Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދު''ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން''

''ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން'' ގައި ބައިވެރިވުމަށް ހުޅުވާލައިފި

18 އޮކްޓޯބަރު 2021 | ހޯމަ 05:56

މި ޕްރޮޖެކްޓްގެ މަޤްޞަދަކީ ޒުވާނުން ބާރުވެރިކުރުވުން

އަމްނާ އިމާދު
އަމްނާ އިމާދު | 18 އޮކްޓޯބަރު 2021 | ހޯމަ 05:56
ފިލްމް ފޯ ޗޭންޖް ކްލައިމެޓް އެޑިޝަން ޔޫއެންޑީޕީ ރާއްޖެ އާއި ދިރާގު ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް

ފިލްމް ފޯ ޗޭންޖް ކްލައިމެޓް އެޑިޝަން ޔޫއެންޑީޕީ ރާއްޖެ އާއި ދިރާގު ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް

''ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން'' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިލްމް ފޯ ޗޭންޖް ކްލައިމެޓް އެޑިޝަން އަކީ ޔޫއެންޑީޕީ ދިވެހިރާއްޖެ އާއި ދިރާގު ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ މަޤްޞަދަކީ ޒުވާނުން ބާރުވެރިކުރުވައި ރާއްޖޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާ މެދު ވިސްނައި އެކަމާ ގުޅިގެން ދިމާވާ މައްސަލަތައް ފިލްމްގެ ޒަރިއްޔާއިން ހާމަކޮށްދިނުމެވެ. މީގެ ސަބަބުން ޒުވާނުންނަށް މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑޮކިއުމްންޓަރީ-ސްޓައިލް ފިލްމް ހެދުމަށް ބޭނުންވާ ފަންނީ ހުނަރުތަކާއި އުކުޅުތައް ދަސްވެގެންދާނެއެވެ.

ދިރާގުން ބުނީ މި ޕްރޮޖެކްޓްގައި ހިމެނޭނީ ތަމްރީން ބަޔަކާއި ޕޯސްޓް-ޕްރޮޑަކްޝަން ބަޔެއް ކަމަށެވެ. ކޮންމެ ބައެއްވެސް ކުރިއަށް ދާނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ކަމަށާއި، މި ޕްރޮޖެކްޓް ނިމިގެން ދާއިރު ބައިވެރިން ގްރޫޕްތަކަށް ބަހާލެވި މި އަހަރުގެ ޝިޔާރަށް (ތިމާވެއްޓަށް އަންނަ ބަދަލުތައް) 5 ކުރު ފިލްމް ތައްޔާރުކުރާނެ ކަމަށެވެ.  މިއީ އދ.ގެ 13 ވަނަ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިއާ ގުޅުވައިގެން އެކުލެވިފައިވާ ޝިޔާރުކަން ފާހަގަކޮށް ދިރާގުން ބުނީ ބައިވެރިންގެ ފިލްމްތައް އެކި ސޯޝަލް މީޑިއާ އަދި ޕަބްލިކް ޕްލެޓްފޯމް ތަކުގައި ދެއްކޭނެ ކަމަށާއި، މި ފިލްމްތައް އެކިއެކި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ބެހޭ ޒުވާނުންގެ އެޑްވޮކަސީ މަންސިތަކުގައި ދެއްކުމުގެ ފުރުސަތު ވެސް ހުޅުވިގެންދާނެ ކަމަށެވެ.

18 އަހަރުން މަތީގެ ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް މި ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް އިސްކަން ދެވޭނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މީގެ ތެރެއިން ޕްރޮޖެކްޓްގައި ބައިވެރިވުމަށް ހޮވާލެވޭނީ 30 މީހުންނަށެވެ. މި ޕްރޮޖެކްޓްގައި އިތުރަށް އަންހެނުން ބައިވެރިވުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ބައިވެރިން ހޮވުމުގައި ބޮޑަށް ބަލާނީ ފިލްމް ހެދުމުގެ ތަޖުރިބާ މަދު މީހުންނަށް ކަމަށް ދިރާގުން ބުނެއެވެ.

ފިލްމް ފޯ ޗޭންޖް ކްލައިމެޓް އެޑިޝަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި ދިރާގުން ބުނީ ބައިވެރިވުމަށް 24 އޮކްޓޫބަރު 2021ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭ ކަމަށާއި ތަމްރީން ބާއްވަނީ އޮކްޓޫބަރު މަހުގެ ފަހު ހަފްތާގައި ކަމަށެވެ. އަދި ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން ގައި ބައިވެރިވުމަށް ހޮވޭ މީހުންނަށް ޓްރެއިނިންގ ސެޝަންތައް ބޭއްވޭނެ ތަން ފެށޭ ތާރީޚާއި ކައިރިކޮށް ހާމަކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ފިލްމް ފޯ ޗޭންޖް ކްލައިމެޓް އެޑިޝަންގައި ބައިވެރިވާން ބޭނުންވާ މީހުންނަށްtinyurl.com/ffcca21ލިންކުން ބައިވެރިވާ ފޯމު ހުށައެޅޭނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

30 ޖެނުއަރީ 2017
ޕޮއިސްގެ ނަން މުޅި ރާއްޖޭގައި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
13 ޖެނުއަރީ 2017

މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި

13 ޖެނުއަރީ 2017
މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް