Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދިނުން

ފުރޮޅުލީގޮނޑީގައި އާންމުކޮށް ގެންދާ މީހަކު ސިއްހީ މަރުކަޒަށް ގޮށިގާޑިޔަލެއްގައި

ބަލިމީހާއަކީ ފުރޮޅުލީގޮނޑީގައި ތަންތަނަށް ގޮސް އުޅޭމީހެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އޮކްޓޯބަރު 2021 | ހުކުރު 15:25
ހދ މަކުނުދޫ ސިއްހީ މަރުކަޒަށް ގޮށިގާޑިޔަލެއްގައި ބަލި މީހަކު ގެންދާ ފޮޓޯއެއް

ހދ މަކުނުދޫ ސިއްހީ މަރުކަޒަށް ގޮށިގާޑިޔަލެއްގައި ބަލި މީހަކު ގެންދާ ފޮޓޯއެއް

ހދ މަކުނުދޫގައި ބަލި މީހަކު ގޮށިގާޑިޔަލެއްގައި ސިއްހީ މަރުކަޒަށް ގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އުމުރުން ދުވަސްވީ ފިރިހެނަކު ގާޑިޔަލެއްގައި ސިއްހީ މަރުކަޒުގެ ކުރިމަތީގައި ހުންނަ ފޮޓޯއާއެކު ލިޔެފައިވާ ޕޯސްޓެއް މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ޕޯސްޓުގައި ބުނެފައިވަނީ މަރުކަޒުގެ އެމްބިއުލާންސް ހަލާކުވެފައިވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، ގާޑިޔަލުގައި ބަލިމީހާ ގޮވައިގެން ދިޔައީ އޭނާގެ ދަރިފުޅު ކަމަށެވެ. ފޮޓޯ އާންމުވުމާއެކު، ގިނަ ބަޔަކު ގެންދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެ މީހާއަކީ އާންމުކޮށް ފުރޮޅުލީގޮނޑީގައި ތަންތަނަށް ގޮސް އުޅޭ މީހެކެވެ. ނިމިދިޔަ އިންތިޚާބުގައިވެސް ވޯޓުލުމަށް ގޮސްފައިވެއެވެ. އޭނާ ޑޮކްޓަރަށް ދައްކަން ގެންދިއުމަށް އެމްބިއުލާންސް ބޭނުންވާކަމަށް ބުނެ ގުޅުމުން މަރުކަޒުން ވަނީ އެމްބިއުލާންސް އޮތީ ދުއްވޭ ހާލަތުގައި ނޫންކަމަށް ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން މަކުނުދޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ހާމިދު އިބްރާހިމްވެސް ވަނީ އެމީހާއަކީ ފުރޮޅުލީގޮނޑީގައި ތަންތަނަށް ގޮސް އުޅޭމީހެއްކަން ކަށަވަރު ކޮށްދެއްވާފައެވެ. ހާމިދު ވިދާޅުވީ، އާންމު އުސޫލުން ބަލި ހާލަތުގެ ސަބަބުން ސިއްހީ މަރުކަޒަށް އައުމަށް އުޒުރުވެރިވާ މީހުންގެ ގޭގެޔަށް ގޮސް ފަރުވާދެވޭފަދަ ކަންކަމުގައި ފަރުވާދޭ ކަމަށެވެ. މިހާރު ފެންމަތިވެގެން އުޅޭ މައްސަލައިގައި އެމްބިއުލާންސް ނެތްކަން ފާހަގަކޮށް ޑޮކްޓަރުންގެ ލަފަޔާއެކު އޭނާ މަރުކަޒަށް ގެނައުމަށް އާއިލާއަށް އެންގީ ކަމުގައެވެ.

ހާމދިު ވިދާޅުވީ، މަކުނުދޫއަށް ގެންނަން ހަމަޖެހިފައިވާ އެމްބިއުލާންސް ރާއްޖެ ގެނެސްފައިވާ ކަމަށާއި، އެ އުޅަނދުގެ ބެލުންތައް ނިމި ރަޖިސްޓްރީގެ ކަންކަން ކުރިއަށްދާކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަަމަށެވެ. މިނިސްޓްރީން އެގޮތަށް އަންގާފައިވާކަަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީވެސް ވަނީ ވިދާޅުވެފައެވެ. އަދި އެއީ މުޅިން އައު އެމްބިއުލާންސެއް އެރަށަށް ސަރުކާރަކުން ފޮނުވާ ފުރަތަމަ ފަހަރުކަންވެސް މެމްބަރު ރާއީ ވަނީ ފާހަގަ ކުރައްވާފައެވެ.

ސިއްހީ މަރުކަޒުތަކަށް ދިމާވެފައިވާ އެމްބިއުލާންސްގެ ދަތިކަމުގެ އިތުރުން، ނިމިދިޔަ ސަރުކާރުން މަރުކަޒުތަކާ ހަވާލުކުރި ސީ އެމްބިއުލާންސްތަކާއި ގުޅިގެންވެސް ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ސީއެމްބިއުލާންސްގެ ޚިދުމަތް ފެށުމަށްޓަކައި 2015 ވަނަ އަހަރު އެމްއެންޑީއެފާ ހަވާލުކުރި އުޅަނދުތަކަކީ ގިނަ ދުވަސްތަކެއްވެ ހާލަތު ދަށްވެފައިވާ އުޅަނދުތަކަކަށްވާއިރު، އޭރު ހަވާލު ކުރެވުނު 27 އުޅަނދަކީވެސް ކުރީގައި ހޮސްޕިޓަލުތަކުގައި ބޭނުންކުރަމުން އައި 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އުޅަނދުތަކެކެވެ. އެތަކެތީގެ މަރާމާތަށްވެސް ވަނީ އިތުރު އެތައް ޚަރަދެއް ކުރަން ޖެހިފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު