Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަޕް ކޮލިފައިން

ރާއްޖެ ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަނީ

20 އޮކްޓޯބަރު 2021 | ބުދަ 13:40

ކޮލިފައިން މެޗުތައް ކުޅެން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޖޫންގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 އޮކްޓޯބަރު 2021 | ބުދަ 13:40
ކޮލިފައިންގައި ރާއްޖެ އާއި ސީރިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ކޮލިފައިންގައި ރާއްޖެ އާއި ސީރިއާ ބައްދަލުކުރި މެޗުގެ ތެރެއިން

އޭޝިއަން ކަޕުގެ ކޮލިފައިންގެ ފައިނަލް ބުރުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދަން އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީން ނިންމައިފިއެވެ.

މީގެ ކުރިން ހޯމް އެންޑް އަވޭ އުސޫލުން ކުޅެމުން އައި ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ދެން ކުރިއަށްދާނީ އެއް ގައުމެއްގައި ސެންޓްރަލައިޒް ކޮށްގެންނެވެ. އެހެންކަމުން މި ބަދަލުގެ ސަބަބުން ކުރިން ކޮލިފައިން ގްރޫޕް ސްޓޭޖުގައި ކުޅެން ލިބުނު ހަ މެޗުގެ ބަދަލުގައި ދެން ކޮންމެ ގައުމަކަށްވެސް ކުޅެން ލިބޭނީ ތިން މެޗެވެ.

މިހާރު އޭއެފްސީން ނިންމާފައިވާ ގޮތުން އޭޝިއަން ކަޕުގެ ކޮލިފައިންގެ ފައިނަލް ބުރުގެ މެޗުތައް ކުޅެން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގައެވެ.

މި ފަހަރުގެ އޭޝިއަން ކަޕުގެ ކޮލިފައިންގެ ފައިނަލް ބުރުން ރާއްޖެއަށް ފުރުސަތު ލިބުނީ ރޭންކިން ތަރުތީބުކޮށްގެން ގެނެވުނު ބަދަލުގެ ތެރެއިންނެވެ. އެގޮތުން ކޮލިފައިންގެ ދެވަނަ ބުރުގެ ފަހު މެޗުތައް ސެންޓްރަލައިޒްކޮށްގެން މި އަހަރުގެ ޖޫން މަހު ދުބާއީގައި ކުޅުނުއިރު، ގްރޫޕް އޭގައި ހިމެނުނު ރާއްޖެއަށް ހަތް ޕޮއިންޓާއެކު ލިބުނީ ކޮލިފައިންގެ ހަތަރުވަނައެވެ. ފުލުގައި ޕޮއިންޓެއް ނުލިބި ގުއާމް އޮތްއިރު، އެއްވަަނައިގައި އޮތީ 21 ޕޮއިންޓް ހަމަކުރި ސީރިއައެވެ. ދެވަނައިގައި އޮތް ޗައިނާއަށް 19 ޕޮއިންޓް ލިބުނުއިރު، ތިންވަނައިގައި ފިލިޕީންސް އޮތީ 11 ޕޮއިންޓާއެކުއެވެ.

އެއާއެކު ރާއްޖެއަށް ކޮލިފައިންގެ ފައިނަލް ބުރުން ފުރުސަތު ލިބުނުއިރު، މީގެ ކުރިން ބެލެވިފައި އޮތީ ކޮލިފައިންގެ ފައިނަލް ބުރަށް ވަންނަން ރާއްޖެއަށް ޕްލޭއޮފް ބުރުގައި ކުޅެން ޖެހޭނެ ކަމަށެވެ. އެކަަމަކު އުތުރު ކޮރެއާ ކޮލިފައިންއިން ވަކިވެ، ގަތަރު އޭޝިއަން ކަޕަށް ކޮލިފައިވުމާއެކު، ގްރޫޕުތަކުގެ ފުލަށްދާ ޓީމާ ދެކޮޅަށް ދެވަނައިގައި ނިންމި ޓީމުތަކާއި، ހަތަރުވަނައިގައި ނިންމި ޓީމުތަކުން ކުޅުނު މެޗުތަކުގެ ޕޮއިންޓުތައް ނުގުނަން އޭއެފްސީން ވަނީ ނިންމާފައެވެ.

އެހެންކަމުން ރާއްޖެ އާއެކު ހަތަރުވަނައިގައި ނިންމި ގައުމުތައް ކަމަށްވާ ނޭޕާލް، ހޮން ކޮންގް، ސިންގަޕޫރު، އަފްޣާނިސްތާން، މޮންގޯލިއާ، ތައިލެންޑް އަދި ސްރީ ލަންކާވެސް ވަނީ ކޮލިފައިންގެ ފައިނަލް ބުރުގައި ހިމެނިފައެވެ.

މިހާރު އޮތް ގޮތުން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ކުރިއަށްދާނީ ފީފާ އެންމެ ފަހުގެ ރޭންކިން އަށް ބަލައިގެންނެވެ. ކޮލިފައިންގެ ފައިނަލް ބުރުގައި ހަ ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގައި ހަތަރު ގައުމު ވާދަކުރާނެއެވެ. އަދި އެ ގްރޫޕުތަކުގެ ތެރެއިން ކޮންމެ ގްރޫޕަކުން އެއްވަނައަށްދާ ގައުމެއް އޭޝިއަން ކަޕަށް ކޮލިފައިވާއިރު، ދެވަނައިގައި ނިންމާ ހަ ގައުމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ފަސް ގައުމެއް އޭޝިއަން ކަޕަށް ކޮލިފައިވާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް