Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުން

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އަންހެނުންނަށާއި ކުޑަކުދިންނަށް ޚާއްސަ ސެންޓަރެއް!

މި ސެންޓަރު ހުންނާނީ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2021 | އާދީއްތަ 08:18
އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ސެންޓަރުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރާނެ ކަމަށް ހޮސްޕިޓަލުން ބުނޭ

އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ސެންޓަރުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރާނެ ކަމަށް ހޮސްޕިޓަލުން ބުނޭ

ޓްރީ ޓޮޕް ހޮސްޕިޓަލުން އަންހެނުންނަށާއި ކުޑަކުދިންނަށް ޚާއްސަ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސެންޓަރެއް ހުޅުވައިފިއެވެ.  

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް، ޕީޑިއެޓްރިކްސް އަދި ގައިނަކޮލޮޖީ ޑިޕާޓްމަންޓްތަކުގެ ފަރާތުން ތައާރަފް ކުރި އަންހެނުންނަށާއި ކުޑަކުދިންނަށް ޚާއްސަ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ސެންޓަރު ގާއިމްކޮށްފައިވަނީ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައެވެ. އަންހެނުންނަށާއި ކުޑަކުދިންނަށް ޚާއްސަ ސިއްހީ ސެންޓަރުގެ ޚިދުމަތް ފުޅާކޮށްފައި ވާއިރު ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް، ޕީޑިއެޓްރިކްސް އަދި ގައިނަކޮލޮޖީގެ ޚިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

Advertisement - newsAdvertisement

އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ސެންޓަރުގައި 13 ކޮންސަލްޓޭޝަން ރޫމް، ޚިދުމަތަށް ޚާއްސަ ވައިޓަލްސް ބަލާ ކޮޓަރި، ބޭބީ ނާސަރީ، ބްރެސްޓް ފީޑިން އަދި ބޭބީ ޗޭންޗިންގް ކޮޓަރި، އަލްޓްރާސައުންޑު ޚިދުމަތްދޭ ކޮޓަރި، އަދި ފޮޓޯތެރަޕީ ޔުނިޓް ހިމެނެއެވެ. އަދި މި ސެންޓަރުގެ އެންމަ އިސް ދައުރަކީ އެއްތަނަކުން ފަސޭހަކަމާއެކު މިހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ސެންޓަރުން ކުރިމަގުގައި އައި.ޔޫ.އައި ނުވަތަ އިންޓަރ ޔުޓެރިން އިންސެމިނޭޝަން އަދި އައި.ވީ.އެފް ނުވަތަ އިންވީޓްރޯ ފާޓިލައިޒޭޝަންގެ ޚިދުމަތްތައް ވެސް ތައާރަފް ކުރުމަކީ ހޮސްޕިޓަލްގެ އަމާޒެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ޚިދުމަތްތައް ތައާރަފުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު