ އުމުރަކަށް، ޖިންސަކަށް އޮތް ކުޅިވަރެއް ނޫން ކަމަށެވެ. އެގޮތުން އުމުރުން 70 އަހަރުން މަތީގެ ކުޅުންތެރިންވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި މިހާރުވެސް ވާދަކުރަމުން އަންނަ ކަމަށް ސަޗިނީ ބުންޏެވެ. އެގޮތުން ދުނިޔޭގެ ފެންވަރުގައި އުމުރުން 12 އަހަރުގެ ރާޒުވާ ކުޅުންތެރިންވެސް ޗެސް ގްރޭންޑް މާސްޓާސްގެ ގޮތުގައި ތިބިކަން ސަޗިނީ ފާހަގަކުރިއެވެ.

ސަޗިނީ ބުނީ ރާޒުވާގެ ސަބަބުން ހަމަޖެހި ކަންކަންމުގައި ރަނގަޅަށް ފޯކަސް ކޮށްގެން ރަނގަޅު ވަގުތުގައި ދެން ކަންތައް ވާނެ ގޮތަކަށް ވިސްނައި، އެއަށްފަހު ނިންމުންތައް ނިންމަން ދަސްވާ ކަމަށެވެ. އެގޮތުން ސަޗިނީ ދެކޭ ގޮތުގައި ޗެސް އަކީ މެޑިޓޭޝަނެކެވެ. އަދި ސިކުނޑި ތަނަވަސްވެ ސިކުނޑި ޑިވެލޮޕްވާން ރާޒުވާގެ ސަބަބުން ފުރުސަތު ލިބޭ ކަމަށް ސަޗިނީ ބުންޏެވެ.

ސަޗިނީ ބުނީ އަންހެނުން ހުއްޓާނުލައި ރާޒުވާ ކުޅޭތަން ދެކުން އެއީ އޭނާގެ ހުވަފެނެއް ކަމަށާއި، އެކަމަކު މިހާރު ކުޑައިރު ރާޒުވާ ކުޅޭ ކުޅުންތެރިން އޭ ލެވަލް އަށްފަހު ރާޒުވާ ކުޅުން ހުއްޓާލާތަން ފެންނަ ކަމަށެވެ. މި ފަހަރުގެ އިންޓަ އޮފީސް މުބާރާތަށް ރާއްޖެ އައިސް ހުރިއިރު، ސަޗިނީއަށް ފާހަގަވި އެންމެ ބޮޑު މަންޒަރަކީ ބައިނަލްއަގުވާމީ ތަޖުރިބާއެއް ނެތިވެސް ރާއްޖޭގެ ރާޒުވާ ކުޅުންތެރިން މަތީ ފެންވަރުގައި ރާޒުވާ ކުޅޭތަނެވެ.

އުމުރުން 13 އަހަރުގައި ލަންކާގެ އަންހެން ޗެމްޕިއަންކަން ހޯދި ސަޗިނީ ރާއްޖޭގެ މުބާރާތެއްގައި ވާދަކުރިއިރު، އޭނާ ވަނީ ޖުމްލަ ހަތަރު ފަހަރު ލަންކާގެ ޗެމްޕިއަންކަން ހޯދާފައެވެ. މީގެ އިތުރުން 2011 ވަނަ އަހަރު ވިމެންސް އިންޓަނޭޝަނަލް މާސްޓާ ޓައިޓަލްވެސް ވަނީ ހޯދާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2018

ޚާރިޖީ ގުޅުންތަކުގެ ވާހަކަ އޮޅުވާލަން އުޅެނީ ވަކި ބަޔަކު!

01 ޑިސެމްބަރު 2018
ޚާރިޖީ ގުޅުންތަކުގެ ވާހަކަ އޮޅުވާލަން އުޅެނީ ވަކި ބަޔަކު!
24 ނޮވެމްބަރު 2018

ޕާޓީތަކަށް ފައިދާ ބޮޑީ ވަކިވަކިން ވާދަކޮށްގެން

24 ނޮވެމްބަރު 2018
ޕާޓީތަކަށް ފައިދާ ބޮޑީ ވަކިވަކިން ވާދަކޮށްގެން
04 ނޮވެމްބަރު 2018

އާޒިމާގެ ގާނޫނީ ލަފާ: ވަކި މީހަކު ބޭނުންވާ ގޮތަށް!

04 ނޮވެމްބަރު 2018
އާޒިމާގެ ގާނޫނީ ލަފާ: ވަކި މީހަކު ބޭނުންވާ ގޮތަށް!
10 މެއި 2018

އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

10 މެއި 2018
އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟
04 މާރިޗު 2018

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!
20 އޯގަސްޓު 2017

"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

20 އޯގަސްޓު 2017
"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"
15 އޯގަސްޓު 2017

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟
23 މެއި 2017

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!
13 އެޕްރީލު 2017

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
12 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް