Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުމީ ބަދަލުތައް

މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި މަތީފެންވަރުގެ ބައްދަލުވުމެއް

މޫސުމީ ބަދަލުތަކާއި ގުޅޭވާހަކަތައް ގިނަ އެއްވުންތަކުގައި ދަނީ ދައްކަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 އޮކްޓޯބަރު 2021 | ހޮނިހިރު 04:58
ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު

ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު

މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން މަތީ ފެންވަރުގެ ބައްދަލުވުމެއް އދ. ގެ އާންމު މަޖިލީހުގައި ކުރިއަށްގެންދަން ނިންމައިފިއެވެ.

ރާއްޖޭގެ ޚާރިޖީވަޒީރު އަދި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ނިއު ޔޯކުން ދުބާއީއަށް, އަދި ދުބާއީން މާލެއަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑަށް އަޑު އެއްސެވި އެއްވާހަކައަކީ މޫސުމީ ބަދަލުތަކުގެ ވާހަކަތައް ކަމަށެވެ. މި ވާހަކަތައް އަޑު އައްސަވާކަން ފާހަގަކުރައްވައި ޝާހިދު ވަނީ މިކަމާއި ގުޅޭ ޚާއްސަ ބައްދަލުވުމެއް އދ. ގެ އާންމު މަޖިލީހުގައި ކުރިއަށްގެންދަން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ޝާހިދު ވަނީ މިކަމާ ގުޅޭ މަތީ ފެންވަރުގެ ބައްދަލުވުމެއް އޮކްޓޯބަރު 26 ވަނަ ދުވަހު ބާއްވަން ނިންމައި، ގައުމުތަކުން އދ. އަށް އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބުންނަށް ސިޓީއަކުން އަންގަވާފައެވެ. މި ސިޓީގައި ވަނީ މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން އާންމު މަޖިލީހުގައި އެއް ދުވަހުގެ ބަހުސެއް ކުރިއަށްދާނެ ކަމަށެވެ.

ބަހުސް ނުވަތަ މަޝްވަރާތައް ކުރިއަށްގެންދަން ނިންމާފައިވަނީ ކޮޕް26 އަށް ތައްޔާރުވުމުގެ ގޮތުންނާއި، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށާއި، މޫސުމީ ބަދަލުތަކަކީ ބައިނަލްއަގުވާމީ ކަންކަމުގެ ތަރުތީބުން އެންމެ ޚާއްސަ އިސްކަމެއްދޭ އެއް ކަންތަކަށް ހެދުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ ފިނި ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ކުރެވޭނެ މަސައްކަތްތަކާއި، މާލީ ގޮތުން މިކަމަށް ވަސީލަތްތައް އިތުރުކުރުމަށް ކުރެވޭނެ ކަންކަމާގުޅޭގޮތުން ވާހަކަ ދެކެވޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކާއި ގުޅިގެން ކުރެވޭނެ ކަންތަކާއި، ކޮވިޑް-19ގެ ހާލަތުގައި ދިމާވާ ގޮންޖެހުންތަކާއެކުވެސް މިކަން ކުރެވޭނެ ގޮތަކަށް ވާހަކަދެއްކޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ދުވަހަކަށްވުރެ ދުވަހެއް ދަނީ ބޮޑުވަމުންނެވެ. ރާއްޖެއިން ގެންދަނީ އެކި ތަންތަނުގައި މި ވާހަކަ ދައްކަމުންނެވެ. މިގޮތުން ދުބާއީ އެކްސްޕޯ 2020 ގައިވެސް މި ވާހަކަ ދެއްކެވުމަށް ޝާހިދު ވަނީ ނިންމަވާފައެވެ. އަދި އދ. ގެ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަގުރީރުގައިވެސް މިކަމުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ.

ޚާރިޖީ ވުޒާރާޢަބްދުﷲ ޝާހިދުކޮޕް26

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު