Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަންހެނުންގެ ގައުމު ބިނާކުރުން

އަންހެނުން ގައުމު ބިނާކުރުމުގައި ދޭ އެއްބާރުލުން ގުނާ އަދަދު ނުކުރެވޭނެ: ރައީސްގެ އަނބިކަނބަލުން

9 އޮކްޓޯބަރު 2021 | ހޮނިހިރު 14:17

ސުއިޒާ ފަދަ ޚިދުމަތްތެރި އަންހެން ބޭފުޅުންގެ މަސައްކަތްތައް ވެސް ފާހަގަކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 9 އޮކްޓޯބަރު 2021 | ހޮނިހިރު 14:17
ހޮނިހިރު ދުވަހު އޮތް ބައްދަލުކުރެއްވުމުގެ ތެރެއިން

ހޮނިހިރު ދުވަހު އޮތް ބައްދަލުކުރެއްވުމުގެ ތެރެއިން

އަންހެނުން ގައުމު ބިނާކުރުމުގައި ދޭ އެއްބާރުލުން ގުނާ އަދަދު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ, އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދުގެ އަނބިކަނބަލުން ޢާއިޝަތު ސުއިޒާ، އެކަމަނާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލިއާގޭގައެވެ.

މި ބައްދަލުވުމުގައި ފަޒްނާ ވަނީ ކޮންމެ ފަރުދަކަށް ނުވަތަ ގައުމަކަށް ލިބޭ ޝަރަފަކާއި ފަޚުރެއްގެ ފަހަތުގައި އެތައް ބައެއް, އަދި ޚާއްސަ ގޮތެއްގައި އެތައް އަންހެނެއްގެ ރޯލު ހިމެނޭނެކަން ފާހަގަކުރައްވާފައެވެ. އަދި، ދިވެހި ގައުމަށް ލިބުނު މި ޝަރަފާއި، އާންމު މަޖިލީހުގެ ރައީސްގެ ކާމިޔާބީގެ ފަހަތުގައިވާ އެއް ބޭފުޅަކީ އެމަނިކުފާނުގެ އަނބިކަނބަލުން ކަމުގައި ފާހަގަކުރައްވައި، ފަޒްނާ ވަނީ ދިވެހި އަންހެން ދަރިޔެއްގެ ހައިސިއްޔަތުން އެކަމާ އެކަމަނާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، ސުއިޒާއަށް މަރުހަބާ ދަންނަވާފައެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ކާމިޔާބީ ފާހަގަކުރަމުންދާ ދަނޑިވަޅުގައި ސުއިޒާ ފަދަ ޚިދުމަތްތެރި އަންހެން ބޭފުޅުންގެ މަސައްކަތްތައް ވެސް ފާހަގަކުރަން ޖެހޭ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ ގައުމު ބިނާ ކުރުމުގައި އަންހެނުންގެ ދައުރު އޮންނަނީ ހަމައެކަނި އޮފީސް މާހައުލުގައި ނޫންކަމަށާއި، ދިރިއުޅުމުގެ ވަކި ހިސާބަކުން ދެމަފިރިންކުރެ އެކަކު ގޭގައި ތިބެން އިޚްތިޔާރު ކުރާއިރު ގިނަ ފަހަރު އެކަން ކުރަނީ އަންހެނުން ކަމަށެވެ. އެގޮތުން، އަންހެނުން ގައުމު ބިނާކުރުމުގައި ދޭ އެއްބާރުލުން ގުނާ އަދަދު ނުކުރެވޭނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފަޒްނާ ވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ އުންމީދީ ރިޔާސަތަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާކަމަށާއި، ޚާއްސަކޮށް މުޅި ދުނިޔެ ކޮވިޑްގެ މި ހާލަތުން އަރައިގަތުމުގައާއި، އަންހެނުންނަށް ދިމާވާ ތަފާތު ކަންކަމަށް އިސްކަން ދެއްވައިގެން އަންހެނުން ބާރުވެރިކުރުވުމާއެކު އަންހެނުންގެ ހައްގުތައް ރައްކާތެރިވާނެ އުސޫލަކުން މަސައްކަތް ކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުންވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އެކަމަނާއާ ބައްދަލުކޮށްލެއްވުމަށް ދައުވަތު ދެއްވީތީ އުފާކުރައްވާ ކަމަށް ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2023

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

02 ނޮވެމްބަރު 2023
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
10 އޮކްޓޯބަރު 2023

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ
09 އޮކްޓޯބަރު 2023

ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!

09 އޮކްޓޯބަރު 2023
ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!
09 އޮކްޓޯބަރު 2023

އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި

09 އޮކްޓޯބަރު 2023
އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި
18 ސެޕްޓެމްބަރު 2023

ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް

18 ސެޕްޓެމްބަރު 2023
ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް
17 ސެޕްޓެމްބަރު 2023

ފަސްޓް ލޭޑީއަށް ފުރައްސާރަކުރުން: ނަފްރަތުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއްޖެ

17 ސެޕްޓެމްބަރު 2023
ފަސްޓް ލޭޑީއަށް ފުރައްސާރަކުރުން: ނަފްރަތުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއްޖެ
17 ސެޕްޓެމްބަރު 2023

ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް ވަޑައިގަތުން - އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

17 ސެޕްޓެމްބަރު 2023
ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް ވަޑައިގަތުން - އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި
15 ސެޕްޓެމްބަރު 2023

ފަސްޓްލޭޑީ ފަޒްނާގެ އިލްތިމާސް: ދަތުރުފަތުރުކުރަން ނުޖެހޭ ގޮތަށް އަވަހަށް ރީރަޖިސްޓްރީކުރައްވާ

15 ސެޕްޓެމްބަރު 2023
ފަސްޓްލޭޑީ ފަޒްނާގެ އިލްތިމާސް: ދަތުރުފަތުރުކުރަން ނުޖެހޭ ގޮތަށް އަވަހަށް ރީރަޖިސްޓްރީކުރައްވާ
11 ސެޕްޓެމްބަރު 2023

"އިރުކޮޅަކުން ބަލާލިއިރު، އިބޫ އެބައޮތް އެތާނގަ ހަމަ، ގޮނޑުދޮށުގައި ހަމަ ރީއްޗަށް އޮށޯވެލައިގެން"

11 ސެޕްޓެމްބަރު 2023
"އިރުކޮޅަކުން ބަލާލިއިރު، އިބޫ އެބައޮތް އެތާނގަ ހަމަ، ގޮނޑުދޮށުގައި ހަމަ ރީއްޗަށް އޮށޯވެލައިގެން"
13 އޯގަސްޓު 2023

ރައީސްގެ އަނބިކަނބަލުން، ދާލަން ކްލިނިކް ހުޅުއްވައިދެއްވައިފި

13 އޯގަސްޓު 2023
ރައީސްގެ އަނބިކަނބަލުން، ދާލަން ކްލިނިކް ހުޅުއްވައިދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް