Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންވިޓޭޝަނަލް މުބާރާތް ބޭއްވުން

ކޮންމެ އަހަރަކު އިންވިޓޭޝަނަލް މުބާރާތެއް ރާއްޖޭގައި ބާއްވަން މަސައްކަތްކުރަނީ

17 އޮކްޓޯބަރު 2021 | އާދީއްތަ 11:42

ފުޓްބޯޅައިގެ ފޯރި އޮތް މިންވަރު މި މުބާރާތުން ފެނިގެންގޮސްފައިވާ ކަމަށް ވިދާޅުވި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 އޮކްޓޯބަރު 2021 | އާދީއްތަ 11:42
ކުޅިވަރާ ބެހޭ ވަޒީރު މަޚްލޫފާއި އެފްއޭއެމުގެ ރައީސް ބައްސާމާއެކު ރައީސް ޞާލިޙް

ކުޅިވަރާ ބެހޭ ވަޒީރު މަޚްލޫފާއި އެފްއޭއެމުގެ ރައީސް ބައްސާމާއެކު ރައީސް ޞާލިޙް

ރާއްޖޭގައި ކޮންމެ އަހަރަކުވެސް އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބާއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ލަފާދެއްވާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ކުޅުނު ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގެ ފައިނަލް މެޗުގައި އިންޑިއާއިން 3-0 ގެ ނަތީޖާއަކުން ނޭޕާލް ބަލިކޮށް، އަށްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލި ރަސްމިއްޔާތަށްފަހު ދެއްވި އިންޓަވިއުއެއްގައެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވިއިރު، މި މުބާރާތް ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލުކުރީ ބަންގްލަދޭޝްގައެވެ. އެކަމަކު ބަންގްލަދޭޝްގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއި، އޭގެ އިތުރުން ސާފް ޗެމްޕިއަންޝިޕަށް ސްޕޮންސަރެއް ހޯދަން ކުރި މަސައްކަތުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން، ބަންގްލަދޭޝްއިން މުބާރާތް ބޭއްވުމުގެ ވިސްނުން ދޫކޮށްލިއެވެ. އެއާއެކު މުބާރާތް ބާއްވަން ރާއްޖޭން ވަނީ ނޭޕާލާ ވާދަކޮށް ސާފް ޗެމްޕިއަންޝިޕުގެ ބިޑް ކާމިޔާބުކޮށްފައެވެ.

ހޮނިހިރު ދުވަހުގެރޭ ދެއްވި އިންޓަވިއުއެއްގައި މަޚްލޫފް ވިދާޅުވީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ރާއްޖޭގައި ބޭއްވިއިރު، މި މުބާރާތް ނުބޭއްވޭނެ ހިސާބަށް ގޮސްފަ އޮއްވައި މުބާރާތް ރާއްޖޭގައި ބޭއްވީ ރައީސްގެ އެއްބާރުލެއްވުމާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލާ ވާހަކަދެކެވިގެން ކަމަށެވެ.

އެއާއެކު ފުޓްބޯޅައިގެ ފޯރި އޮތް މިންވަރު މި މުބާރާތުން ފެނިގެންގޮސްފައިވާ ކަމަށާއި، އެގޮތުން ސާފް ޗެންޕިއަންޝިޕުގައި ރާއްޖޭން ކުޅުނު ކޮންމެ މެޗެއްގައިވެސް ދަނޑު ފުރާލިތަން ފެނިގެންދިޔަ ކަމަށެވެ. އެހެންކަމުން މި ފޯރި ދެމެހެއްޓުމަށް ރާއްޖޭގައި އިންވިޓޭޝަނަލް މުބާރާތެއް ކޮންމެ އަހަރަކު ބޭއްވުމަށް ރައީސް ލަފާ ދެއްވާފައިވާ ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ.

މަޚްލޫފް ވިދާޅުވީ ފުޓްބޯޅައިގެ އިތުރުން މިހާރުވެސް ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތަކެއް ބާއްވާފައިވާ ކަމަށާއި، އަދި މި އަންނަ އަހަރުވެސް ގިނަ މުބާރާތްތަކެއް ބޭއްވޭނެ ކަމަށެވެ. އެގޮތުން އޭޝިއާގެ ބޮޑީބިލްޑިން މުބާރާތާއި، އޭޝިއަން ސާފިން އަދި ބެޑްމިންޓަނުގެވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގެ އިތުރުންވެސް، ބައިނަލަގްވާމީ ގިނަ މުބާރާތްތަކެއް އަންނަ އަހަރު ބޭއްވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮންމެ އަހަރަކު އިންވިޓޭޝަނަލް މުބާރާތެއް ބާއްވަން މަސައްކަތްކުރަމުން އަންނައިރު، ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން މީގެ ކުރިން ޓީޓީ އާއި ބެޑްމިންޓަނުގެ ބައިނަލްއަގުވާމީ މުބާރާތްތައް މީގެ ކުރިން ރާއްޖޭގައި ބާއްވާފައިވާއިރު، މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕުގެ މެޗުތައްވެސް ރާއްޖޭގައި ވަނީ ބާއްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

30 މާރިޗު 2017

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް
23 މާރިޗު 2017

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި
12 ފެބުރުއަރީ 2017

މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ

12 ފެބުރުއަރީ 2017
މުބާރާތެއް ކާމިޔާބުކުރަން ނުކުތް ހަމައެކަނި ޓީމަކީ އެމްޕީއެލް: ސޮފީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
10 ޖެނުއަރީ 2017

އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި

10 ޖެނުއަރީ 2017
އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް