Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޗެލްސީއަށް ދެ ޕޮއިންޓުގެ ލީޑެއް، ސިޓީ ދެވަނައަށް

23 އޮކްޓޯބަރު 2021 | ހޮނިހިރު 19:00

ބްރައިޓަން އަތުން ސިޓީ މޮޅުވީ 4-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 އޮކްޓޯބަރު 2021 | ހޮނިހިރު 19:00
ޗެލްސީ އާއި ނޯވިޗް ބައްދަލުކުރި މެޗުގެ ތެރެއިން

ޗެލްސީ އާއި ނޯވިޗް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ނޯވިޗް ބަލިކޮށް ޗެލްސީން ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގިއިރު، ހޮނިހިރު ދުވަހުގެރޭ ފަސޭހަކަމާއެކު ބްރައިޓަން ބަލިކޮށް ތާވަލުގެ ދެވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ. އޭގެ 10 މިނެޓު ފަހުން ކަލުމް ހަޑްސަން-އޮޑޯއި ޗެލްސީއަށް ލީޑު ފުޅާކޮށްދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ރީސް ޖޭމްސްއެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ޗެލްސީން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، މި ހާގު ފަށައިގެން 13 ވަނަ މިނެޓުގައި ބެން ޗިލްވެލް ވަނީ ޗެލްސީގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ޗެލްސީން ފަސްވަނަ ލަނޑެއް ޖެހިއިރު، މި ލަނޑަކީ ނޯވިޗުގެ މެކްސް އާރޮންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެން

މި މެޗުގެ ފަހުކޮޅު އިތުރު ދެ ލަނޑު ޖަހައި ޗެލްސީގެ މައުންޓް ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ. މިއީ މައުންޓް ޗެލްސީ ކެރިއަރުގައި ހެދި ފުރަތަމަ ހެޓްރިކެވެ.

މި މެޗުން ޗެލްސީ މޮޅުވިއިރު، ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ ރަށުން ބޭރުގައި ކުޅެ ބްރައިޓަން އަތުން 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ތިން ލަނޑުގެ ލީޑެއް ނެގިއިރު، މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ އިލްކާއި ގުންޑޮގާނެވެ. އަދި ފުރަތަމަ ހާފުގައި ސިޓީގެ ފިލް ފޯޑެން ވަނީ ދެ ލަނޑެއް ޖަހައި، އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން އެލެކްސިސް މެކް އެލިސްޓާ ވަނީ ބްރައިޓަނަށް ލަނޑެއް ޖަހައިދީފައެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ސިޓީން ހަތަރުވަނަ ލަނޑެއް ޖެހިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިޔާދު މާރޭޒެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީއަށް ދެ ޕޮއިންޓުގެ ލީޑެއް ލިބުނުއިރު، އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 22 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް ސިޓީއަށް ނުވަ މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ލިވަޕޫލަށް އަށް މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.

އެހެންކަމުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅޭ މެޗުން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ލިވަޕޫލަށް ތާވަލުގެ ދެވަނައަށް އަލުން ޖެހިލައި، ޗެލްސީގެ ލީޑު އެއް ޕޮއިންޓަށް ކުޑަކުރެވޭނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް