Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އަނިޔާވެރި ކޮންމެ މަރަކާއެކު މަރުގެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލާ!

21 އޮކްޓޯބަރު 2021 | ބުރާސްފަތި 10:02

ގާނޫނު އަސާސީގައި ބުނަނީ ރާއްޖޭގައި ހިނގަން ވާނީ އިސްލާމީ ޝަރީއަތް ކަމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 10:02
ބޮޑެތި މަރުތަކަށް މިހާތަނަށް އިންސާފު ލިބިފައެއް ނެތް

ބޮޑެތި މަރުތަކަށް މިހާތަނަށް އިންސާފު ލިބިފައެއް ނެތް

ކޮންމެ ގޮތަކަށް މީހެއްގެ ފުރާނަ ނަގާލިއަސް އެއީ ބޮޑު ފާފައެކެވެ. އެކަމުގެ އަދަބު އެކަން ކުރި މީހަކަށް ލިބެން ޖެހެއެވެ. ރާއްޖޭގެ މާޒީއަށް ނަޒަރު ހިންގާލާއިރު ތަފާތު އެކި ގޮތްގޮތުން މީހުންގެ ފުރާނަ ނަގާލާފައިވާ އެތައް ބަޔަކު ޖަލުގައި ބަންދުކުރެވި، އަދި ބައެއް މީހުންގެ މައްޗަށް މަރުހުކުމް އިއްވި، އެހެންނަމަވެސް މިއިން އެއްވެސް މީހެއްގެ މައްޗަށް ހުކުމް ތަންފީޒު ނުކުރެވި އެބައިއްބެވެ. އަދި މަރުގެ ބައެއް ހާދިސާތަކުގެ ހަގީގަތާ ހިސާބަށް ވާސިލް ވެވިފައެއްވެސް ނުވެއެވެ.

ދިވެހިރާއްޖޭގައި ހިގަމުންދާ މަރުގެ ހާދިސާތަކަށް އޮތް ހައްލަކީ އިސްލާމީ ޝަރީއަތް ރާއްޖޭގައި ގާއިމް ކުރެވި ތަންފީޒު ކުރެވިގެން ދިއުންކަމުގައި މުޅި ދިވެހި މުޖުތަމައު ދެކެއެވެ. މީގެ އިތުރުންވެސް މިއީ ފާއިތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް ގަބޫކުކުރާ ހަގީގަތްކަން އެސަރުކާރުތަކުގެ ވެރިން ދައްކަވާފައިވާ ވާހަކަތަކުންނާއި އަދި ސިޔާސަތުތަކުން ސާފުކޮށް އެނެގެން އެބައޮތެވެ.

މިކަން ހިނގަންޖެހޭނީ މި އުސޫލުންކަން ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީންވެސް ބުނެދެއެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 10 މައްދާގެ (ހ)ގައި ބަޔާން ކޮށްފައިވާ ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އެހެންކަމަށްވާނަމަ އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ މައިގަޑު މަސްދަރުކަން ޔަގީންނެވެ. އިސްލާމްދީނުގެ އަސްލަކާއި ޚިލާފްވާ ގޮތަށް އެއްވެސް ގާނޫނެއް ހެދުން، އަދި އެގާނޫނެއް ތަންފީޒު ކުރުމުގެ ޖާގައެއްވެސް ލިބިދީފައި ނުވެއެވެ. ހަމަ އެގާނޫނުއަސާސީގައި ބުނެފައިވަނީ، ދިވެހި ދިވެހިރާއްޖޭގައި ޝަރީއަތް ކުރަން ޖެހޭނީވެސް އިސްލާމީ ޝަރީއަތް އެއީ އޭގެ މަސްދަރު ކަމުގައި ބަލައިގެން ކަމުގައެވެ. އެހެން ކަމަށްވާނަމަ ރާއްޖޭގެ ކޯޓުތަކުން ޝަރީއަތް ހިންގާންވާނީ އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މަރަށް މަރު ހިފުމަކީ، އިސްލާމީ ޝަރީއަތުގައި އެކަމަށް ޖާގަ ލިބިދީފައި އޮންނަ ކަމެކެވެ. އެއީ މުޖުތަމައުތަކުގައި ހިންގާ، މީހުން މެރުންފަދަ ބޮޑެތި ޖަރީމާތައް ހުޓުވުމަށް އޮތް އެންމެ ބޮޑު ހައްލުވެސް މެއެވެ. އެހެންނަމަވެސް ރާއްޖޭގައި މި ހުކުމް މިގޮތަށް ތަންފީޒު ކުރުމަށް ވޭތުވެ ދިޔަ އެއްވެސް ސަރުކާރަކަށް ނުކެރުނެވެ. މީހެއްގެ ފުރާނަ އަނިޔާވެރި ގޮތަކަށް ނަގާލާ ކޮންމެ ފަހަރަކު މަރަށް މަރު ހިފުމަށް ގޮވާލާ އަޑުތައް ގަދަވެއެވެ. ރަށްރަށުގެ ހޮޅުއަށިތަކާއި, ސޯޝަލް މީޑިއާއާއި, އެންޖީއޯތަކުން މި ކަމަށް ފަށާ ބަހުސް ކިތަންމެހާވެސް ދިގެވެ. މަރަށް މަރު ހިފުމަށް ގޮވާލާ ސަރުކާރުގެ އިސްވެރިންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް މިހާތަނަށް އެކަން އެގޮތަށް ރާއްޖޭގައި ހިނގާފައެއް ނެތެވެ.

ހަފުތާއެއްހާ ދުވަސް ކުރިން އދ. ދަގެނތީގައި އެރަށުގެ ވިޔަފާރިވެރިއެއްގެ އަނިޔާވެރި މަރުގެ ހާދިސާއަށްފަހު އަނެއްކާވެސް މިވަނީ، ރާއްޖޭގައި މީހުން މެރުންފަދަ ބޮޑެތި ޖަރީމާތައް ހިނގައިދިއުން ހުއްޓުވުމަށްޓަކާ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އަޑު ގަދަވާން ފަށާފައެވެ. މިއީ ރާއްޖޭގައި ފަހަކަށް އައިސް ހިގައިގެން ގޮސްފައިވާ މަރުގެ ކޮންމެ ހާދިސާއަކާއިއެކުވެސް ގަދަވެގެން ގޮސްފައިވާ އަޑެކެވެ. އާންމުގެ ތެރެއިން ގިނަބަޔަކުވެސް އިސްލާމީ ޝަރީއަތުގައިވާ އުސޫލުގެ މަތިން ގިސާސްގެ ހުކުމް ތަންފީޒު ކުރަން ފެށުމަށް ގޮވާލައެވެ. އަދި ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކުންވެސް މަރުގެ ކޮންމެ ހާދިސާއަކާއެކު، މި ކަމަށް އަޑު އުފުލައެވެ.

މީހުން މެރުންފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ކޮންމެހެން އަޅަންޖެހޭ އެއް ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުން ގިނަބަޔަކު ފާހަގަ ކުރާއިރު، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ފެށުމަށް އޮތް ހުރަސްތަކެއްގެ ގޮތުގައި ހުރިހާ ސަރުކާރަކުންވެސް ދައްކާފައި އެންމެ ބޮޑު އުޒުރަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި ބަލިކަށިކަމުގެ ވާހަކައެވެ. ހުރި ގޮންޖެހުންތަކުގެ ވާހަކައެވެ.

އެހެންނަމަވެސް، ހިތާމައަކީ މި ހުރިހާ ކަމެއް ހައްލުކުރާނެ ކަމުގެ ވައުދާއެކު ކޮންމެ ސަރުކާރެއް ވެރިކަަމަަށް އައިސް ފައިބައިގެންދާ ކަމެވެ. ސަރުކާރަކަށްފަހު ސަރުކާރެއް މާޒީއާއި އެކުވަމުންދާއިރުވެސް، މަރުގެ ހުކުމް ތަންފީޒުކުރުމުގައި ހުރިކަމަށް ބުނާ ހުރަސްތައް ނައްތާލުމަށް އަމާޒުކޮށް ކުރަމުންދާ މަސައްކަތަތްކެއްވެސް ފެންނާން ނެތްކަމެވެ.

ދުނިޔޭގެ ބޮޑެތި ގިނަ ޑިމޮކްރަސީތަކާއި, އިސްލާމީ ގައުމުތަކުގައި މި ހުކުމް މިގޮތަށް ތަންފީޒު ކުރަމުންދެއެވެ. އެކަމުގެ ހެޔޮ ނަތީޖާ އެ މުޖުތަމައުތަކުން ފެންނަމުންވެސް ދެއެވެ.

އެހެންކަމުން، ރާއްޖޭގައި ހިގަމުންމުންދާ މީހުން މެރުމުގެ މި ބޮޑު ޖަރީމާ ހުއްޓުމަކަށް ގެނައުމަށްޓަކައި، ސަރުކާރުން މިއަދު އިސްނަންގަވަންވީ އެންމެ މުހިންމު ކަމަކީ ހުރި ގޮންޖެހުންތަކުން އަރައިގަނެ، މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރުމަށެވެ. އެއީ މުޅި މުޖަތަމައުގެ ސަލާމަތަށްޓަކައެވެ. އިސްލާމީ ޝަރީއަތް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރަން ފެށުމަކީ މިމައްސަލައަށް އޮތް އެންމެ ބޮޑު ހައްލެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

24 އޯގަސްޓު 2017

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!
21 އޯގަސްޓު 2017

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!
21 އޯގަސްޓު 2017

ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

21 އޯގަސްޓު 2017
ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!
05 އޯގަސްޓު 2017

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!
01 ޖުލައި 2017

"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

01 ޖުލައި 2017
"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
26 އެޕްރީލު 2017

ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!

26 އެޕްރީލު 2017
ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!
26 އެޕްރީލު 2017

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!
25 އެޕްރީލު 2017

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

25 އެޕްރީލު 2017
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް