Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވިއްސާރާގައި ކައިވެންޏަށް ދިޔުން

ވިއްސާރައިގައި ފެންބޮޑުވުމުން ދެ މީހުން ކައިވެނިކުރާ ތަނަށް ދިޔައީ ލޯގަނޑަކަށް އެރިގެން

މި ވީޑިއޯއަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 އޮކްޓޯބަރު 2021 | ބުދަ 04:18
ކެރެލާ ދެ މީހަކު ކައިވެނި ކުރަން ލޯގަނޑަށް އެރިގެންދަނީ

ކެރެލާ ދެ މީހަކު ކައިވެނި ކުރަން ލޯގަނޑަށް އެރިގެންދަނީ

އިންޑިޔާގެ ދެކުނު ސްޓޭޓެއް ކަމުގައިވާ ކެރެލާއަށް މިއީ ވަރަށް ބޯކޮށް ވާރޭވެހެމުންދާ ދުވަސްވަރެކެވެ. ބޯކޮށް ވާރޭވެހި ކެރެލާ އޮތީ ގާތްގަނޑަކަށް ފެނުއަޑީގައެވެ. މިހާރުވެސް ފެންބޮޑުވުމުގެ ހާދިސާތަކުގައި މީހުން މަރުވެ، އަނެއް ބަޔަކު ގެއްލި، މީހުން ދިރިއުޅެމުންދާ ގެތަކަށާއި ގެންގުޅޭ އެއްޗިއްސަށް ވެސް އަންނަނީ ގެއްލުންތައްވަމުންނެވެ. ދަތުރުފަތުރު ކުރުމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެހެންނަމަވެސް މިހާލަތުގައި ވެސް ދަތުރުކޮށް، ކުރަން ބޭނުންވާ ކަމެއް ކުރެވޭތޯ ބަލާ މީހުން ވެސް އުޅެއެވެ.

އެގޮތުން ކެރެލާގެ ދެ މީހަކު މިވަނީ ކައިވެނި ކުރުމަށްޓަކައި މި ހާލަތުގައި ވެސް ދާން ބޭނުންވާ ތަނަށް ގޮސްފައެވެ. މި ދެ މީހުން ކައިވެނިކުރާ ތަނަށް ދިއުމަށްޓަކައި، ކައްކަން ބޭނުންކުރާ ލޯގަނޑަކަށް އެރިގެން ފެންގަނޑު ތެރޭގައި ދާ މަންޒަރު ފެންނަ ވީޑިއޯއަކަށް މިވަނީ ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައެވެ. މި ދެމީހުންނަށް އެރޭވަރުގެ ލޯގަނޑެއް ހޯދީ ފައްޅިއަކުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ލޯގަނޑު ތެރެއަށް ދެ މީހުން އެރުމުން ފެންގަނޑުތެރޭގައި ތިބި ދެމީހަކު ލޯގަނޑު ފެންގަނޑުތެރޭގައި ދަމާފައި ގެންދެއެވެ. މި މީހުންނާއެކު ފޮޓޯ ގްރާފަރެއް ވެސް ފެންގަނޑަށް އެރިގެންދާތަން ފެނެއެވެ. މި ވީޑިއޯ ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނައިރު ޗެނަލް އޭޝިޔާނެޓަށް ދިން އިންޓަރވިއުގައި ކައިވެނިކުރި އަންހެން މީހާ ބުނެފައިވަނީ ކައިވެނީގެ ރަސްމިއްޔާތު ދިޔައީ ދުވަހަކު ވެސް ހީނުކުރާ ގޮތަކަށްކަމަށެވެ.

އެމީހުން ކައިވެނި ކުރަން ހަމަޖެހިފައިވާ ތަނަކީ ވެސް ކޮންމެވެސް ވަރަކަށް ފެންބޮޑުވެފައިވާ ތަނެކެވެ. ކުޑަ ރަސްމިއްޔާތެއް ބާއްވައި ދެ މީހުން ކައިވެނިކޮށްފައިވާއިރު މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ދެ މީހުންނަކީ ވެސް ސިއްހީ ދާއިރާގައި މަސައްކަތްކުރާ ދެ މީހުންނެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯއެއްގައި މީހަކު ބުނާ އަޑުއިވެނީ ބޯޓެއް ކުއްޔަށް ނެގިނަމަ މާ ރަނގަޅުވާނެ ކަމަށެވެ.

ކެރެލާއަށް ކުރަމުންދާ ވިއްސާރާގައި ކާރުތަކާއި ބަސްތައް ވެސް ވަނީ ފެނުއަޑީގައެވެ. ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށް އަސްކަރިއްޔާ އާއި ނޭވީ އަދި އެއަރފޯސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް ޚާއްސަކޮށް ކޭމްޕްތަކެއް ވެސް ވަނީ ޖަހާފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2019

ދިޕީކާ އާއި ރަންވީރު ސްރީ ލަންކާއަށް ދިޔައީ ކީއްކުރަން؟

22 ޖެނުއަރީ 2019
ދިޕީކާ އާއި ރަންވީރު ސްރީ ލަންކާއަށް ދިޔައީ ކީއްކުރަން؟
21 އޮކްޓޯބަރު 2018

ދިޕިކާ އާއި ރަންވީރު ކައިވެނިކުރާ ދުވަސް އިއުލާން ކޮށްފި

21 އޮކްޓޯބަރު 2018
ދިޕިކާ އާއި ރަންވީރު ކައިވެނިކުރާ ދުވަސް އިއުލާން ކޮށްފި
12 އޯގަސްޓު 2018

ލަވްރަތްރީ: މިހާތަނަށް ބޮލީވުޑްގައި ބޭއްވި އެންމެ ބޮޑު ޓްރެއިލާ ލޯންޗިން

12 އޯގަސްޓު 2018
ލަވްރަތްރީ: މިހާތަނަށް ބޮލީވުޑްގައި ބޭއްވި އެންމެ ބޮޑު ޓްރެއިލާ ލޯންޗިން
03 މެއި 2018

އެވެންޖަރސް: އިންފިނިޓީ ވޯއަށް މިހާތަނަށް 808 މިލިއަން ޑޮލަރު ލިބިއްޖެ، ގިނަ ބޮކްސް އޮފީސް ރިކޯޑްތައް މުގުރާލާނެ ކަމަށް ބެލެވޭ

03 މެއި 2018
އެވެންޖަރސް: އިންފިނިޓީ ވޯއަށް މިހާތަނަށް 808 މިލިއަން ޑޮލަރު ލިބިއްޖެ، ގިނަ ބޮކްސް އޮފީސް ރިކޯޑްތައް މުގުރާލާނެ ކަމަށް ބެލެވޭ
26 ފެބުރުއަރީ 2018

ސްރީދެވީގެ އެންމެ ފަހު ވަގުތުކޮޅު: ތައްޔާރުވަމުންދިޔައީ ފިރިމީހާއާއެކު ޑޭޓަކަށް ދިއުމަށް!

26 ފެބުރުއަރީ 2018
ސްރީދެވީގެ އެންމެ ފަހު ވަގުތުކޮޅު: ތައްޔާރުވަމުންދިޔައީ ފިރިމީހާއާއެކު ޑޭޓަކަށް ދިއުމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު