Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް ފްރާންސް ފައިނަލަށް

ފައިނަލް މެޗުގައި ފްރާންސް ނުކުންނާނީ ސްޕެއިނާ ދެކޮޅަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 22:28
ބެލްޖިއަމާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން

ބެލްޖިއަމާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ބުރާސްފަތި ދުވަހުގެރޭ ފަހު ވަގުތު ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް ބަލިކޮށް ފައިނަލަށް ދުނިޔޭގެ ޗެމްޕިއަން ފްރާންސް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު އިޓަލީގައި ކުޅޭއިރު، ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ފްރާންސް މޮޅުވީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 37 ވަނަ މިނެޓުގައި ޔަނިކް ކަރާސްކޯ ބެލްޖިއަމަށް ލީޑު ނަގައިދިންއިރު، އޭގެ ތިން މިނެޓު ފަހުން އެ ޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. މި ދެ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސްކޮށްދިނީ ކެވިން ޑި ބްރޭނާއެވެ.

އެކަމަކު ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ފްރާންސުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ކަރީމް ބެންޒެމާ ފްރާންސަށް ފަރަގު ކުޑަކޮށްދިންއިރު، އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު އޭގެ ހަތް މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. މިއީ އޭރިއާ ތެރެއިން ފްރާންސްގެ އެންޓޮއިން ގްރީޒްމަނަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

މި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ލުކާކޫ ބެލްޖިއަމަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެއާއެކު މެޗުގެ ފަހު މިނެޓުގައި ތިއޯ ހެނާންޑޭޒް ވަނީ ލަނޑެއް ޖަހައި، މި މެޗުން ފްރާންސް މޮޅުކޮށްދީފައެވެ.

މި މޮޅާއެކު މި ފަހަރުގެ ނޭޝަންސް ލީގުގެ ފައިނަލުގައި ފްރާންސް ބައްދަލުކުރަން ޖެހޭނީ ސްޕެއިނާއެވެ. މުބާރާތުގެ ފައިނަލަށް ސްޕެއިން ދަތުރުކުރީ ސެމީގައި 2-1 ގެ ނަތީޖާއަކުން އިޓަލީ ބަލިކުރުމަށްފަހުއެވެ.

ޔުއެފާ ނޭޝަންސް ލީގު

އިތުރަށް ކިޔާލަން

05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
20 ނޮވެމްބަރު 2024

ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

20 ނޮވެމްބަރު 2024
ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި
20 ނޮވެމްބަރު 2024

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު