Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު އަންނަ އަހަރުގެ ފެބްރުއަރީ މަހު

ދިވެހި ޕްރިމިއާ ލީގު ފަށާނީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2021 | އާދީއްތަ 11:25
މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން ކުޅުނު މެޗެއްގެ ތެރެއިން

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން ކުޅުނު މެޗެއްގެ ތެރެއިން

ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު އަންނަ އަހަރުގެ ފެބްރުއަރީ މަހު ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެފްއޭއެމުން އާދީއްތަ ދުވަހު ނެރުނު ކަލަންޑަރުގައިވާ ގޮތުން ދިވެހި ޕްރިމިއާ ލީގުގެ އައު ސީޒަން ފަށާނީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހެވެ. މިދިޔަ ސީޒަނުގެ ލީގުގައިވެސް ކުޅުނު އަށް ޓީމާއެކު ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކުރިއަށްދާއިރު، މި ފަހަރުގެ ލީގުގައިވެސް ތިން ބުރު ކުޅުމަށް ވަނީ ނިންމާފައެވެ.

ނިމިދިޔަ ސީޒަނުގައިވެސް ލީގުގައި ތިން ބުރެއް ކުޅެން އެންމެ ފުރަތަމަ ނިންމި ނަމަވެސް، އެ ފަހަރު ދެވަނަ ބުރާ ހަމައިން ލީގު ވަނީ ނިންމާލާފައެވެ. އެގޮތުން ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިދިޔަ މެއި މަހުގެ ތެރޭގައި ތިންވަނަ ބުރު ނުކުޅެ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކުރުކޮށްލުމަށް އެފްއޭއެމުގެ ހިންގާ ކޮމިޓީން ނިންމީ ކުލަބުތަކާއެކު މަޝްވަރާކުރުމަށްފަހުއެވެ.

އެއާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ނުވަ ޕޮއިންޓުގެ ލީޑަކާއެކު މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ދިފާއުކޮށްފައެވެ. މާޒިޔާއަށް ކުޅުނު 14 މެޗުން 34 ޕޮއިންޓް ލިބުނުއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް 14 މެޗުން ލިބުނީ 25 ޕޮއިންޓެވެ.

އަދި ލީގުގެ ތިންވަނައިގައި އޮތީ 14 މެޗުން 19 ޕޮއިންޓާއެކު ކުލަބު ގްރީން ސްޓްރީޓްސްއެވެ. ހަތަރުވަނައިގައި 14 މެޗުން 17 ޕޮއިންޓާއެކު ކުލަބު އީގަލްސް އޮތްއިރު، ފަސްވަނައިގައި އޮތީ 14 މެޗުން 16 ޕޮއިންޓާއެކު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. އަދި ހަވަނައިގައި އޮތީ 14 މެޗުން 15 ޕޮއިންޓާއެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. މީގެ އިތުރުން ތާވަލުގެ ހަތްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށް 14 މެޗުން 13 ޕޮއިންޓް ލިބުނުއިރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ފުލުގައި އޮތީ 14 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.

ކުރިއަށް އޮތް ސީޒަނުގައިވެސް މި އަށް ޓީމު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާއިރު، މި ފަހަރު އެއްވެސް ޓީމެއް ރެލިގޭޓުވެފައި ނުވަނީ މިދިޔަ ސީޒަނުގައި ދެވަނަ ޑިވިޝަން ބާއްވާފައި ނުވާތީއެވެ.

އެކަމަކު މި ސީޒަނުގައި ދެވަނަ ޑިވިޝަން އަނެއްކާވެސް ބާއްވާއިރު، އެފްއޭއެމުން ނެރެފައިވާ ކަލަންޑަރުގައިވާ ގޮތުން އެ މުބާރާތް ކުރިއަށްދާނީ އަންނަ އަހަރު ޖޫން މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އޭގެ ފަހުން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ތާވަލުކޮށްފައި ވަނީ އޮގަސްޓް މަހުގެ ތެރޭގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު