Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީޗަރުންގެ ދަތިކަން

މޮޅަށް ކިޔަވައިގެން ނުކުންނަ ކުދިންނަށް ތައުލީމީ ދާއިރާއިން ވަޒީފާގެ "އެޓްރެކްޓިވް ޕެކޭޖް" އެއް ދެވިދާނެ

25 އޮކްޓޯބަރު 2021 | ހޯމަ 07:36

ތައުލީމީ ދާއިރާއިން ވަޒީފާގެ މާޙައުލަށް ކުދިން ނުނުކުންނަ ބައެއް ސަބަބުތައް ފާހަގަވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އޮކްޓޯބަރު 2021 | ހޯމަ 07:36
ސުކޫލުގައި ޓީޗަރަކު ދަރިވަރުންނަށް ކިޔަވައިދެއްވަނީ- ރާއްޖޭގެ ސްކޫލުތަކުގައި 10615 ޓީޗަރުން ދަނީ ވަޒީފާ އަދާކުރަމު

ސުކޫލުގައި ޓީޗަރަކު ދަރިވަރުންނަށް ކިޔަވައިދެއްވަނީ- ރާއްޖޭގެ ސްކޫލުތަކުގައި 10615 ޓީޗަރުން ދަނީ ވަޒީފާ އަދާކުރަމު

މޮޅަށް ކިޔަވައިގެން ނުކުންނަ ކުދިންނަށް ތައުލީމީ ދާއިރާއިން "އެޓްރެކްޓިވް ޕެކޭޖް" އެއް ދެވިއްޖެނަމަ، ތައުލީމީ ދާއިރާއިން ވަޒީފާގެ ބާޒާރަށް ނުކުތުމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުވެދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މޮޅަށް ކިޔަވައިގެން ނުކުންނަ ކުދިން ތައުލީމީ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިކަން ނުހުންނަ ސަބަބުތައް ދެނެގަތުމަށް ޤައުމީ ފެންވަރުގެ ދިރާސާއެއް ހަދަން ޖެހިފައިވާކަމަށް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވާއިރު، އެކަމާ ގުޅޭގޮތުން ރާއްޖެޓީވީން ސުވާލުކޮށްލުމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓަރީ އަހުމަދު އަލީ ވިދާޅުވީ، މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން އެކަމުގައި ލިބިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

އަހުމަދު ވިދާޅުވީ، ތައުލީމީ ދާއިރާއިން ވަޒީފާގެ މާޙައުލަށް ކުދިން ނުނުކުންނަ ބައެއް ސަބަބުތައް މިނިސްޓްރީއަށް ވެސް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެއް ކަމެއްގެ ގޮތުން މުސާރައިގެ އޮނިގަނޑުގެ މައްސަލަ ފާހަގަ ކުރެވޭކަމަށް އަހުމަދު ވިދާޅުވިއެވެ. އަދި ޓީޗަރުންގެ މުސާރަ ކުޑަވުމާއި، އެހެން ސެކްޓަރތަކުގެ މުވައްޒަފުންނަށް ވަޒީފާގެ އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ދޫކޮށްލާފައި އޮންނައިރު، ތައުލީމީ ދާއިރާގައި އިތުރުގަޑި ލިމިޓް ކޮށްފައި އޮންނަ އޮތުން ވެސް ބައެއް ފަރާތްތަކުން ސަބަބެއްގެ ގޮތުގައި ފާހަގަކުރާކަމަށް އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ، މަސައްކަތުގެ ގޮތުން ޓީޗަރުންނަކީ ގިނަ ވަގުތު މަސައްކަތުގައި ވެސް ހޭދަކުރަން ޖެހޭ ބައެއް ކަމަށާއި، އެކި ސުކޫލުތަކުގައި އެކި ގޮތަށް މަސައްކަތްތައް ބައްޓަންވެފައި ހުންނަ ކަމަށެވެ. ވަކިން ޚާއްސަކޮށް ފަހަކަށް އައިސް ރަނގަޅު ނަތީޖާ ހޯދާ ކުދިން ކިޔަވާ ދިނުމުގެ ދާއިރާއަށް ޝައުޤުވެރިނުވާ މައްސަލަ ފާހަގަކުރެވިފައިވާކަމަށް އަހުމަދު ވިދާޅުވިއެވެ. އެގޮތުން ވަޒީފާގެ ބާޒާރަށް އަންނަ ބަދަލާއެކު، އެހެން ދާއިރާތަކުގެ އޮނިގަނޑު ފަދައިން ޓީޗަރުންގެ "ޕެކޭޖް އެޓްރެކްޓިވް" ނުވާތީކަން ބައެއް ފަރާތްތަކުން ފާހަގަކުރާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް، އެކަށީގެންވާ ފުރުސަތުތަކެއް ފަހިކޮށްދެވިއްޖެނަމަ، މި ދާއިރާއަށް ވެސް އިތުރު ކުދިން ޝައުޤުވެރިވާނެ ކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރު އައިސް ޓީޗަރުންގެ ދަތިކަން ފާހަގަކުރެވި، އެކަން ހައްލުކުރުމަށް އެކި މަރުޙަލާގައި މަސައްކަތްތަކެއް ކުރެވިފައިވާކަމަަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ވަޒީފާގެ އޮނިގަނޑު ހަރުދަނާކުރުމަށް ސީއެސްސީއާއި، ޕޭ ކޮމިޝަނާއި، ރައީސް އޮފީސް ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއެކު، ކުރިއަށް އޮތް ތަނުގައި ތައުލީމީ ދާއިރާއިން ވަޒީފާގެ ބާޒާރުގައި އޮންނަ ޑިމާންޑު ވެސް ބޮޑުވާނެ ކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންގެ އާބާދީގެ 20 އިންސައްތައަކީ ބިދޭސީންކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުން ދައްކައެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ސްކޫލުތަކުގައި 10615 ޓީޗަރުން ދަނީ ވަޒީފާ އަދާކުރަމުންނެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު

13 އެޕްރީލު 2017
ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު
29 މާރިޗު 2017

އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި

29 މާރިޗު 2017
އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ފްލޫ ވެކްސިން ދޭން ފަށައިފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
26 ފެބުރުއަރީ 2017

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
08 ފެބުރުއަރީ 2017

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް