Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުޕަރ ކިޑްސް ޗެލެންޖް

"ސުޕަރ ކިޑްސް ޗެލެންޖް" އިފްތިތާހްކޮށްދެއްވައިފި

ކުޑަކުދިންނަށް ކުރާ އަނިޔާއާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް އަޑު އުފުލުން ހިމެނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 އޮކްޓޯބަރު 2021 | ބުރާސްފަތި 01:59
ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވާހަކަދައްކަވަނީ،

ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވާހަކަދައްކަވަނީ،

މޮމްސް ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ސުޕަރ ކިޑްސް ޗެލެންޖް"، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، އިފްތިތާހް ކޮށްދެއްވައިފިއެވެ.

މި ހަފްލާ ކުރިއަށްގެންގޮސްފައިވަނީ ބުދަ ދުވަހު މެންދުރުފަހު މާގިރި ހޮޓަލުގައެވެ.

Advertisement - newsAdvertisement

"ސުޕަރ ކިޑްސް ޗެލެންޖް" އަކީ ކުޑަކުދިން އެކުދިންގެ މައިންބަފައިން ނުވަތަ އެކުދިން ބަލަހައްޓާ ފަރާތްތަކާއެކު އުނގެނުމަށާއި، މަޖާ ވަގުތުކޮޅެއް ހޭދަކުރުމަށް އަމާޒުކޮށްގެން ރާވާފައިވާ ސިލްސިލާ ހަރަކާތްތަކެކެވެ.

މި ހަފްލާގައި ފަޒްނާ ވަނީ މޮމްސް ޖަމްއިއްޔާއިން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މަޤްޞަދުތަކުގެ ތެރޭގައި، ގައުމީ ފެންވަރެއްގައި އެންމެ ބޮޑަށް މަސައްކަތްކުރަމުންދާ 3 ކަމެއްކަމުގައިވާ އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރުން އަދި ކުޑަކުދިންނަށް ކުރާ އަނިޔާއާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާ ދެކޮޅަށް އަޑު އުފުލުން ހިމެނޭކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ އަންހެނުން ބާރުވެރިކުރުވައި އަންހެނުންގެ ދިރިއުޅުން ފަސޭހަކުރުމަށް މޮމްސް ޖަމްއިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.

ކޮވިޑް-19ގެ ލޮކްޑައުންއާއެކުގެ ކުޑަކުދިން ފޫހިވިޔަނުދީ ތިބުމަށް ނިމިދިޔަ ރަމަޟާން މަހު ސުޕަރ ކިޑްސް ޗެލެންޖްގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާތީ އެކަމަށް ތައުރީފް ކުރައްވައި ފަޒްނާ ވިދާޅުވީ އޯގާތެރިކަމާއި، ލޯބިވުމާއި، އެހެން މީހުންގެ އިހްސާތަކަށް އިހްތިރާމްކުރުމަކީ ކުޑަކުދިންގެ ގައިގައި ހުރުން މުހިންމު ސިފަތަކެއް ކަމަށެވެ. އަދި އެ ޕްރޮގްރާމުގައި އޯގާތެރިކަމުގެ ސިފަ އަށަގެންނެވުމަށް ހަރަކާތްތަކެއް ހިމަނާފައިވާތީ އެކަމަށް ތައުރީފްކުރެއްވިއެވެ. މި ޕްރޮގްރާމުގައި ހިމެނޭ ކަންކަން ފުރިހަމަކުރުމަށް ކުދިންނަށް ބޮޑަށް ފުރުސަތުދީގެން ބެލެނިވެރިން އެހީތެރިންގެ ދައުރުއަދާކުރުމަށް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ.

ފަޒްނާ ވިދާޅުވީ ކުދިންނަށް ހަވާލުކުރާ މަސައްކަތްތަކާއި، ހުސްވަގުތު ދިނުމުގައި ބެލެންސް ކުރުން ވަރަށް މުހިންމު ކަމަށެވެ. މިކަމުގެ ސަބަބުން ކުދިންގެ ހުސްވަގުތުގައި އެކުދިންނަށް އެދުވަހު ހިނގިކަންކަމާމެދު ވިސްނާލުމަށް ފުރުސަތު ލިބި، އެކުދިންގެ މުސްތަގުބަލާމެދު ވިސްނުމަށް މަގުފަހިވެގެންދާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ. އަދި ކުދިންގެ ހުސްވަގުތުތައް ފުރާނެ ގޮތްތައް ރޭވުމުގައި އެކުދިންނާ އެކު ވަގުތު ހޭދަކުރުމަށް ފަޒްނާ ވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން އެކަމަނާ މުދައްރިސްކަން ކުރެއްވި ދުވަސްވަރުގެ ކަންކަމާއި، އަދި މަންމައެއްގެ ދައުރު އަދާކުރައްވާ ފަރާތެއްގެ ހައިސިއްޔަތުން މި ހަފްލާގައި ވަނީ ބައެއްކަންކަން ހިއްސާކުރައްވާފައެވެ.

މޮމްސް ޖަމްޢިއްޔާއަކީ 2016 ވަނަ އަހަރު އުފައްދާފައިވާ ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާއަކީ މިވަގުތު ރާއްޖޭގައި އެންމެ ގިނަ އަންހެނުންނަށާއި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމްއިއްޔާއެވެ. މި ޖަމްއިއްޔާގައި 100 ރަށުން ޖުމްލަ 37،000 މެންބަރުން ތިބެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2023

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

02 ނޮވެމްބަރު 2023
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
10 އޮކްޓޯބަރު 2023

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ
09 އޮކްޓޯބަރު 2023

ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!

09 އޮކްޓޯބަރު 2023
ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!
09 އޮކްޓޯބަރު 2023

އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި

09 އޮކްޓޯބަރު 2023
އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި
18 ސެޕްޓެމްބަރު 2023

ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް

18 ސެޕްޓެމްބަރު 2023
ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު