Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުން

ސިވިލް ސަރވިސް މުވައްޒަފުންގެ ޕާފޯމެންސް އޮޑިޓެއް ހަދަން ހިމަނައި އޮޑިޓް އޮފީހަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް

އޮޑިޓް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 118.7 މިލިއަން ރުފިޔާގެ ބަޖެޓެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 އޮކްޓޯބަރު 2021 | ބުދަ 10:04
 އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް

އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް

އަންނަ އަހަރު އޮޑިޓަރ ޖެނެރަލް އޮފީހަށް 90،315،293 (ނުވަދިހަ މިލިއަން ތިންލައްކަ ފަނަރަހާސް ދުއިސައްތަ ނުވަދިހަ ތިން) ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 118.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކުރި 58.9 މިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކުރި 59.7 މިލިއަން ރުފިޔާއެވެ.

Advertisement - newsAdvertisement

މިބަޖެޓް ދިރާސާކުރި މާލިއްޔަތު ކޮމިޓީން ކަންކަން ދިރާސާކުރުމަށްފަހު ނިންމާފައިވަނީ 28.3 މިލިއަން ރުފިޔާ އުނިކުރުމަށެވެ. އެއީ 24 އިންސައްތައެވެ. އެގޮތުން ކުޑަކުރުމަށް ނިންމާފައިވަނީ އޮޑިޓަރ ޖެނެރަލް އޮފީހުން ޕީއެސްއައިޕީގެ ގޮތުގައި އޮފީސް އިމާރާތް ހެދުމަށް ހިނގާ ޚަރަދެވެ. އެޚަރަދު އޮޑިޓް އޮފީހާ މަޝްވަރާކުރުމަށްފަހު 30 މިލިއަން ރުފިޔާއަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

ހުޅުމާލޭގައި އެއޮފީހުގެ އިމާރާތެއް އެޅުމަށް ހިނގާނެކަމަށް ލަފާކޮށް ބަޖެޓްގައި ހިމަނާފައިވަނީ 55.1 މިލިއަން ރުފިޔާއެވެ. ނަމަވެސް ކޮމިޓީން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ އެފައިސާއަކީ މިފަދަ މަޝްރޫޢަކަށް އެއް އަހަރު ދުވަހުގެ ތެރޭގައި ޚަރަދު ކުރުމަށް ބޮޑު އަދަދެއްކަމަށެވެ. އަދި މި މަޝްރޫޢަކީ އެއް އަހަރު ދުވަހުން ނިންމޭނެކަމަށް ލަފާކުރެވޭ މަޝްރޫޢަކަށް ނުވުމާއެކު މަޝްރޫޢުގެ ޚަރަދު ބަޖެޓް ކުރަންވާނީ މަޝްރޫޢު ޑިސްބަރސްމަންޓް ޕްލޭނާ އެއްގޮތަށް އަހަރުތަކަށް ބަހާލައިގެންކަމަށް މިނިސްޓްރީން ވަނީ ލަފާދީފައެވެ.

ކޮމިޓީން ގެނައި ބަދަލުތަކާއެކު ނިންމާފައިވަނީ ރިކަރަންޓް ޚަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ޚަރަދުގެ ގޮތުގައި 60.3 މިލިއަން ރުފިޔާ އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި 30 މިލިއަން ރުފިޔާ ކަނޑައެޅުމަށެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓް ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މެމްބަރުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކުގެ ޕާފޯމެންސް އޮޑިޓެއް ނުހެދޭ މައްސަލަ ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ބަހުސް މަރުހަލާގައި ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އިލްޔާސް ލަބީބު ވަނީ ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕާފޯމެންސް އޮޑިޓެއް އަންނަ އަހަރު ފެށުމަށް ކޮމިޓީ ރިޕޯޓަށް އިސްލާހު ހުށަހަޅުއްވާފައެވެ. މިއިސްލާހަށް ތާއީދުކުރެއްވީ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ޔައުގޫބް އަބްދުﷲ އެވެ.

މިއިސްލާހާއެކު ކޮމިޓީ ރިޕޯޓް ތަޅުމުގައި ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ 49 މެމްބަރުންގެ ވޯޓުންނެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު