Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަނޑުވެރިންގެ ދުވަހުގެ ޖަލްސާ

ސިނާއީ ފެންވަރެއްގައި ދަނޑުވެރިކަން ކުރާނެ ޒުވާނުން އުފެދިގެން ދިޔުމަކީ ސަރުކާރުގެ އުންމީދު: ރައީސް ސާލިހް

15 އޮކްޓޯބަރު 2021 | ހުކުރު 16:54

ރާއްޖޭގައި ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރެވޭނެ ކަމަށާއި މާކެޓް އެބައޮތް ކަމަށް ރައީސް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 އޮކްޓޯބަރު 2021 | ހުކުރު 16:54
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ދަނޑުވެރިކަމުގެ ސިނާއަތަށް ޒުވާނުން ނެރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުުރުމަށް ހުކުރު ދުވަހުގެ ރޭ ތ. ކަނޑޫދޫގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިނާއީ ފެންވަރެއްގައި ދަނޑުވެރިކަން ކުރާނެ ޒުވާނުން އުފެދިގެން ދިޔުމަކީ ސަރުކާރުގެ އުންމީދު ކަމަށާއި ސަރުކާރުން އެކަމަށް ބޭނުންވާ މަގު ފަހިކޮށްދޭނެ ކަމަށެވެ.

Advertisement - newsAdvertisement

ރިސޯޓުތަކުން ބޭނުންވަނީ ތަކެތި މެދުނުކެނޑި ލިބޭނެ ކަމުގެ ޔަގީންކަން ކަމަށާއި ދަނޑުވެރިން ވެސް ބޭނުންވަނީ ހައްދާ ތަކެތި ވިއްކޭނެ ކަމުގެ ޔަގީންކަމަށްވާއިރު ސަޕްލައި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ދަނޑުވެރިކަން ހިއްސާ ކުރަނީ ރާއްޖޭގެ ޖީޑީޕީގެ 1.6 އިންސައްތަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރެވޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި މާކެޓް އެބައޮތް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮވިޑާއި ގުޅިގެން ތަޖުރިބާގެ އަލީގައި ކަންތައްތަކެއް ދަސްވި ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްޔިތުންގެ ދިިރިއުޅުމަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށެވެ. ކާބޯތަކެތީގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށާއި ދަނޑުވެރިންނަށް ދިމާވާ ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ދަނޑުވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިގު މުއްދަތަކަށް ބިން ނުލިބުން ކަމަށް ވެސް ވިދާޅުވިއެވެ. ދަނޑުވެރިކަން ބޮޑަށް ކުރަމުން އަންނަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ކަމަށްވާއިރު ކައުންސިލްތަކާއި ވާހަކަދައްކައިގެން ފަސޭހައިން ބިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ދަނޑުވެރިން ހިއްސާކޮށްފައިވާ ބައެއް ކަންބޮޑުވުންތަކަށް ބަލާއިރު ތާޒާ ކަންމަތީގައި އުފައްދާ ތަކެތި ބާޒާރަށް ނެރުމާއި ހަމަ އަގު ނުލިބުމާއި ޓެކްނޮލޮޖީގެ ވަސީލަތައް ދަނޑުވެރިންނާއި ހަމައަށް ފޯރުކޮށް ނުދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. ވިސްނުމަކީ ރާއްޖޭގައި އުފައްދާ ބާވަތްތައް ރާއްޖޭގައި ބޭނުންވާ ވަރަށް އުފެއްދޭނެ ޕްލޭނަކާއެކު ކުރިއަށް ގެންދިޔުމާއި އެފަދަ ބާވަތްތައް އެތެރެ ކުރާ ގައުމުތަކުން އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. ލޯނު ލިބުމުގެ ދަތިކަން ދަނޑުވެރިންނަށް ހުރިިއިރު ލޯނުތަކަށް ވާސިލްވެވޭނެ ގޮތްތައް މިނިސްޓްރީ ހަމަޖައްސާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ތަކެތި ހެއްދުމުގައި ބޭނުންކުރާ ކެމިކަލް ކާނާ ބޭނުން ނުކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިކަމުގެ ބައެއް ބަލިތަކަށް ފުރުސަތު ބޮޑުވެގެންދާކަމަށް ބެލެވިފައިވާ ކަމަށާއި އެކަންތައްތައް އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް ގައުމީ ޔުނިވަރސިޓީއާއެކު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އޯގަނިކް ފާމިންގ އަށް ސަމާލުކަން ދިނުމަށް ރައީސް ވަނީ ބާރު އަޅުއްވާފައެވެ.

މީގެ ކުރިން ވެސް ތ. ކަނޑޫދޫއަށް ވަޑައިގެންނެވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭރު ދަނޑުވެރިން ހިއްސާކުރި އެއް ކަމަކީ ދަނޑުތަކަށް ފަސޭހައިން ކަރަންޓާއި ފެން ލިބޭނެ ގޮތް ނެތުން ކަމަށެވެ. އެގޮތުން ދަނޑުތަކަށް ފަސޭހައިން ކަރަންޓާއި ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަނޑޫދޫ ރައްޔިތުން އެދުނު ކަމަށާއި އެ މަޝްރޫއު ވަރަށް އަވަހަށް ނިމި، ރައްޔިތުންގެ އެ އުންމީދު ހާސިލްވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކާނޑޫދޫ މިރުހުގެ ޑިމާންޑް މިހާރު ބޮޑުވެފައިވާއިރު މިރުސް ބްރޭންޑް ކުރެވި ބާޒާރަށް ނެރެމުންދާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ބޭނުންވާ ވަރަށް ދަނޑުވެރިކުމުގެ ބާވަތްތައް އުފެއްދުމަކީ ސަރުކާރުގެ އަމާޒެއްކަަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް