Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތާލިބާނުންނާ މަޝްވަރާކުރުން

ތާލިބާނުންނާއެކު މަޝްވަރާ ކުރުމަށް 10 ގައުމަކުން ރަޝިއާއަށް

މި ބައްދަލުވުމުގެ ބޭނުމަކީ އަފްޣާނިސްތާނު އާރާސްތު ކުރުމަށް ބޭނުންވާ އެހީ ހޯދުން

އަތޫފް އާތިފް
އަތޫފް އާތިފް | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 03:26
މަޝްވަރާތަކަށް ރަޝިއާއަށް ދިޔަ ތާލިބާންގެ ވަފުދު

މަޝްވަރާތަކަށް ރަޝިއާއަށް ދިޔަ ތާލިބާންގެ ވަފުދު

އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ޠާލިބާނުންނާއެކު މަޝްވަރާ ކުރުމަށް ދުނިޔޭގެ 10 ގައުމެއްގެ އޮފިޝަލުން ރަޝިއާއަށް ވަޑައިގެންފިއެވެ.

މިއީ މިދިޔަ އޯގަސްޓު މަހު ތާލިބާނުން ވެރިކަމަށް އައުމަށްފަހު، ތާލިބާނުންނާއެކު ދުނިޔޭގެ ގައުމުތަކުން ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ. އެކަމަކު މި ބައްދަލުވުންތަކުގައި އެމެރިކާ ބައިވެރިއެއް ނުވާނެއެވެ.

ރަޝިޔާއިން އިސްނަގައިގެން މި ބައްދަލުވުން ބާއްވާއިރު، އެގައުމުގެ ރައީސް ލަޑީމިއާ ޕުޓިން ވަނީ އަފްޣާނިސްތާނަށް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ޖަމާވާން ފަށައިފައިވާ ކަމަށް ވިދާޅުވެ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި ތާލިބާނުންނެގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ބޮޑުވަޒީރުގެ ނާއިބު އަބްދުއްސަލާމް ހަނަފީއެވެ. ހަނަފީ ވަނީ މިދިޔަ ހަފުތާގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމެރިކާ ގުޅިގެން ބޭއްވި ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

ރަޝިއާއިން ބުނީ މި ބައްދަލުވުންތަކުގެ އެންމެ ބޮޑު ބޭނުމަކީ އަފްޣާނިސްތާނު އާރާސްތު ކުރުމަށް ބޭނުންވާ އެހީ އެގައުމަށް ފޯރުކޮށްދެވޭނެ ގޮތްތައް ބެލުން ކަމުގައެވެ.

މީގެ ކުރިން ވެސް ރަޝިއާއިން ވަނީ ތާލިބާނުންގެ އިސް އޮފިޝަލުން އެ ގައުމަށް ގެނެސް ބައްދަލުވުންތައް ބާއްވާފައެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާއިން އަދިވެސް ދެކެނީ ތާލިބާނުންނަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
06 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
22 މާރިޗު 2017

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު