Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއާގެ ޓީޓީ ކައުންސިލަށް އައްޔަ

އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ ކައުންސިލަށް އައްޔަ

އެ ޔޫނިއަންގެ މީޑިއާ ކޮމިޓީއަށް ޝިއުރީވެސް ވަނީ އިންތިޚާބުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 އޮކްޓޯބަރު 2021 | ބުދަ 14:28
އޭޝިއަން ޓީޓީ ޔޫނިއަންގެ ކޮންގްރެސްގައި ރާއްޖޭގެ އެސޯސިއޭޝަނުގެ ރައީސް އައްޔަ އާއި ނައިބު ރައީސް ޝިއުރީ

އޭޝިއަން ޓީޓީ ޔޫނިއަންގެ ކޮންގްރެސްގައި ރާއްޖޭގެ އެސޯސިއޭޝަނުގެ ރައީސް އައްޔަ އާއި ނައިބު ރައީސް ޝިއުރީ

އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ ކައުންސިލް މެންބަރު ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު (އައްޔަ) އިންތިޚާބު ކޮށްފިއެވެ.

މި މަގާމަށް އައްޔަ އިންތިޚާބުކޮށްފައިވަނީ ބުދަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ ކޮންގްރެސްގައެވެ. ބުދަ ދުވަހު މި ކޮންގްރެސް ބޭއްވިއިރު، އަންގާރަ ދުވަހު ވަނީ ދޯހާގައި ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލާފައެވެ.

އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ ކައުންސިލް މެންބަރު ކަމަށް އައްޔަ އިންތިޚާބުކުރިއިރު، ބުދަ ދުވަހު ބޭއްވި ކޮންގްރެސްގައި ވަނީ އޭޝިއާގެ ޓީޓީ ޔޫނިއަންގެ މީޑިއާ ކޮމިޓީއަށް ޓީޓީއޭއެމުގެ ނައިބު ރައީސް އިބްރާހީމް ޝިއުރީވެސް އިންތިޚާބުކޮށްފައެވެ.

މި ކޮންގްރެސްގައި އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ އައު ރައީސަކަށް އިންތިޚާބުކޮށްފައިވަނީ ގަތަރުގެ ހަލީލް އަލް މޮހަނާދީއެވެ. އަދި ޑެޕިއުޓީ ރައީސުންނަކީ ޗައިނާގެ ޒޫ ޝީން އާއި ދެކުނު ކޮރެއާގެ ކިމް ޓައެ ސޫއެވެ. މީގެ އިތުރުން ސެކްރެޓަރީ ޖެެނެރަލަކަށް އީރާންގެ އަފްޝީން ބަދްއީ އައްޔަންކުރިއިރު، ހަޒާންދާރަކަށް ހޮވާފައިވަނީ އޮމާންގެ މުޙައްމަދު ބާގިރު ސަޖަދެވެ.

އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން ކައުންސިލަށް ރާއްޖޭގެ އައްޔް އިންތިޚާބުވިއިރު، ޓީޓީއޭއެމުގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އައްޔަ އިންތިޚާބުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޓީޓީގެ ގިނަ މުބާރާތްތަކުގައި މީގެ ކުރިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވަ އައްޔަ އަންނަނީ 2006 ވަނަ އަހަރުން ކުޅުން ހުއްޓާލީއްސުރެ އެ އެސޯސިއޭޝަނަށް ޚިދުމަތްކުރަމުންނެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށް އިދާރީ މަސައްކަތްތައް ކުރެއްވިއިރު، 2008 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ނައިބު ރައީސްގެ މަގާމު ފުރުއްވާފައެވެ. އައްޔަ ޓީޓީގެ ރައީސްގެ މަގާމަށް ފުރަތަމަ އިންތިޚާބުވީ 2016 ވަނަ އަހަރުއެވެ. އައްޔަގެ ރައީސްކަމުގައި ޓީޓީން ވަނީ 21 މެޑަލް ހޯދާފައެވެ. އަދި މިދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ މައިދާނުގައި ޓީޓީން ވަނީ ބޮޑެތި ކާމިޔާބީތަކެއްވެސް ހޯދާފައެވެ.

އަލީ ރަޝީދު (އައްޔަ)ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
18 އެޕްރީލު 2025

އައިޔޫއެމްއިން ހައްގުނޫން މީހަކަށް ވަޒީފާ ދިން މައްސަލާގައި ދެ ބޭފުޅަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް

18 އެޕްރީލު 2025
އައިޔޫއެމްއިން ހައްގުނޫން މީހަކަށް ވަޒީފާ ދިން މައްސަލާގައި ދެ ބޭފުޅަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު