Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ މޫސުން

މެދުރާއްޖެ ތެރެއަށް ޔެލޯ އެލަރޓް ނެރެފި

އާދިއްތަ ދުވަހުގެ ރޭ 23:15ން ފެށިގެން ފަތިހު 3:15އާ ހަމައަށް ޅ އަތޮޅުން ފެށިގެން އދ އަތޮޅަށް ވަނީ ޔެލޯ އެލަރޓް ނެރެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 އޮކްޓޯބަރު 2021 | އާދީއްތަ 18:32
ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލޭގެ ހާލަތު: މަގުމަތީގައި ފެންބޮޑުވެފައި

ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލޭގެ ހާލަތު: މަގުމަތީގައި ފެންބޮޑުވެފައި

ޅ އަތޮޅުން ފެށިގެން އދ އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އާދިއްތަ ދުވަހުގެ ރޭ 23:15ން ފެށިގެން ފަތިހު 3:15އާ ހަމައަށް އެސަރަހައްދަށް ޔެލޯ އެލަރޓް ނެރޭކަމަށެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަަށް ވައިގަދަވާނެކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ. އާދިއްތަ ދުވަހުގެ ރޭ ފަތިހު 4:30އާ ހަމައަށް ވައިޓް އެލަރޓް ނެރެފައިވާއިރު, މެޓް އޮފީހުން ބުނީ މިސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށެވެ. އަދި ގަޑިއަކު 22 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަަށް ވައިގަދަވާނެކަމަށެވެ. މީގެއިތުރުން ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ ހޯމަ ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި, ވައިގަދަވުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށާއި, ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 5 ފޫޓާ 8 ފޫޓާ ދެމެދުގައި ކަމަށެވެ. އަދި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މޫސުން ގޯސްވެފައިވާތީ, ހުރިހާ ފަރާތްތަކުން (ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން) މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ޔާމީން ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރަތްކުލައިގެ ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލައިފި

24 އެޕްރީލު 2017
ޔާމީން ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރަތްކުލައިގެ ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލައިފި
04 އެޕްރީލު 2017

ގާސިމް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އަމުރެއް ނެރެފި

04 އެޕްރީލު 2017
ގާސިމް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އަމުރެއް ނެރެފި
03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
15 މާރިޗު 2017

މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

15 މާރިޗު 2017
މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު