Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ޑްރަގް ވިޔަފާރީގެ މައްސަލަ

މެމްބަރު ސަލީމްގެ ސުވާލެއް: ޑްރަގް ވިޔަފާރިވެރިންނަށް ކްލެމެންސީ ދޭން ފެށީ ކޮން ސަރުކާރަކުން؟

އެންމެ ދެފުށް ފެންނަ ގޮތެއްގައި އެ މަސައްކަތް ކުރަމުންދާތަން ފެންނަނީވެސް މި ސަރުކާރުންކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2021 | އަންގާރަ 09:06
ޑްރަގް ބޮޑުން ފަސޭހައިން ދޫވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ކުއްލި މައްސަލައަށް މެމްބަރު ސަލީމް ވާހަކަ ދައްކަވަނީ

ޑްރަގް ބޮޑުން ފަސޭހައިން ދޫވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ކުއްލި މައްސަލައަށް މެމްބަރު ސަލީމް ވާހަކަ ދައްކަވަނީ

މަސްތުވާ ތަކެއްޗާ ދެކޮޅަށް އެންމެ ބޮޑު ހަނގުރާމައެއް، އެންމެ ހެޔޮ ނިޔަތުގައި ކުރަމުންދަނީ މި ސަރުކާރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މެމްބަރު ސަލީމް އެހެން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ފަސޭހައިން ދޫވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މި މައްސަލައަށް ވާހަކަ ދައްކަވަމުން މެމްބަރު ސަލީމް ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި ބޭނުން ކުރުން ކޮންޓްރޯލް ކުރުމާ ގުޅޭ ޤާނޫނުތަކުގައި ހަރުދަނާ ފިޔަވަޅުތަކެއް އަބަދުވެސް އޮންނަ ކަމަށެވެ. އެހެންނަމަވެސް، އެ ޤާނޫނުތަކަށް ބަދަލު ގެނެސް، ޑްރަގް މައްސަލަތަކުގައި ހިމެނޭ މީހުންނަށް ކްލެމެންސީ ދިނުމަކީ ކޮން ސަރުކާރަކުން ކުރި ކަމެއްތޯ މެމްބަރު ވަނީ ސުވާލު ކުރައްވާފައެވެ.

މެމްބަރު ވަނީ "އިއްޔެގެ ޙަޤީޤަތްތައް އޮޅުވާލުމަށް" މިއަދު މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން މަސްތުވާ ތަކެއްޗާ ދެކޮޅަށް އެންމެ ބޮޑު ހަނގުރާމައެއް، އެންމެ ހެޔޮ ނިޔަތުގައި ކުރަމުންދަނީ މި ސަރުކާރުން ކަމަށާއި، އެންމެ ދެފުށް ފެންނަ ގޮތެއްގައި އެ މަސައްކަތް ކުރަމުންދާތަން ފެންނަނީ ވެސް މި ސަރުކާރުންކަން މެމްބަރު ސަލީމް ފާހަގަ ކުރެއްވިއެވެ.

މެމްބަރު ސަލީމް އިތުރަށް ވިދާޅުވީ، ޤާނޫނަށް ބަދަލު ގެނެސް، 10 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ޑްރަގް ޓްރެފިކް ކުރި މީހަކަށް މާފު ދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ނަމަވެސް މިއަދު ކުއްލި މައްސަލަ ހުށަހަޅުއްވައި، މި ސަރުކާރުން "ސްޓޭޓް-ސްޕޮންސަރޑް" ޑްރަގް ވިޔަފާރި ހިންގަވާކަމަށް ވިދާޅުވުމަކީ އޭރު ކަން ހިނގާ ގޮތް ވިދާޅުވުން ފަދަ ކަމެއްގެ ގޮތުގައި މެމްބަރު ސިފަ ކުރެއްވިއެވެ. އޭރު އެކަން އެގޮތަށް ހިނގާކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

"ސަބްކޮންޝަސް މައިންޑުން އެ ވިދާޅުވަނީ އޭރު ކަން އޮތް ގޮތް"މެމްބަރު ސަލީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، މިއަދު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ޙަޤީޤީ ސަބަބަކީ ރާއްޖޭގައި މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވުންކަން ވެސް މެމްބަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެގޮތުން 2018 ވަނަ އަހަރު 9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، 2019 ވަނަ އަހަރާ ހަމައަށް އެ އަދަދު 284 ކިލޯއަށް އިތުރުވެފައިވާކަމަށް ސަލީމް ވިދާޅުވިއެވެ. އަދި 2020 ވަނަ އަހަރު 372 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު 2021 ގެ މިހާތަނަށް 315 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، މިކަމުން ދޭހަކޮށްދެނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފާރަވެރިވެ، ފުލުހުންނާއި ތަންފީޒީ އިދާރާތަކުން ވެސް ސީރިއަސް މަސައްކަތްތަކެއް ކުރާކަމަށާއި، އެ ނިޔަތް އޮތް ކަމަށެވެ.

އޭގެ އިތުރުން، މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މަޤާމާ ޙަވާލުވެވަޑައިގެން އިރު 10 އަހަރުވެފައިވާ ޑްރަގް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަން ފާހަގަކުރައްވައި މެމްބަރު ވަނީ އެތަކެތި ނައްތާނުލައި ބަހައްޓާފައިވަނީ ކޮން ސަބަބަކާހުރެތޯ ސުވާލު އުފައްދަވާފައެވެ. އަދި ނިމިދިޔަ ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް އެތަނުން މަސްތުވާތަކެތި ނެރެ ބަހަމުން ގޮސްފައިވާކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރުން ރަނގަޅު މާނައިގައި މަސްތުވާތަކެތި ނައްތާލައި ޤާނޫނުތައް ތަންފީޒު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ. އެގޮތުން ޚުދު ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ތަންފީޒީ އިދާރާތަކުން މިކަންކަމަށް ފާރަވެރިވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

ބައެއް ތަފާސްހިސާބުތައް ހިއްސާކުރައްވަމުން މެމްބަރު ވިދާޅުވީ، މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ތަހުގީގުކޮށް ނިންމައި، 300ށް ވުރެ ގިނަ މައްސަލަ ކޯޓުތަކަށް ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް ތަހުގީގު އަވަސްވި ނަމަވެސް، ކޯޓުތަކުގައި އަދިވެސް މައްސަލަތައް ހިނގާ ސްޕީޑު ލަސްކަމުގެ ކަންބޮޑުވުން ވެސް މެމްބަރު ސަލީމް ފާޅުކުރެއްވިއެވެ. ޖުމުލަކޮށް މި ކުއްލި މައްސަލައަކީ "ބުހުތާނު ދޮގު" ހިމެނޭ މައްސަލައެއްގެ ގޮތުގައި މެމްބަރު ސިފަކުރެއްވިއެވެ.

މެމްބަރު ސަލީމްގެ އިތުރުންވެސް މި މައްސަލައަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ނިމިދިޔަ ސަރުކާރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ވާގިވެރިވެ، މިއަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ފާޑުކިޔަމުންދާތީ މައްސަލަ ހުށައެޅުއްވުމުގެ ނިޔަތާމެދު ސުވާލު އުފައްދަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު