Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

17 އޮކްޓޯބަރު 2021 | އާދީއްތަ 12:32

މިމަހުގެ 31ގެ ކުރިން ޚިޔާލު ހުށަހެޅުމަށް ވަނީ ހުޅުވާލާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 އޮކްޓޯބަރު 2021 | އާދީއްތަ 12:32
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ދިރާސާކުރަމުންދާ ކާބޯތަކެތި ރައްކާތެރިކުރުމުގެ ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް އާދީއްތަ ދުވަހުން ފެށިގެން އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން މި ބިލަށް ހުށަހަޅަން ބޭނުންވާ ޚިޔާލެއް ނުވަތަ އިސްލާހެއް އޮތްނަމަ 31 އޮކްޓޫބަރު ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެސް social.affairs_committee@majlis.gov.mv އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ވަނީ އެދިފައެވެ.

ކާބޯތަކެތީގެ ބިލަށް މަޖިލީހުގައި ބަހުސް ކުރިއަށްގެންގޮސްފައިވާއިރު، މި ބިލް މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. ބިލަށް ބަހުސްކުރެއްވި މެމްބަރުންގެ ތެރެއިން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ, ކާބޯތަކެތީގެ ރައްކާތެރިކަން ލިބުމަކީ އަސާސީ ހައްގަކަށްވާއިރު، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަކީ ލާމަރުކަޒީ އުސޫލުން ގާނޫނު ތަންފީޒު ކުރެވޭ ގޮތަށް ވިސްނާފައި ތައްޔާރުކޮށްފައި އޮތް ބިލެއްކަމަށެވެ. މި ބިލު ގާނޫނަކަށް ވެގެން އަންނައިރު, ހެދޭ ގަވާއިދު ތަކަކީ އަމަލުކުރުން ފަސޭހަ ގަވާއިދުތަކަށް ވާންޖެހޭ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން ބިލަށް ބަހުސްކުރައްވަމުން މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނު ވަނީ ގާނޫނުއަސާސީގައި ރަނގަޅު ކާނާއާއި ސާފު ބޯފެން ފުދޭ މިންވަރަކަށް ލިބެންޖެހޭ ކަމަށް އޮތްނަމަވެސް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާތަނަށް ވަކި ގާނޫނެއް ނެތްކަން ފާހަގަކުރައްވާފައެވެ. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ގާނޫނަކަށް ވެގެން އަންނަތާ 3 މަސް ތެރޭގައި ގަވައިދުތަކެއް ހަދައި އެއަަށް އަމަލުކުރަން ޖެހޭކަމަށް ހާރޫނު ވިދާޅުވިއެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑައަޅާ ކަންކަމުގައި އިހުމާލުވާ މީހުންނަށް އެޅޭނެ ފިޔަވަޅުތައްވެސް ބިލުގައި ބަޔާންކޮށްފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ކާބޯތަކެތި އުފެއްދުމުގެ މަރުހަލާގައި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކާބޯތަކެތި އުފައްދައިގެން ވިއްކުމުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ކާބޯތަކެތި އުފައްދާ މީހާގެ ހުންނަންޖެހޭ މިންގަނޑުތައް ވެސް މި ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ނުވަތަ ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ ކާބޯތަކެތި ޓެސްޓުކުރުމަށާއި، ކާބޯތަކެތި އުފައްދާ ތަންތަނާއި، ނުވަތަ ބަންދުކުރާ ތަންތަނާއި، ނުވަތަ ގުދަންކުރާ ތަންތަނާއި، ވިއްކާތަންތަނާއި، ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނުގެ ސިއްހީ ރައްކާތެރިކަން ބެލުމަށާއި ތަހުލީލުތައް ކުރުމަށް ނޭޝަނަލް ހެލްތު ލެބޯރޓަރީއެއް ގާއިމުކުރަންވާނެކަމަަށް ބިލުގައި ބުނެފައިވެއެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސަ ލެބޯރޓަރީއެއް ގާއިމްކުރަންވާނެ ކަމަށްވެސް ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ސަރުކާރުން މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރުކަނޑައެޅުމާގުޅޭ އުސޫލުތައް ބަޔާންކުރުމާއި، ކާބޯތަކެތި އުފައްދައި، ގުދަންކޮށް، ތައްޔާރުކޮށް، ވިއްކާ ތަންތަނުގައި ކާބޯތަކެއްޗަކީ، އިންސާނުންނަށް ސިއްހީގޮތުން އެކަށީގެންވާ، ރައްކާތެރި ތަކެތި ކަމުގައި ހެދުމަށްޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

27 އޯގަސްޓު 2017

އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ބަޔާންތައް ބަދަލު ކޮށްފި

27 އޯގަސްޓު 2017
އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ  ބަޔާންތައް ބަދަލު ކޮށްފި
26 އޯގަސްޓު 2017

އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ އަޑުއެހުމެއް މާދަމާ

26 އޯގަސްޓު 2017
އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ އަޑުއެހުމެއް މާދަމާ
12 އޯގަސްޓު 2017

ރައީސް ޔާމީނާ ޚިޔާލުތަފާތުވުމަކީ ޖަލަށް ލާންޖެހޭ ސަބަބެއް ނޫން: އުމަރު

12 އޯގަސްޓު 2017
ރައީސް ޔާމީނާ ޚިޔާލުތަފާތުވުމަކީ ޖަލަށް ލާންޖެހޭ ސަބަބެއް ނޫން: އުމަރު
13 ޖުލައި 2017

އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ލިޔުންތައް އަސްލަމްއާ ހަވާލުކޮށްފި

13 ޖުލައި 2017
އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ލިޔުންތައް އަސްލަމްއާ ހަވާލުކޮށްފި
14 މެއި 2017

ޚިޔާލު ތަފާތުވުންނެތި ޑިމޮކްރެސީއެއް ނުލިބޭނެ: އަލީ ނިޒާރު

14 މެއި 2017
ޚިޔާލު ތަފާތުވުންނެތި ޑިމޮކްރެސީއެއް ނުލިބޭނެ: އަލީ ނިޒާރު
05 އެޕްރީލު 2017

އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި

05 އެޕްރީލު 2017
އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި
20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް