Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒުވާން ކުޅުންތެރިން ބިނާކުރުން

ޒުވާން ކުޅުންތެރިން ބިނާކުރުމުގެ ބޮޑު މަޝްރޫއު ސަލްގާޑޯއަށް

18 އޮކްޓޯބަރު 2021 | ހޯމަ 14:59

އިތުރު ދެ ސަރަަަހައްދެއްގައި ހައި ޕާފޯމަންސް ސެންޓަރުތައް ހަދާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 އޮކްޓޯބަރު 2021 | ހޯމަ 14:59
ސަލްގާޑޯއާއެކު ހޮޓެލް ޖެންގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސަލްގާޑޯއާއެކު ހޮޓެލް ޖެންގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގައި ސުވާން ފުޓްބޯޅަ ކުޅުންތެރިން ބިނާކުރުމުގެ މަޝްރޫއު ސްޕެއިން އަދި ރެއާލް މެޑްރިޑުގެ ލެޖެންޑް މިޝޭލް ސަލްގާޑޯގެ ކުލަބު، ރިއަލް ހިސްޕަނިއާ އެފްސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓުވާޑްސް ފިއުޗާ ބެނާގެ ދަށުން ހިންގޭ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ޒުވާން ފުޓްބޯޅަ ކުޅުންތެރިން ޅަ އުމުރުން ފެށިގެން ހައި ޕާފޯމަންސް ސެންޓަރެއްގެ ތެެރެއިން ތަމްރީނުކުރެވި، ސީނިއާ ފުޓްބޯޅައަށް ގެނެސްދޭނެއެވެ.

ހައި ޕާފޯމަންސް ސެންޓަރެއްގެ ގޮތުގައި ހުޅުމާލޭ ސެންޓަރު (ގައުމީ ފުޓްބޯޅަ ސްކޫލް) އެންމެ ފުރަތަމަ ހިންގާއިރު، އެ ތަނަށް ހޮވޭ ކުދިން ނަގަން 18 އެކެޑަމީއެއް މުޅި ރާއްޖޭގައި ހުޅުވާނެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި އަށް އެކެޑަމީ ހުޅުވާއިރު، އަތޮޅު ތެރޭގައި 10 އެކެޑަމީ ހުޅުވާނެއެވެ. މި އެކެޑަމީތައް ކުރިއަށްގެންދާނީ ސްކޫލުތަކާ ގުޅިގެންނެވެ.

ހޯމަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަމުން ސަލްގާޑޯ ބުނީ މި މަޝްރޫއުގެ މަސައްކަތް މިދިޔަ ތިނެއް ނޫނީ ހަތަރު އަހަރު ކުރިން ފެށުނު ކަމަށާއި، މަސައްކަތް ލަސްވީ ކޮވިޑް-19 އާ ގުޅިގެން ކަމަށެވެ. އަދި ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވާނަމަ ފަށަން ޖެހޭނީ ގްރާސްރޫޓުން ކަމަށާއި، ގްރާސްރޫޓުން ފަށައިގެން ކަންކަން ބަދަލުނުކޮށް، ސީނިއާ ގައުމީ ޓީމު ރަނގަޅެއް ނުކުރެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ސަލްގާޑޯ ވަނީ މި މަޝްރޫއު ކުރިއަށްދާނެ ގޮތް ތަފުސީލުކޮށް ކިޔާދީފައެވެ.

އެގޮތުން އެންމެ ފުރަތަމަ ހަތް އަހަރުން ފެށިގެން 12 އަހަރުން ދަށާ ހަމައަށް އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުދިން ތަމްރީނުކުރާނީ އެ ސްކޫލް ނުވަތަ އެކެޑަމީތަކުންނެވެ. މި ހުރިހާ އެކެޑަމީއަކުން ހައި ޕާފޯމަންސް ސެންޓަރަށް ނަގާނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. އެއަށްފަހު ހައި ޕާފޯމަންސް ސެންޓަރުގެ އެންމެ ރަނގަޅު 20 ކުޅުންތެރިން ކޮންމެ އަހަރަކު ދިވެހި ޕްރިމިއާ ލީގުގެ ކުލަބުތަކަށް ދެވޭނެ ގޮތެއް މަގުފަހިކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެންމެ ފުރަތަމަ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ހައި ޕާފޯމަންސް ސެންޓަރަށް ކުދިން ނަގާއިރު، އަވަސް މުސްތަގުބަލެއްގައި ރާއްޖޭގެ ދެކުނުގައިވެސް ހައި ޕާފޯމަންސް ސެންޓަރެއް ހެދުމަށް ވަނީ ނިންމާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި މަޝްރޫއުގެ އަމާޒަކީ މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ޕްރޮގްރާމުތައް ހިންގުން ކަމަށާއި، އެގޮތުން މާލެ އާއި ރާއްޖޭގެ ދެކުނުގެ އިތުރުން އުތުރުގައިވެސް ހައި ޕާފޯމަންސް ސެންޓަރެއް ހެދުމުގެ ވިސްނުން ގެންގުޅުއްވަމުން އަންނަ ކަމަށެވެ. އެގޮތުން ދެކުނުގައި ގާއިމުކުރާ ސެންޓަރުގެ މަސައްކަތް ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި އެކި އުމުރުފުރާތަކަށް ހާއްސަކޮށް ކޯޗިން ސްޓާފުން ވަނީ އައްޔަނުކޮށްފައެވެ. މި ކޯޗުންގެ އެންމެ އިސް މީހެއްގެ ގޮތުގައި ސަލްގާޑޯ މަސައްކަތްކުރާއިރު، އެ ކޯޗިން ޓީމާއެކު ދިވެހި ކޯޗުންވެސް ހަރަކާތްތެރިވާނެއެވެ. އެފްއޭއެމުން ސަލްގާޑޯއާއެކު ހަ އަހަރުގެ އެއްބަސްވުމެއް ހަދާފައިވާއިރު، މި ހަ އަހަރު ފަހުން އައު އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ސަލްގާޑޯ ބުންޏެވެ. އަދި އައު އެއްބަސްވުމުގައި ސޮއިކުރާނީ މި މަޝްރޫއުގެ ނަތީޖާ ނެރުމަށްފަހު ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއޭއެމުން ފަށާ ހައި ޕާފޯމަންސް ސެންޓަރުގައި ކުދިންގެ ހުރުމާއި، ކެއުން އަދި ކިޔެވުންވެސް ކުރިއަށްދާއިރު، އެ ސެންޓަރުގައި ކުދިންނަށް ކިޔަވައިދޭ ކަރިކިއުލަމް ތައްޔާރުކުރުމުގެ މަސައްކަތް ތަޢުލީމާ ބެހޭ ވުޒާރާއާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި އެފްއޭއެމުން ވަނީ ފަށާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް