Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސީލައިފްގެ ވެރިޔާއަށް ދައުވާކުރުން

އައްމަޓީގެ އަންހެން ކޮއްކޮއާއި ދައްތަ ޖާމިނުކޮށްފައި، ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމައިފި

މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2021 | ބުދަ 07:55
ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިން ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، ރާއްޖެއިން ބޭރަށްގޮސް ފިލި މައްސަލައިގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ބުދަ ދުވަހު އޮތް އަޑުއެހުމަކީ މައްސަލައިގެ ބަންދުގެ އަމުރު މުރާޖައާކޮށް، މީގެ ކުރިން ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި، ޝަރީއަތުން ގޮތެއް ކަނޑައެޅުއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އައްމަޓީގެ ފަރާތުން ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމަށް އެދިފައިވާއިރު، ދައުލަތުގެ ވަކީލު ވިދާޅުވީ، ކަފާލާތުގެ ޙައްޤަށް އެދޭ ފަރާތުން ޤާނޫނީ ރަނގަޅު އަސާސެއްގެ މައްޗަށް އެ ހުށައެޅުން ބިނާކުރަން ޖެހޭ ކަމަށެވެ. އެގޮތުން ބަލާއިރު، އައްމަޓީގެ ފަރާތުން އެފަދަ ޤާނޫނީ ބިނާއެއް ނެތްކަން ވަކީލުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ވަކީލު ވަނީ ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް އިއުތިރާޒު ކުރައްވާފައެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، ޝަރީއަތް ކުރުމާބެހޭ ޤަވާއިދަށް ބަލާއިރުވެސް ކަފާލާތުގެ ދަށުން މީހަކު ދޫކުރާއިރު ރިއާޔަތް ކުރައްވަންޖެހޭ ކަންކަން ބަޔާންކޮށްފައިވާ ކަމަށާއި، އޭގައި ފަނޑިޔާރަށް ދޫކޮށްފައިވާ އިހުތިޔާރަކީ މުތުލަޤަށް ދޫކޮށްލާފައިވާ އިހުތިޔާރެއް ނޫންކަމަށް ވެސް ވަކީލު ވިދާޅުވިއެވެ. އަދި ކުށުގެ ބާވަތާއި، ކުޑަބޮޑު މިނަށް ވެސް ރިއާޔަތް ކުރައްވަންޖެހޭކަން ޤާނޫނީ ނައްސުތަކުން އެނގެން އޮންނަކަން ވަކީލު ފާހަގަކުރެއްވިއެވެ.

ވަކީލު ވިދާޅުވީ، އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު އެއްލައްކަ ރުފިޔާއަށްވުރެ އަގު މަތި އަދަދުތައް ހިމެނޭ މައްސަލަތައް އެބަހުރި ކަމަށެވެ. އެގޮތުން މިއީ ޖިނާއީ ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، މިއީ އެތައް ބަޔަކަށް އަނިޔާ ލިބިފައިވާ މައްސަލައެއް ކަމަށެވެ. އަދި އައްމަޓީއަކީ މާލީ މުއާމަލާތްތަކާ ގުޅޭ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެއްކަން ވަކީލު ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަން ދިފާއީ ވަކީލު ވަނީ ދޮގު ކުރައްވާފައެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި އައްމަޓީގެ ފަރާތުން ޖާމިނުވުމަށް ހުށައަޅާފައިވަ އަފީފާ މޫސާ ވެސް ހާޒިރުކޮށްފައިވެއެވެ. އަފީފާއަކީ އައްމަޓީގެ އަންހެން ކޮއްކޮއެވެ.

އަފީފާ މޫސާގެ އިތުރުން، މަރިޔަމް ނައީމާ ވެސް ޖާމިނުވާ ފަރާތެއްގެ ގޮތުން ހުށައަޅާފައިވެއެވެ. އޭނާއަކީ އައްމަޓީގެ ދައްތައެވެ. އޭނާ ވަނީ އައްމަޓީ މީގެ ކުރިން ފިލައިގެން އުޅުނުކަން ނޭނގޭކަމަށް ބުނެފައެވެ. އެއާއެކު ދައުލަތުން ވަނީ އައްމަޓީގެ "ހިސްޓްރީ" ނޭނގޭއިރު، އޭނާއާމެދު ޖާމިނުވެ، އޭނާ ފިލައިގެން ނުދާނެ ކަމުގެ ޔަޤީންކަމެއް ދެވޭނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. ނަމަވެސް ގާޒީ ވަނީ ޖާމިނުވުމުގެ ޝަރުތު އެ ދެމީހުންގެ ކިބައިގައި ހަމަވާކަމަށް ޤަބޫލު ކުރެވޭކަމަށް ވިދާޅުވެފައެވެ.

ގާޒީ ވަނީ ޖާމިނުވުމުގެ އިޤުރާރާ ޚިލާފުވެއްޖެނަމަ ޖާމިނުވާ ފަރާތުން އެކަމުގެ ޒިންމާ ނަގަން ޖެހޭކަން ފާހަގަ ކުރައްވާފައެވެ. އަދި އައްމަޓީ ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމަށް ގާޒީ ވަނީ ނިންމާފައެވެ. އެގޮތުން ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ނުދިއުން ފަދަ ޝަރުތުތަކެއް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ. އެކަންކަން ކަށަވަރު ކުރުމަށް ޖާމިނުވާ މީހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ވަނީ އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ އިއްވާފައެވެ.

ވަކިވަކިން ދައުވާތައް އިއްވާފައިވާއިރު، އައްމަޓީ ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފައެވެ. އަދި ތަފްސީލީ ގޮތެއްގައި ދައުވާތަކަށް ޖަވާބުދާރީވުމާއި، ހެކި ހުށަހެޅުމަށް ފުރުސަތެއް ދެއްވުމަށް ވަނީ އެދިފައެވެ. އަދި ޖަވާބުދާރީވުމުގެ އަޑުއެހުން އެއް އަޑުއެހުމެއްގެ ގޮތުގައި ނިންމާލެވިދާނެކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ދައުވާއަށް ތަފްސީލީ ގޮތެއްގައި ޖަވާބުދާރީވުމަށްޓަކައި ގިނަ ލިއެކިއުންތަކެއް ދިރާސާކުރަން ބޭނުންވާކަން ވެސް ދިފާއުން ފާހަގަކުރިއެވެ. އެގޮތަށް ދައުލަތުން ވެސް އިއުތިރާޒު ކޮށްފައެއް ނުވެއެވެ.

އައްމަޓީ ދައުވާތަކަށް އިންކާރު ކޮށްފައިވާތީ ދައުލަތުން ވަނީ ދައުވާތައް ސާބިތު ކުރުމަށް ހެކި ހުށައަޅާފައެވެ. އަދި ހެކި ހުށައަޅަން ވަގުތު ބޭނުންވާކަން ދިފާއުން ފާހަގަކޮށްފައިވާތީ މި މައްސަލަ ބައްލަވާ ގާޒީ ޙަސަން ސައީދު ވަނީ 13 ޑިސެމްބަރު 2021ށް ލިއުމުން ހެކި ހުށައެޅުމަށް އެދިވަޑައިގެންފައެވެ.

ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅެނިކޮށް އައްމަޓީ ހައްޔަރުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، 13 މާރިޗު 2014ގައި ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް އެކުންފުންޏަށް ހަވާލުކުުރެވުނެވެ.

ޕީޖީ އޮފީހުން ބުނީ، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ. އޭރު އޭނާ ފިލައިގެން އުޅެނިކޮށް ހައްޔަރު ކޮށްފައިވަނީ އިންޓަރޕޯލްއިން ރެޑް ނޯޓިސް ނެރެގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޭރެމުންދިޔަ އަންހެންމީހާ ގޭބަންދުކޮށްފައި ހުއްޓާ ނިކުތުމުން އަލުން ހައްޔަރު ކޮށްފި

ފޭރެމުންދިޔަ އަންހެންމީހާ ގޭބަންދުކޮށްފައި ހުއްޓާ ނިކުތުމުން އަލުން ހައްޔަރު ކޮށްފި

17 ޖޫން 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން ކުއްޖާގެ ހާލު އަދިވެސް ސީރިއަސް!

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން ކުއްޖާގެ ހާލު އަދިވެސް ސީރިއަސް!

11 ޖޫން 2017
އައްޑޫގައި އަންހެން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫގައި އަންހެން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

05 މެއި 2017
ކަނޑަށް އެރެންދިޔަ ކުޑަ އަންހެން ކުއްޖަކު ސަލާމަތްކޮށްފި

ކަނޑަށް އެރެންދިޔަ ކުޑަ އަންހެން ކުއްޖަކު ސަލާމަތްކޮށްފި

13 އެޕްރީލު 2017
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ އަންހެން މީހާގެ ހާލު އަދިވެސް ސީރިއަސް: އައިޖީއެމްއެޗް

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ އަންހެން މީހާގެ ހާލު އަދިވެސް ސީރިއަސް: އައިޖީއެމްއެޗް

19 މާރިޗު 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު